Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވި ފަހުން މިހާތަނަށް 63،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފި

28 މާރިޗު 2023 | އަންގާރަ 02:07

އަހަރަކު ގާތްގަނޑަކަށް 17،861 ކޮންސަލްޓޭޝަން ކުރިއަށްދާކަމަށް އައިޖީއެމްއެޗުން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 މާރިޗު 2023 | އަންގާރަ 02:07
ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވުމުގެ ރަސްމިއްޔާތު

ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވުމުގެ ރަސްމިއްޔާތު

އައިޖީއެމްއެޗްގައި 2019 ވަނަ އަހަރު ހުޅުވި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވި ފަހުން މިހާތަނަށް 63،389 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ސެންޓަރު ހުޅުވިތާ ހަތަރު އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ސެންޓަރު މެދުވެރިކޮށް ބަލިމީހުންނާއި އާއިލާތަކަށް ޓަރޝަރީ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ސެންޓަރުން ގިނަ އަދަދެއްގެ ފަރާތްތަކަށް އެވިޑެންސް ބޭސްޑް ކޮލިޓީ ކެއަރ އާއި މަލްޓިޑިސިޕްލިނަރީ ސަރވިސްތައް ފޯރު ކޮށްދެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވީ 25 މަރޗް 2019ގައެވެ. އެ ސެންޓަރަކީ ޓާރޝަރީ ފެންވަރުގައި ވަށާޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހާއްސަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ސެންޓަރެވެ. މަދު އަދަދެއްގެ ސިއްހީ މާހިރުންނާއިއެކު ފެށި އެ ސެންޓަރުން ފުރަތަމަ އަހަރު އެކަނިވެސް މުޅި ޖުމްލަ 7246 ކޮންސަލްޓޭޝަން ކުރިއަށްގެންދިޔަ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން ފާއިތުވި ތިން އަހަރު އެ ސެންޓަރުގެ ޓީމް އިތުރަށް ވަރުގަދަވެ އިތުރު ޑިމާންޑާއި އެއްވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށާއި އެގޮތުން އަހަރަކު ގާތްގަނޑަކަށް 17،861 ކޮންސަލްޓޭޝަން ކުރިއަށްދާކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ 63،389 ކޮންސަލްޓޭޝަން ކުރެވިފައިވާކަން ވެސް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

ކޮވިޑް-19 ގެ ފަހުން ނަފްސާނީ ބަލީގެ ހާލަތަށް އައި ބަދަލާއިއެކު ހިދުމަތް ހޯދާ ފަރާތްތައް އިތުރުވުމާގުޅިގެން ސެންޓަރުގެ ހިންގުމާއި ހިދުމަތްތަކަށް ބަދަލުގެނައިކަން ފާހަގަކޮށް އައިޖީއެމްއެޗުން ބުނީ ޓެލެ-މެންޓަލް ސަރވިސަސް ގާއިމުކުރުމާއި ޓްރައޭޖް އަދި ސްކްރީން ކުރާނެ މަރުހަލާތަކެއް ކަނޑައެޅުމާއި ފަންނީ މުވައްޒަފުން އިތުރުކުރުމާއި ޓްރެއިނިންތަކާއި ކްލިނިކަލް ސުޕަވިޒަން ކުރުން ފަދަ ކަންކަމުން ހިދުމަތްތައް އިތުރަށް ފުޅާވެގެންދިޔަ ކަމަށެވެ. މިކަމުގެ ސަބަބުން ނަފްސާނީ ބަލިމީހުންނަށް ހިދުމަތްނުލިބި ކިއުގައި މަޑުކުރަން ޖެހޭ މުއްދަތު ކުޑަވެގެން ދާކަން ވެސް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. އެގޮތުން 2021 ވަނަ އަހަރު 16-18 މަހާއި ދެމެދުގެ މުއްދަތަކަށް ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް މަޑުކުރަން ޖެހުނު ނަމަވެސް މިހާރު އެ މުއްދަތު 3-2 މަހަށް ކުޑަކުރެވިފައިވާކަމަށް ބުންޏެވެ.

ނަފްސާނީ ބަލި މީހުންނަށް އެނދުމަތިކޮށްގެން ޚިދުމަތް ދޭ އިންޕޭޝަންޓް ކެއަރ ޔުނިޓު، 2022 ވަނަ އަހަރުގެ ޖޫން މަހު ހުޅުވާފައިވާއިރު އެ ޔުނިޓުން އެ އަހަރުގެ ޑިސެމްނަރު މަހުގެ ނިޔަލަށް 188 މީހުން އެޑްމިޓުކޮށްގެން ފަރުވާ ދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި މިއަހަރުގެ މިހާތަނަށް 66 މީހުން އެޑްމިޓުކޮށްގެން ވަނީ ފަރުވާ ދީފައެވެ. އެޑްމިޓްކޮށްގެން ދެވޭ ނަފްސާނީ ހިދުމަތްތަކުގެ ތެރޭގައި ޓެސްޓުކުރުމާއި ބަލި ދެނެގަތުން، ފަރުވާދިނުން، ސައިކޯއެޑިއުކޭޝަން އަދި ރީހެބިލިޓޭޓްކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް