Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި

އެ މީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 27 މާރިޗު 2023 | ހޯމަ 05:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ވަނީ ހުރަސް އަޅާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ މޮޓޯކޭޑަށް ވަނީ ހުރަސް އަޅާފައި

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތިން މީހުންނެވެ. އާދީއްތަ ދުވަހު ބަންދުން ދޫކޮށްލައިފައިވަނީ ގއ. ދެއވްދޫ އެސްޓަންވިލާ އަހުމަދު ސިނާން އާއި ށ. ބިލެއްފަހި ޝޭޑީކޯނާ މަރިޔަމް މާޝާއެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ އާޏްމު މައްސަލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި ގާނޫނު ހިންގުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. އެ މީހުން ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ވަނީ ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓްތަކުން ހާދިސާ ހިނގި ގޮތަށް ބަލާއިރު، އެ ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި ޝަރުތުކުުރުމަށްފަހު ދޫކޮސްލަން ނިންމައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަ ކުރެވޭނެ ކަމަށާއި އަދި ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަލާއިރު އިތުރަށް ބަންދުކޮށްފައި ބަހައްޓަން ނުފެންނަކަމަށެވެ.

އެހެންވެ، ގާޒީ މުހައްމަދު މިސްބާހް ވަނީ އެ ދެ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލަން ނިންމައިފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2023

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

17 ސެޕްޓެމްބަރު 2023
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
03 ޖޫން 2023

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި 5 މީހުންގެ މައްޗަށް ދައުވާކޮށްފި

03 ޖޫން 2023
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި 5 މީހުންގެ މައްޗަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު