Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮޓެންހަމް

ޓޮޓެންހަމް އިން ފާރަލަނީ ނާގަލްސްމަން އަށް؟

ނާގަލްސްމަން އެންމެ ފަހުން ހުރީ ޖަރުމަނު ލީގުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 މާރިޗު 2023 | ހޯމަ 08:14
ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ނާގަލްސްމަން

ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ނާގަލްސްމަން

ހުސްވެފައިވާ ޓޮޓެންހަމްގެ ކޯޗަކަށް ހޫލިއަން ނާގަލްސްމަން ގެންނަން އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޓޮޓެންހަމްގެ ކޯޗުކަމުގެ މަޤާމު ހުސްވީ އެންމެ ފަހުން އެ މަޤާމުގައި ހުރި އެންޓޯނިއޯ ކޮންޓޭ މަޤާމުން ވަކިވުމާއެކު އެވެ. ޓޮޓެންހަމްގެ ކޯޗުކަމުގައި ކޮންޓޭ ހާދަކޮށްފައި ވަނީ 16 މަސް ދުވަހެވެ. ޓޮޓެންހަމްގެ ކޯޗުކަމުން ކޮންޓޭ ވަކިވެފައި ވަނީ ކުލަބުގެ ވެރިންނާއި، ބައެއް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔުމަށްފަހު އެވެ. ކޮންޓޭ ވަކިވުމާއެކު ސީޒަންގެ ބާކީ ބައިގައި ޓޮޓެންހަމަށް އިރުޝާދު ދޭނީ އެސިސްޓެންޓު ކޯޗު ކްރިސްޓިއަން ސްޓެލީނީ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އައު ކޯޗެއް ހޯދުމުގެ މަސައްކަތް ޓޮޓެންހަމް އިން ކުރާނެ އެވެ. އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަނީ އެ މަޤާމަށް އުމުރުން 35 އަހަރުގެ ޖަރުމަނަށް ނިސްބަތްވާ ނާގަލްސްމަން އެވެ. ނާގަލްސްމަން އެންމެ ފަހުން ހުރީ ޖަރުމަނު ލީގުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ކުލަބުގެ ބޯޑުން ވަނީ އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެ މަގާމަށް ތޯމަސް ޓުޗެލް ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ޓޮޓެންހަމް އިން ގެންނަން މަސައްކަތް ކުރާނެ ބައެއް އެހެން ކޯޗުންގެ ނަން ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކުރިން އެ ކުލަބަށް އިރުޝާދު ދިން މައުރީސިއޯ ޕޮޗެޓީނޯ އާއި، ފްރޭންކްފާޓްގެ ކޯޗު އޮލިވާ ގްލަސްނާ، ސްލެޓިކްގެ ކޯޗު އެންގޭ ޕޮސްޓެކޯގްލޫ, ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އަދި ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން ހިމެނެ އެވެ. ނަމަވެސް މީގހެ ތެރެއިން ވެސް ޓޮޓެންހަމުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ނާގަލްސްމަން އެ މަގާމަށް ގެނައުމަށް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ސަބަބަކީ ބަޔާންގައި ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމުން ނެރުނު ނަތީޖާ އާއި ޚާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ނަތީޖާ ރަނގަޅުވުމުން ކަމަށް ވެސް ވެއެވެ.

ޓޮޓެންހަމް މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ.

ހޫލިއަން ނާގަލްސްމަންޓޮޓްނަމް ހޮޓްސްޕަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު