Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންފްލޭޝަން

އިންފްލޭޝަން ހުރީ އަންދާޒާތަކަށް ވުރެ ދަށުގައި - އަމީރު

އިގްތިސާދު އަލުން ރީބައުންޑު ކުކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ސަރުކާރުން ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 13:03
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

އިންފްލޭޝަން ހުރީ އަންދާޒާތަކަށް ވުރެ ދަށުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އެކިއެކި ސިޔާސަތުގެ ތެރެއިން ގެނެވޭ ބަދަލުގެ ތެރެއިން އެންމެ ބޮޑު އަމާޒަކަށް ވަނީ އިގްތިސާދު ކުރިއެރުވުން ކަމަށެވެ. ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރުގައި ވަޒީފާ އިތުރުކުރުމާއި، ތަކެތީގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުން އެއީ އެންމެ މުހިންމު ކަންތައް ކަމަށް ވިދާޅުވިއެވެ. 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ގާތްގަނޑަކަށް 7.5 އިންސައްތަ ކުރިއެރި ކަމަށާއި، 2020 ވަނަ އަހަރު ކޮވިޑާއެކު ދުނިޔޭގެ އެންމެ ބޮޑަށް އަސަރުކުރި އެއް އިގްތިސާދަށް ރާއްޖޭގެ އިގްތިސާދުވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ގާތްގަނޑަކަށް 33 އިންސައްތަ ދަށަށް ދިޔަ ނަމަވެސް 2021 ވަނަ އަހަރު ނެގި ފިޔަވަޅުތަކުން އިގްތސާދު ރީބައުންޑެއް އައި ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

އެގޮތުން 42 އިންސައްތަ ކުރި އަރައި، 2022 ވަނަ އަހަރު 12.3 އިންސައްތަ ކުރި އެރި ކަމަށެވެ. އަދި މިއަހަރު 7.6 އިންސައްތައް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑުން އަރައިގަނެ އިގްތިސާދު ކުރިއަރާތަންވެސް އެބަފެންނަ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު 2019 ވަނަ އަހަރު ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދު ގާތްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ވަޒީފާތައް ވެސް އިތުރުވެެގެންދާކަން ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބެލުމުން އިނގޭ ކަމަށާއި، އިންފްލޭޝަން އަށް ބަލާލާއިރު އަންދާޒާތަކާއެއްވަރަށް ރާއްޖޭގެ އިގްތިސާދު ހިފެހެއްޓިފައި ހުރި ކަމަށެވެ. 2020 ވަނަ އަހަރު ނެގެޓިވްކޮށްވެސް އިންފްލޭޝަން ހުރި ކަމަށާއި، މިއަހަރު އަންދާޒާކޮށްފައިވަނީ 4.5 އިންސައްތައިގެ އިންފްލޭޝަނެއް ހުންނާނެކަމަށް ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 3.9 އިންސައްތައިގައި އިންފްލޭޝަން ހުރުމުން، އަންދާޒާތަކަށްވުރެ ދަށްކޮށް އިންފްލޭޝަން ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި ހުރީ ގާތްގަނޑަކަށް 69 އިންސައްތައިގައި ކަމަށެވެ. 2020 ވަނަ އަހަރު ކޮވިޑާއެކު އަންދާޒާކުރި މިންވަރަށް ވެސް ދައުލަތަށް އާމްދަނީ ނުލިބި މިހާލަތަށް ރައްޖޭގެ އިގްތިސާދު ދިޔަ ކަމަށައި، އިގްތިސާދު އަލުން ރީބައުންޑު ކުރަން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ސަރުކާރުން ކުރި ކަމަށެވެ. އެއާއެއްކޮށް ދަރަނިވެސް ނަގަންޖެހުނު ކަމަށާއި، އޭގެ ކާމިޔާބީއާއި ފައިދާ މިއަދު އެބަފެންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައްޖޭގެ އިގްތިސާދު 2021 ވަނަ އަހަރު 41 އިންސައްތައިން އިތުރުވެފައި 2022 ވަނަ އަހަރު 12.3 އިންސައްތައް ކުރި އެރި އަދި މިއަހަރު 7.6 އިންސައްތައް ކުރިއަރަނީ ސަރުކާރުން އެވަގުތާ ހާލަތަށް ބަލާފައި ސިޔާސަތުތައް ބައްޓަންކުރީމަ ކުރެވުނު ކަންތައްތަކެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގައުމީ އުފެއްދުންތެރިކަން 2020 ވަނަ އަހަރު ހުރެފައި މިހާރު ދަށަށް ދާތަން އެބަފެންނަ ކަމަށެވެ. ދައުލަތުގެ ސީދާ ދަރަނި ހުރީ 96 އިންސައްތައިގައި ކަމަށާއި، ސޮވެރިން ގެރެންޓީ ހިމަނައިގެންވެސް ގާތްގަނޑަކަށް 113 އިންސައްތައިގައި ކަމަށެވެ. އެހެންކަމުން އެ ދަށަށް ދާ ކަމަށައި، އެކަން އެބަދެއްކޭ ކަމަށެެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކުރާ ހާލަތަކަށް ދިޔައިމަ އެކަން ކުރާނެ ކަމަށެވެ. ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، މާކެޓް ގަބޫލުކުރާނެ ގޮތަކަށް ދަރަނި ރިފައިނޭންސް ކުރުމާއި ކަންތަތައްކުރާނީ މާކެޓް ގަބޫލުކުރާނެ ގޮތަކަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު