Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ: ފުލުހުންނާއި ސިފައިން ކޮމިޓީއަށް، ކޮމިޓީ ސިއްރު

ރައީސްގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފްލާއަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 07:56
ރައީސްގެ މޮޓޯކޭޑު ހުއްޓުވުން

ރައީސްގެ މޮޓޯކޭޑު ހުއްޓުވުން

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ސާފުކުރުމަށާއި، ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބާއްވާ ބައްދަލުވުންތައް ސިއްރު ކުރުމަށް ނިންމައިފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އިން ވަނީ ފުލުހުންނާއި ސިފައިން ކޮމިޓީ އަށް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް އެ ހުރިހާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލައާ ގުޅުން ހުރި ބައްދަލުވުންތައް ސިއްރުކުރުމަށް ވެސް ނިންމާފައިވެއެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ގައުމީ ދިފާއީ ބާރުން ޚާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭ މައްސަލަ އެއް ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ އަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އާއި އިނާޔަތުގެ ޤާނޫނުގެ ދަށުން ރައީސް އަށް ދެވޭ ހިމަޔާތާއި ރައްކާތެރިކަމާއި ދަތުރުފަތުރުކުރުމުގެ ހުރިހާ ކަމެއް ހަމަަޖައްސަން ޖެހެނީ ޑިފެންސް މިނިސްޓްރީ އިން ކަމަށެވެ. އެހެންކަމަށް ވާއިރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން ރައީސްގެ މޮޓޯކޭޑު ހުއްޓުވާފައިވާ މައްސަލަ އަކީ ރައީސްގެ ސަލާމަތާާމެދު ކަންބޮޑުވާ ފަދަ މައްސަލަ އެއް ކަމަށެވެ. އެ ކޮމިޓީ އިން ވަނީ ވަކިވަކިން އިދާރާތައް ހާޒިރުކޮށް މައްސަލަ އާއި ގުޅޭ ތަފްސީލް ހޯދުމަށް ނިންމަވާފައެވެ. އެގޮތުން އެކަން ހިނގުމުގައި އިހުމާލު އޮތްތޯ އާއި، ފުލުހުންނާއި ސިފައިންގެ މެދުގައި މުއާމަލާތުކުރުން ރަނގަޅުތޯ ބެލުމަށް ވަނީ ނިންމަވާފައެވެ.

މިއީ ރާއްޖޭގައި ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރު ކަމަށް ވާއިރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް ކޮމިޓީގެ މެންބަރުން އިިއްތިފާގުވެއެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރުކަމަށް ވުމުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ. ރައީސްގެ މޮޓޯކޭޑް ހުއްޓުވީ، ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑް ހަފްލާއަށް ފަހު، އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. މިހާދިސާ ހިނގާފައި ވަނީ 13 މާރޗްގައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މިހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު