Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ އިތުބާރު މައްސަލަ

މަސީހުގެ އިސްތިއުފާއަށް މެންބަރު ލަތީފު ގޮވާލައިފި

ލަތީފު ވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ފާސްކުރި ބިލްތަަކަށް ފާޑުކިޔާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 5 ޖުލައި 2017 | ބުދަ 07:53
އެމްޕީ ލަތީފު

އެމްޕީ ލަތީފު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދިނުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފު މުހައްމަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހަށް އެޑްރެސް ކުރައްވާ މެންބަރު ލަތީފު ފޮނުއްވާފައިވާ ސިޓީގައި ވަނީ ގިނަ ކަންތަތްތަކެއް ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ގެނެވުނީ އޭރު މަސީހަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި މިހާތަނަށް މަސީހު މަޖިލީހުގެ ރައީސް ކަމުގައި ބެެހެއްޓުމަށް ތިން ފަހަރެއްގެ މަތިން ވޯޓުދީފައިވާނެ ކަމަށް ލަތީފު ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ މަޤާމަށް ގެނައުމަށް ދެވެނު ވޯޓާއި "ފެނޭ" ކަރުދާރުގައި ޖެހުމަށް ފަހު ދިން ވޯޓުގެެ އިތުރަށްް 42 މެމްނަރުން ސޮއި ނެތި މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ހުށަނޭޅޭ ގޮތަށް ދިން ވޯޓަކީ މަސީހަށް ދެވިފައިވާ ވޯޓެއް ކަަމަށް ލަތީފުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން މަސީހު ބޭރުކޮށްލާއި ދުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ބޭރުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގެ ހައިބަތާއި ގަދަރު ގެއްލުނަ ނުދިނުމަށް މަޖިލީހުގައި ގުރުބާނީތަކެއް ވެފައިވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

" ތިޔަގޮތަށް ހުންނަވައިގެން ހުރިހާ ބާރުތަކެއް އެއް ދިމާއަކަށް ޖަމާކުރޮށްދެއްދުމަށް ގެންދަވަނީ ރައްޔިތުންނަށް އެއްވެސް އިހްލާސްތެރިކަމެއް ނެތި، އަދި ކުރައްވައިގެން ހުނެވި ހުވަޔާ، ހިލާފަށްނޫންތޯއެވެ؟ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ތިޔަ ގެންދަވަނީ ދިވެހި ޖުމްހޫރިއްޔާގެ ގާނުނު އަސާސީއާއި ގާނޫނުތަކާއި ހެދިފައިވާ ގަވައިދުތަކާއިވެސް ފުށުއަރާގޮތަށް ނޫންތޯއެވެ. އެހެންކަމަށްވުމާ އެކު ތިޔަ މަޤާމުގައި ހުންނަވއިގެން ތިޔަގޮތަށް ކަންކަން ކުރެއްވުމަށްވުރެ މަޖިލީހުގެ ރިޔާސަތު ދޫކޮށްލައްވައި، މަނިކުފާނު އިންތިހާބުވި ދާއިރާ ތަމްސީލު ކުރެއްވުން ބުއްދިވެރިވާނެ ކަމަށް ގަބޫލުކުރެވޭތީ އެވާހަކަ ދެންނެވީމެވެ." ލަތީފު މަސީހަށް ފޮނުއްވާފައިވާ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މި ސިޓީގައި ލަތީފު ވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ފާސްކުރި ބައެއް ބިލްތަަކަށް ފާޑުވިދާޅުވެފަ އެެވ. އެގޮތުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ސަރުކާރުން ހުށަހެޅި ބިލް އެޖެންޑާކުރައްވާ އަވަސް އަރުވާލައިގެން އެބިލް ނިންމާލި ނިންމާލުން ވަނީ ފާހަގަކުރައްވާފަ އެވެ. އެބިލަކީ ގައުމިއްޔަތުގެ ރުކުންތައް ފުނޑުފުނޑު ވެގެންދާ ފަދަ ހާލަތެއްގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް ބިލެއް ކަމަށް ލަތީފު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން މެންބަރުންގެ މެދުގައި އުފެދުނު ނުތަނަވަސްވުންތަކާއި ގުޅިގެން ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމަށް މަސީހު ވަޑައިނުގަތުމުން އޭނާގެ އިހްލާސްތެރިކަމާއި މެދު ސުވާލު އުފެދުނުކަމަށް ލަތީފު ވިދާޅުވި އެވެ.

ލަފީތު މަސީހަށް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހުގެ އިދިކޮޅު މެންބަރުންނަށް އެއްވެސް ގަދަރެއް އިހްތިރާމެއް ނެތި ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރައްވަމުން ، އެމީހުންގެ އަޑު ކަނޑުވާލުމަށް މަސީހު ރިޔާސަތުގަިއ އިންނަވައިގެން ކުރައްވާ މަސައްކަތް ފާހަގަކޮށްފަ އެވެ.

މިހާރު މަޖިލީސް މެންބަރުންގެ ކުރިމަތީގައި މަޖިލީހުގެ ރައީސްގެ އިތުބާރު ގެއްލިފައިވާ މިދަނޑިވަޅުގައި ރީތި ގޮތަކީ އަމިއްލައަށް އިސްތިއުުފާދިނުން ކަަމަށް ލަތީފު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު