Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެރިއޮޓް އިންޓަނޭޝަނަލް

މެރިއޮޓްގައި ތަމްރީން ހޯދަން ބޭނުންވާ ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވާލައިފި

ސުންގަޑިއަކީ 5 އޭޕްރިލް 2023

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 މާރިޗު 2023 | ބުދަ 13:07
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން މެރިއޮޓް އިންޓަނޭޝަނަލް އިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން އެ ކުންފުނީގެ ރިސޯޓުތަކުގައި ތަމްރީނުވާން ބޭނުންވާ ދިވެހި ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ބުނެފައިވާ ގޮތުގައި މި ތަމްރީނުތަކުގައި ޖީސީއީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 5 އޭޕްރިލް 2023 ގެ ކުރިން އީމެއިލް (apprenticeship@marriott.com) ގެ ޒަރީއާއިން ސީވީ ހުށަހަޅަން ޖެހޭނެއެވެ.

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މެރިއޮޓް އިންޓަރނޭޝަނަލް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއާ ދެމެދު ސޮއި ކުރީ މި މަހުގެ ކުރީ ކޮޅުގައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބެއެވެ.  

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މެރިއޮޓް އިންޓަރނޭޝަނަލްއިން ރާއްޖޭގައި ހިންގާ ހަތް ރިސޯޓެއްގައި ޒުވާނުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މީގެ ތެރޭގައި ޑަބްލިއު މޯލްޑިވްސް އާއި ސެއިންޓް ރެޖިސް މޯލްޑިވްސް ވޯއްމުލި، ދަ ރިޒް ކަރލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް، ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރެޒޯޓް އެންޑް ސްޕާ، ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ހިމެނެއެވެ.

ޔޫތު މިނިސްޓްރީ އާއި މެރިއޮޓް އިންޓަނޭޝަނަލް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 5 އަހަރު ދުވަހަށް ބަހާލެވިގެ ތަފާތު 9 ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުމަށް ޖުމްލަ 250 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު