Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި 5 މީހުންގެ މައްޗަށް ދައުވާކޮށްފި

މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ 20 މާރިޗު 2023ގެ ރޭގަނޑުގެ ވަގުތެއްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޖޫން 2023 | ހޮނިހިރު 11:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި 5 މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ދައުވާކޮށްފައިވަނީ، 20 މާރިޗު 2023ގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް ހުރަސްއަޅައި، އަޑުގަދަކޮށް އާއްމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. ދައުވާކޮށްފައިވަނީ 31 މޭ 2023 ދުވަހުއެވެ. ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފަރާތްތަކަކީ ހުޅުމާލެ 11328 ގޯތި، މުހައްމަދު އައްބާސްއާއި، ދަފްތަރު ނަންބަރު ރސ 9151، އަހުމަދު ރަޝީދާއި، ހުޅުމާލެ ފްލެޓް 06-2-154، އަހުމަދު އަޒީލްއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 މާއްދާގެ ދަށުން، ޢާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، އެ ގާނޫނުގެ 533 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ 2 މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ އުފުލާފައިވަނީ ގއ. ދެއްވަދޫ، އެސްޓަންވިލާ، އަހުމަދު ސިނާނާއި، ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް 16 މޭ 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް އަބްދުﷲ އިބްރާހީމް މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފައިވެއެވެ. އަދި ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އެ މައްސަލަ އެމްއެންޑީއެފުންވެސް ވަނީ ބަލާފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތާއި ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީންވެސް ވަނީ މައްސަލަ ބަލާފައެވެ. އެގޮތުން ރައީސްގެ މޮޓޯކޭޑު ހުއްޓުވި މައްސަލާގައި، ގަސްތުގައި އެ އަމަލު ހިންގާފައިވޭތޯ ބެލުމަށާއި މޮޓޯކޭޑު ދަތުރުކުރި ރޫޓުގެ ސަލާމަތީ ކަންކަން ރަނގަޅުކަން ކަށަވަރުކުރިތޯ ބެލުމަށް މަސައްކަތް ކުރިއެވެ. އަދި މޮޓޯކޭޑު ހުއްޓުވުމާއި، އެމްއެންޑީއެފުން އެ ސަރަހައްދަށް ވަތް މައްސަލަ ބަލައި، ދެފަރާތަށްވެސް ފިޔަވަޅު އެޅެން ޖެހޭނެކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު