Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ސިޓީ

ސިޓީން އިންތިޒާރު ކުރަނީ ގުންޑޮގާންގެ ނިންމުމަކަށް

ސިޓީން ގުންޑޮގާން އަށް އައު އެއްބަސްވުމެއް ހުށަހަޅާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާ އިން އަންނަނީ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މާރިޗު 2023 | ބުދަ 03:11
ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގާން

ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގާން

މެންޗެސްޓަރ ސިޓީން މިހާރު މަޑުކުރަމުން އަންނަނީ މިޑްފީލްޑަރު އިލްކާއި ގުންޑޮގާންގެ ނިންމުމަކަށް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނު ލީގުގެ ބްރޫޝިއާ ޑޯޓްމަންޑު ދޫކޮށް އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ ސިޓީގައި މޮޅުކުޅުމެއް ދައްކައި، ޓީމުގައި އިސް ދައުރެއް އަދާ ކުރަމުންނެވެ. ގުންޑޮގާން އެންމެ ފުރަތަމަ ސިޓީ އަށް ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ސިޓީން ވަނީ ގުންޑޮގާންގެ އެއްބަސްވުން ހަތަރު އަހަރަަށް އިތުރުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހަށް ހަމަވާނެ އެވެ. ނަމަވެސް މިދިޔަ އަހަރު ސިޓީން ވަނީ ގުންޑޮގާންގެ އެއްބަސްވުން އަނެއްކާ ވެސް އައު ކުރުމަށް ބޭނުންވާކަން ހާމަކޮށްފަ އެވެ. ސިޓީން ވަނީ އެކަމުގެ މަޝްވަރާތައް ގުންޑޮގާންއާ ކޮށްފަ އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސިޓީން މިހާރު ވަނީ އައު އެއްބަސްވުމުގެ ވާހަކަތައް ގުންޑޮގާންއާ ދައްކައި، އެއްބަސްވުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން މިހާރު ސިޓީން އިންތިޒާރު ކުރަމުން އަންނަނީ ގުންޑޮގާންގެ ނިންމުމަކަށެވެ. ސިޓީން ގުންޑޮގާން އަށް އައު އެއްބަސްވުމެއް ހުށަހަޅާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާ އިން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ގުންޑޮގާން ހޯދުމަށެވެ. ބާސެލޯނާގެ އިތުރުން ޔޫރަޕުގެ އެހެން ކުލަބުތަކުން ވެސް އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސިޓީގައި މިހާތަނަށް ހޭދަ ކުރި މުއްދަތުގައި ގުންޑޮގާން ވަނީ އެ ޓީމަށް ކުޅެދިން 290 މެޗުން 53 ލަނޑު ޖަހައިދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު 11 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ މަސް ދުވަހުގެ މާސްޓާ ޕްލޭނަކާއެކު ވޮލީ ރީފޯމް ކުރަނީ

ހަ މަސް ދުވަހުގެ މާސްޓާ ޕްލޭނަކާއެކު ވޮލީ ރީފޯމް ކުރަނީ

18 އެޕްރީލު 2017
އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

އާސެނަލުން އެލެގްރީއާ މަޝްވަރާކުރަނީ: ދަ ސަން

13 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު