Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގެ މައިގްރޭންޓް ސެންޓަރެއްގައި ރޯވުން

މެކްސިކޯގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރެއްގައި ރޯވެ 38 މީހުން މަރުވެއްޖެ

29 މާރިޗު 2023 | ބުދަ 16:33

ހާދިސާ ހިނގާފައި މިވަނީ، އެމެރިކާއާއި މެކްސިކޯގެ ބޯޑަރު ހުރަސްކުރުމުގެ މައްސަލަތައް ރެކޯޑް މިންވަރަކަށް އުފުލިފައިވާ ދަނޑިވަޅެއްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 މާރިޗު 2023 | ބުދަ 16:33
މެކްސިކޯގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރެއްގައި ރޯވުން

މެކްސިކޯގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރެއްގައި ރޯވުން

މެކްސިކޯގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރެއްގައި ރޯވެ 38 މީހުން މަރުވެއްޖެއެވެ.

މެކްސިކޯގެ އުތުރުގެ ބޯޑަރު ސިޓީ ސިއުޑަޑް ޖުއާރޭޒްގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރެއްގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިހާދިސާގައި މެދުތެރެއާއި ދެކުނު އެމެރިކާގެ މަދުވެގެން 38 ހިޖުރަވެރިން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާދިސާގައި 40 މީހުން މަރުވިކަމަށް ރިޕޯޓުކުރިއެވެ. ނަމަވެސް އަންގާރަ ދުވަހުގެ ހަވީރު، މެކްސިކޯގެ ނޭޝަނަލް މައިގްރޭޝަން އިންސްޓިޓިއުޓުން ވަނީ އެ އަދަދު 38ށް ދަށްކޮށްފައެވެ. އެއީ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދެމުންދިޔަ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ނަންބަރުތައް ކަށަވަރުކުރުމަށްފަހު އިއުލާނުކުރި ނަންބަރެއް ކަމަށް އެއިދާރާއިން ބުނެއެވެ.

މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯރ ވިދާޅުވީ، ޓެކްސަސްގެ އެލް ޕާސޯއާ ދިމާލުގައި އޮންނަ ސިޓީގައި އަލިފާން ރޯވެފައިވަނީ ހޯމަ ދުވަހުގެރޭ މެކްސިކޯ ގަޑިން 9:30ހާއިރު ކަމަށެވެ. އަދި މިއީ އެގައުމަށް އެތެރެވުމަށް މަސައްކަތްކުރާ ބައެއް ހިޖުރަވެރިން ޑީޕޯޓް ކުރާނެކަން އެނގުމުން ކުރަންފެށި މުޒާހަރާގެ ތެރެއިން ކުރި ކަމެއް ކަމަށްވެސް ރައީސް ވަނީ ސިފަކުރައްވާފައެވެ.

މިހާދިސާގައި އެހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ގޮތުގެ ތަފްސީލެއް ރައީސް ނުދެއްވި ނަމަވެސް، މިހާދިސާގެ ސަބަބުން މަރުވި މީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމަށް މެކްސިކޯގެ ރައީސް ވަނީ ބުދަ ދުވަހު ވައުދުވެވަޑައިގަންނަވާފައެވެ.

ސިއުޑަޑް ޖުއާރޭޒްގެ މައިގްރޭންޓް ޑިޓެންޝަން ސެންޓަރުގައި ހިނގި މިހާދިސާއަކީ ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހާދިސާ ހިނގާފައި މިވަނީ އެމެރިކާއާއި މެކްސިކޯގެ ބޯޑަރު ހުރަސްކުރުމުގެ މައްސަލަތައް ރެކޯޑް މިންވަރަކަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސެންޓަރުގެ ސެކިއުރިޓީ ފުޓޭޖެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުން، އަލިފާން ރޯވުމުން އެތަނުން ސަލާމަތްވުމަށް، ތަޅުލާފައިވާ ދޮރެއްގެ ކައިރިއަށް މީހުން އައިސް، އެ ދޮރު ހުޅުވުމަށް އެދެމުންދިޔައެވެ. ނަމަވެސް އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުންތަކެއް ދޮރު ހުޅުވައިނުދީ އެތަނުން ދާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.

ހަފުތާއަކު އެއްފަހަރު އެ ފެސިލިޓީއަށް ޒިޔާރަތްކޮށް ހާލަތު މޮނިޓަރކުރާ ޖެސޫސް ރެފިއުޖީ ސަރވިސް (ޖޭއާރުއެސް)ގެ މަންދޫބު އަލެޖެންޑްރާ ކޮރޯނާ ވަނީ އެ ވީޑިއޯއިން ފެންނަނީ ފިރިހެނުންގެ ގޮޅިކަން ކަށަވަރުކޮށްދީފައެވެ. އެމީހުން ހުޅުވައިދިނުމަށް އެދެމުންދިޔަ ދޮރަކީ، އެތަނުން ނުކުމެވެން ހުރި ހަމައެކަނި ދޮރުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެ ސެންޓަރު ހިންގާ މެކްސިކޯގެ ނޭޝަނަލް މައިގްރޭޝަން އިންސްޓިޓިއުޓް (އައިއެންއެމް)އިން މިކަމާ ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި

21 އޯގަސްޓު 2017
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
18 އޯގަސްޓު 2017

ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ

18 އޯގަސްޓު 2017
ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓާއި ރޯވެއްޖެ
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
25 ޖޫން 2017

ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ

25 ޖޫން 2017
ޕާކިސްތާނުގައި ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެ ގިނަ ބަޔަކު މަރުވެއްޖެ
23 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
18 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

18 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި
18 ޖޫން 2017

ކޮލަމްބިއާގެ ޝޮޕިން ސެންޓަރެއްގައި އެއްޗެއް ގޮއްވާލައިގެން ތިން މީހުން މަރުވެއްޖެ

18 ޖޫން 2017
ކޮލަމްބިއާގެ ޝޮޕިން ސެންޓަރެއްގައި އެއްޗެއް ގޮއްވާލައިގެން ތިން މީހުން މަރުވެއްޖެ
14 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

14 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް