Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސް ބްރޯކާރސް

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

28 މާރިޗު 2023 | އަންގާރަ 05:40

ކޯހުގެ ފީއަކީ -/6000 ރުފިޔާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 މާރިޗު 2023 | އަންގާރަ 05:40
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމަށް 20 ޖޫން 2022 ވަނަ ދުވަހު ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލާ ކަމަށެވެ. އެގޮތުން އެ އިޢުލާނާއި ގުޅިގެން ކޯހުގައި ބައިވެރިވުމަށް ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމް ފޮނުވަން ނުޖެހޭނެކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މިކޯހުގެ މަޤްސަދަކީ މުދާ ކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.

މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މެއި 2023 ގައެވެ. އަދި މިކޯހުގެ މުއްދަތަކީ 6 މަސް ދުވަހެވެ.

ކަސްޓަމްސްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މިކޯހުގެ ކިޔެވުން ކުރިއަށްދާނީ ފޭސް-ޓު-ފޭސް ކޮށް މާލޭގެ ކަސްޓަމްސް ބިލްޑިންގައެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަކަށް (ވީކް ޑޭސް)، މެންދުރު 2 އިން ހަވީރު 5 އަށެވެ.

ކޯހަށް މީހުން ހޮވުމުގައި އިމްޕޯޓް އެކްސްޕޯޓް އަދި ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށާއި، ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މި ކޯހުގެ ފީއަކީ -/6000 ރުފިޔާއެވެ.

މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ހަމަޖައްސައިދެވޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ޅެންވެރިންނާއި މިއުޒީޝަނުންނަށް ހުޅުވާލައިފި

05 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ޅެންވެރިންނާއި މިއުޒީޝަނުންނަށް ހުޅުވާލައިފި
05 ސެޕްޓެމްބަރު 2017

ޓެލެތޯންގައި ކައުންސިލްތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

05 ސެޕްޓެމްބަރު 2017
ޓެލެތޯންގައި ކައުންސިލްތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
21 އޯގަސްޓު 2017

ކަސްޓަމްސްގެ ތެރެއަށް ގެއްލުންދެނިވި ކަންތައްތައް ވެއްދުމަށް މަސައްކަތްކުރޭ: އިބްރާހީމް ޝަރީފް

21 އޯގަސްޓު 2017
ކަސްޓަމްސްގެ ތެރެއަށް ގެއްލުންދެނިވި ކަންތައްތައް ވެއްދުމަށް މަސައްކަތްކުރޭ: އިބްރާހީމް ޝަރީފް
21 އޯގަސްޓު 2017

ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި

21 އޯގަސްޓު 2017
ކަސްޓަމްސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްފި
20 ޖުލައި 2017

ބަލަމުންދާ މައްސަލައަކާއި ގުޅުގެން ފުލުހުންނާއި ކަސްޓަމްސްއިން ލިޓަސް އޮފީހަށް ވަދެއްޖެ

20 ޖުލައި 2017
ބަލަމުންދާ މައްސަލައަކާއި ގުޅުގެން ފުލުހުންނާއި ކަސްޓަމްސްއިން ލިޓަސް އޮފީހަށް ވަދެއްޖެ
27 އެޕްރީލު 2017

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
27 އެޕްރީލު 2017

ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ

27 އެޕްރީލު 2017
ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
02 މާރިޗު 2017

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި

02 މާރިޗު 2017
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވިލާއިން ހުޅުވާލައިފި
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް