Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅައިގަ މޮރޮކޯގެ ވިސްނުން

ފުރަތަމަ ބަލަންވީ އެފްރިކާގެ ރަސްކަން ހޯދަން- މޮރޮކޯ ކޯޗު

މޮރޮކޯ އެފްރިކާގެ ޗެމްޕިއަންކަން ހޯދީ 1976 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 28 މާރިޗު 2023 | އަންގާރަ 10:07
ވަރލްޑްކަޕްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ކޯޗު ވަލީދު

ވަރލްޑްކަޕްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ކޯޗު ވަލީދު

ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ވިސްނުމުގެ ކުރިން އެފްރިކާގެ ރަސްކަން ހޯދަންޖެހޭކަމަށް މޮރޮކޯ ޤައުމީ ޓީމްގެ ކޯޗު ވަލީދު ރެގްރާގީ ބުނެފިއެވެ.

ޤަތަރުގައި އޮތް ވަރލްޑްކަޕްގެ ސެމީފައިނަލްގައި ވާދަކުރި ޓީމްގެ ކޯޗު ބުނީ މޮރޮކޯއިން ދުނިޔޭގެ ރަސްކަމަށް ވިސްނުމުގެ ކުރިން ދެވަނަ ފަހަރަށް އެފްރިކާގެ ރަސްކަން ހޯދަން ޖެހޭކަމަށެވެ. މޮރޮކޯއަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކުއެވެ. އެއީވެސް 1976 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް އެތަށި ހޯދަން އެފްރިކާގެ ޗެމްޕިއަނަށް ވާންޖެހޭކަމަށް ވަރލްޑްކަޕްގައި އެންމެ "ސަޕްރައިޒިންގ" ނަތީޖާތައް ނެރުނު ޓީމްގެ ކޯޗު ބުންޏެވެ.

ވަރލްޑްކަޕަށްފަހު މިހަފްތާގައި މޮރޮކޯއިން ވަނީ ފުރަތަމަ ފަހަރަށް ރޭންކިންގެ އެއްވަނައިގައި އޮތް ބްރެޒިލްވެސް ބަލިކޮށްފައެވެ. އެއާއެކު މޮރޮކޯގެ ފެންވަރާމެދު ކިރިޔާވެސް ޝައްކެއް އޮތް ފަރާތްތަކަށް ވަނީ ޖަވާބުދީފައެވެ. އެކަމަކު ވަލީދު ޤަބޫލުކުރަނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ކުރިން އެފްރިކާގެ ޗެމްޕިއަންކަން ހޯދަން ޖެހޭކަމަށެވެ.

މޮރޮކޯއަކީ ވަރލްޑްކަޕްގެ ސެމީފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ޤައުމެވެ. އޭގެފަހުން ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ބަލިކުރެވުންވެސް ކޯޗު ވަލީދު ނަގަނީ ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. އެއީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ޤައުމުގެ އިތުރުން ފުޓްބޯޅައިގެ ޤައުމަކަށް ބްރެޒިލް ވާތީއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު