Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބާޒާރު އަގުތައް

ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި، ކެރެޓު ވަރަށް ތަދު

27 މާރިޗު 2023 | ހޯމަ 10:43

ބާޒާރުގެ ގިނަ ތަކެތީގެ އަގު ވަނީ ހިފެހެއްޓިފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 27 މާރިޗު 2023 | ހޯމަ 10:43
ކެރެޓް

ކެރެޓް

ބާޒާރުގައި ތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓިފައިވާއިރު ކެރެޓު ވަރަށް ތަދުކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

"ރާއްޖެޓީވީ"އާ ވާހަކަ ދެއްކި ގިނަ ވިޔަފާރިވެރިން ބުނި ގޮތުގައި ކެރެޓުގެ ސަޕްލައި ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އަދި ކެރެޓު ލިބޭނަމަ ލިބެނީ ވެސް ވަރަށް ބޮޑު އަގުގައި ކަމަށް އެ ވިޔަފާރިވެރިން ބުނެއެވެ. މާރުކޭޓުގައި މަދު ގޮޅިއެއްގައި ކެރެޓު ހުރި އިރު އަގު އުޅެނީ ކިލޯއެއް 90 ރުފިޔާގެ މަގުންނެވެ.

ބާޒާރުގެ ބައެއް އަގުތަކަށް ބަލާއިރު މެލަން ކިލޯއެއް ހުރީ 40 ރުފިޔާއަށެވެ. ފުސްކެޔޮ ކިލޯއެއް 80 ރުފިޔާއަށްހުރި އިރު ބޮންތިރަތްކެޔޮ ކިލޯއެއް ހުރީ 60 ރުފިޔާއަށެވެ.

ރޯދަ މަސް ފެށުނު އިރު  ލޯކަލް މާރުކޭޓްގެ ގިނަ ގޮޅިތަކުން ލުނބޯ ލިބެން ނެތުމާއި އެކު ލުނބޯ ކިލޯއެއްގެ އަގު 100 ރުފިޔާއިން މައްޗަށް އެރިއެވެ. މިހާރު ލުނބޯގެ އަގަށް ބަލާއިރު، ތިން ތަނެއްގެ ލުނބޯ ހުރިކަން ވިޔަފާރިވެރިން ފާހަގަކުރިއެވެ. އެއީ އިންޑިއާގެ ލުނބޯ އަދި މިސްރު ލުނބޮލެވެ. އިންޑިއާ މިރުސް 70 ރުފިޔާއަށް ކިލޯއެއް ލިބޭއިރު މިސްރު ލުނބޯ ލިބެނީ 80 ރުފިޔާއަށް ކިލޯއެކެވެ.

ކުއްޅަފިލާފަތް ހުރީ 60 ރުފިޔާއަށް ބޮނޑިއެއްގެ މަގުންނެވެ. އަލަނާސި ގަނޑެއް ހުރީ 50 ރުފިޔާއަށެވެ. ފޭރު ހުރީ 80 ރުފިޔާއަށް ކިލޯއެެކެވެ. އަނބު ހުރީ 110 ރުފިޔާއަށް ކިލޯއެކެވެ. އޮރެންޖު ހަތަރު ރުފިޔާއަށް ހުރިއިރު އާފަލު ހުރީ ފަސް ރުފިޔާއަށެވެ. ކަރާ ހުރީ 25 ރުފިޔާއަށް ކިލޯއެކެވެ. ބާޒާރުގައި މިރުހުގެ އަގަށް ބަލާއިރު އަގު ވަރަށް ހެވެވެ. ކަނޑޫދޫ މިރުސް 25 ރުފިޔާއަށް 100 ގްރާމް ހުރިއިރު، ތޮޅި މިރުސް ހުރީ 35 ރުފިޔާއަށެވެ.

ހަމައެހެންމެ ބާޒާރުގައި ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސް.ޓީ.އޯއިން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ބާޒާރުގައި ކާށީގެ އަގު 30 ރުފިޔާއިން މައްޗަށްވެސް އަރާފައި ވާއިރު ކާށި އަގުބޮޑުވަނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ގިނަ ގޮޅިތަކުން ކާށި ވަކިން ނުވިއްކާއިރު، ބަސްތާއެއްގެ އަގު އުޅެނީ 1000ން މަތީގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2019

އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި

05 ސެޕްޓެމްބަރު 2019
އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި
11 މެއި 2019

މި ރޯދަމަހު މާރުކޭޓްގައި މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި

11 މެއި 2019
މި ރޯދަމަހު މާރުކޭޓްގައި މަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި
05 މެއި 2019

ރޯދަމަހާ ދިމާކޮށް ބާޒާރުގެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެ!

05 މެއި 2019
ރޯދަމަހާ ދިމާކޮށް ބާޒާރުގެ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެ!
25 އެޕްރީލު 2019

ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި

25 އެޕްރީލު 2019
ރޯދަމަހާއި އެކު، އެސްޓީއޯ ސުޕަމާޓުން ގިނަ ކާބޯތަކެތީގެ ހޯލްސޭލް އަގުތައް ހެއުކޮށްފި
28 ޖެނުއަރީ 2019

ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކޮށްފި

28 ޖެނުއަރީ 2019
ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރިންނަށް ފައިސާގެ އިނާމް ހަވާލުކޮށްފި
20 ޖެނުއަރީ 2019

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި

20 ޖެނުއަރީ 2019
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި
19 ޖެނުއަރީ 2019

ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވުން މާދަމާ

19 ޖެނުއަރީ 2019
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވުން މާދަމާ
03 ޖޫން 2018

ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި

03 ޖޫން 2018
ތަކެތީގެ އަގުތައް އަނެއްކާވެސް މައްޗަށް އަރައިފި
18 އެޕްރީލު 2018

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

18 އެޕްރީލު 2018
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް