Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަންތާޖު ބައިވެރިންނަށް ޚާއްސަ ރޯދަ ވީއްލުމެއް

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ރާއްޖެޓީވީން ރޯދަވީލުމެއް ދީފި

29 މާރިޗު 2023 | ބުދަ 06:16

ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 މާރިޗު 2023 | ބުދަ 06:16
ރަންތާޖު ޤުރުއާން މުބާރާތުގެ ހުޅުލެ އައިލެންޑް ހޮޓަލުގައި ރޯދަ ވީއްލަނީ

ރަންތާޖު ޤުރުއާން މުބާރާތުގެ ހުޅުލެ އައިލެންޑް ހޮޓަލުގައި ރޯދަ ވީއްލަނީ

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ރާއްޖެޓީވީގެ ފަރާތުން ޚާއްސަ ރޯދަވީއްލުމެއް ދީފިއެވެ.

އަންގާރަ ދުވަހު މި ރޯދަ ވީއްލުން ދީފައިވަނީ ހުޅުލެ އައިލެންޑް ހޮޓަލުންނެވެ. މި ރޯދަ ވީއްލުމުގައި ރަންތާޖުގެ ބައިވެރިންގެ އިތުރުން ރާއްޖެޓީވީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރޯދަ ވީއްލުމުގެ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމައެވެ.

Advertisement - newsAdvertisement

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ރާއްޖެޓީވީން ރޯދަވީލުމެއްދީފައިވާއިރު މުބާރާތުގެ ބައިވެރިންނަށް ކުރުނބާ މޯލްޑިވްސްގެ ފަރާތުން ވެސް ވަނީ ޚާއްސަ ރޯދަ ވީއްލުމެއްދީފައެވެ. މި ރޯދަ ވީއްލުމަކީ ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ލިބުނު މިފަދަ ފުރަތަމަ ދައުވަތެވެ. އަދި ރަންތާޖުގެ ބައިވެރިންނަށް ރިސޯޓުގެ ފަރާތުން ހޫނު މަރުހަބާ އެއް ކިޔާފައިވާއިރު، އެ ރޯދަ ވީއްލުމުގެ ހުރިހާ އިންތިޒާމެއް ވެސް ވަރަށް ފުރިހަމައެވެ.

20 ބައިވެރިންނާއެކު ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބާރާތުގެ ފުރަތަމަ އެޕިސޯޑް ހުކުރު ދުވަހުގެ ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި 2 ވަނަ އެޕިސޯޑްގައި 5 ބައިވެރިން އެލިމިނޭޓް ވާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް 20 ބައިވެރިން ހޮވާފައި ވަނީ މި މުބަރާތުގެ އޮޑިޝަންގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ޖޫން 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި

02 ޖޫން 2017
ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނައިވާދޫގައި ފަށައިފި
18 މެއި 2017

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

18 މެއި 2017
އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި
04 މެއި 2017

ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

04 މެއި 2017
ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
13 މާރިޗު 2017

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް