Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުވާގެ ޕްރޮގްރާމް

މަސްތުގެ ހާލަތުގައި ސަލާންޖަހަނިކޮށް ފަރުވާއަށް ގެންދިޔަ 2 މީހަކު ފިލައިފި، ފިޔަވަޅު އަޅާނަން - އެންޑީއޭ

ފިލައިގެން ދިޔައީ 2 ފިރިހެނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 މާރިޗު 2023 | އަންގާރަ 09:32
ފުލުހުން މީހަކު ބަލާ ފާސްކުރަނީ

ފުލުހުން މީހަކު ބަލާ ފާސްކުރަނީ

މަސްތުގެ ހާލުގައި ސަލާންޖަހަނިކޮށް ފަރުވާއަށް ގެންދިޔަ 2 މީހަކު ފިލާފައިވާ ކަމަށާއި، އެމީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އިމާދު ޞާލިހް ވިދާޅުވެއްޖެއެވެ.

މާލެސިޓީގެ އެކިއެކި ސަރަހައްދުތަކުގައި މަސްތުގެ ހާލަތުގައި ސަލާންޖަހަމުންދާ މިހުން ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ވަނީ ބުނެފައެވެ. އެންޑީއޭއިން ބުނީ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު، މަސްތުގެ ހާލަތުގައި ސަލާންޖަހާ ބައެއް އަންހެނުންނާއި ފިރިހެނުން ހޯދައި، އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިމާދު ވިދާޅުވީ މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން ހެލްތް މިނިސްޓަރާއި ޖެންޑަރ މިނިސްޓަރާއި ނެޝަނަލް ޑްރަގް އެޖެންސީއާއި، ފުލުހުންނާއި ކަރެކްޝަން ގުޅިގެން މަޝްވަރާކޮށްފައި މާލޭގެ މަގުތަކުގައި ސަލާންޖެހުމާއި ފޭރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ފަރުވާގެ ޕްރޮގްރާމުގެ ތެރެއަށް ގެނައުމަށްޓަކައި މަޝްވަރާތަކެއް ކުރެވި އެކަމަށް ގޮތެއް ކަނޑައެޅި އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މާލޭގެ އެންމެ ޕްރޮމިނަންޓް ލޮކޭޝަންތަކުގައި ސަލާންޖަހަމުން އައި 10 ފަރާތެއް ހޯދާފައިވާ ކަމަށާއި، އެއީ 3 އަންހެނުންނާއި 7 ފިރިހެނުން ކަމަށެވެ. އަދި އެމީހުން އެންޑީއޭގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު 43 މީހެއްގެ ލިސްޓަކަށް މަސައްކަތް ކުރަމުން ދާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން ނެގި ކުރިން ނެގި 10 މީހުންނާއެކީ ޖުމްލަ 21 ފަރާތެއް ފަރުވާގެ ޕްރޮގްރާމަށް ނެގިފައިވާ ކަމަށެވެ.

އެހެންނަމަވެސް 2 ފަރާތެއް ސެންޓަރު ދޫކޮށް ގޮސްފައިވާ ކަމަށާއި، އެފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި އެމީހުން ހޯދުމަށްފަހުގައި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އެ ފަރާތްތަކާއި ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ފުލުހުން މަސައްކަތް ކުރާނެކަމަށް އިމާދު ވިދާޅުވިއެވެ. ފިލައިގެން ދިޔައީ 2 ފިރިހެނުންނެވެ.

މިހާރު އެންޑީއޭއިން އެކުލަވާލާފައިވާ ލިސްޓުގައި ޖުމްލަ 53 ފަރާތެއް އެބަތިއްބެވެ. އެއީ ސަލާންޖެހުމުގައި އުޅުނު 10 ފަރާތާއި، އިތުރު 43 ފަރާތެވެ. މި 43 ފަރާތް ނިމުމުން އިތުރު ފަރާތްތައް ހޯދާނެ ކަމަށާއި، އެކަމަށް ލިސްޓެއް ހަދަާފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އެހެންނަމަވެސް ކެޓަގަރައިޒްކޮށް ޕްރިއޮރަޓައިޒްކޮށްފައި މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ފަރާތްތަކަށް އިސްކަން ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ލިސްޓުގައި ތިބި މީހުންނާއި އެންޑީއޭގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި މީގެ ކުރިން ފަރުވާގެ ޕްރޮގްރާމަށް ހުކުމްކޮށްފައި ތިބި ފަރާތްތައްވެސް ތިބި ކަމަށެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
12 މާރިޗު 2017

އެމްޑީޕީ ހަރުގެއިން ފޮތި ރޯލުތައް ގެންދިޔަ މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި

12 މާރިޗު 2017
އެމްޑީޕީ ހަރުގެއިން ފޮތި ރޯލުތައް ގެންދިޔަ މައްސަލަ އެންއައިސީ އަށް ހުށަހަޅައިފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު