Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނި މެނޭޖުކުރުމުގެ ޤާނޫނު

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހުތަކެއް

ސަރުކާރުގެ ފަރާތުން ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިސްލާހު ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 06:58
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދުއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.

Advertisement - newsAdvertisement

އޭނާ އެ ބިލް ހުށަހެޅުއްވި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ބުނެފައިވަނީ އެ ބިލު ހުށަހަޅާފައި ވަނީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖެ އަށް ކުނި އެތެރެކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް ސަރުކާރުގެ ސިޔާސަތުތަކާާއި އެއްގޮތްކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ކުނި އެތެރެކުރުމަކީ މަނާ ކަމެއްކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އެ ބިލުގައި ވަނީ ހުށަަހަޅުއްވާފައެވެ. ކުނި މެނޭޖްކުރުމުގެ ކަންކަން ރާވާ ހިންގުމާއި ގުޅޭގޮތުން، ޤާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ކުނި މެނޭޖްކުރުމުގެ ޤާނޫނުގައި ބަޔާންކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އެ ނިޒާމްތަކުން ޚިދުމަތް ދިނުމާއި ބެހޭ ޤަވާއިދު އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުން ކުރެވޭ ވަސީލަތްތައް ޓެސްޓްކޮށް ސަރޓިފައިކުރާނެ ޤަވާއިދުތައް އެކުލަވާލުމަށް ވަނީ ހުށަހަޅުއްވާފައެވެ. ހަމައެހެންމެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަން ޖެހޭ އެންމެހާ ޤަވާއިދުތައް ހެދުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ޤާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަން ޖެހޭ އެންމެހާ ގަވާއިދުތަކާއި މިންގަނޑުތައް ހެދުމާއި، ކުނި މެނޭޖްކުރުމަށް މަރުކަޒުތައް ޤާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމްކުރާ ސަރަަހައްދުތައް ކަނޑައެޅުމަށް ތިމާވެށީގެ ގޮތުން ބަލަން ޖެހޭ މިންގަނޑުތައް އެކުލަވާލާ އާއްމުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ބިލުގައި ހުށަހަޅާފައިވާ އިތުރު އިސްލާހުތަކަށް ބަލާއިރު ކުނި މެނޭޖްކުރުމުގެ ޤައުމީ މާސްޓަރ ޕްލޭން ތަންފީޒުކުރުމާއި، ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ މެނޭޖްމެންޓް ޕްލޭން ފާސްކުރުމާއި ސިނާއީ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި ގުޅުން ހުރި އިސްލާހުތައް ހުށަހަޅުއްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

ގއ ނިލަންދޫ ކުނިމެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި

08 ޖޫން 2017
މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

މާލޭ ލުއި ޖަލަށް ރޯދަ ވީއްލުމަށް ގެނައި ތަކެތި ކުނިވެފައި ހުންނާތީ ގައިދީން ހަޅުތާލުކުރަނީ!

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު