Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ މޮޓޯކޭޑަށް އިދިކޮޅުން ހުރަސްއެޅުން

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރީ 4 މީހުން

މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރީ 4 ފިރިހެނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 މާރިޗު 2023 | އަންގާރަ 06:54
ރައީސްގެ މޮޓޯކޭޑު ހުއްޓުވުމުން ސިފައިން ވަށާލާފައި

ރައީސްގެ މޮޓޯކޭޑު ހުއްޓުވުމުން ސިފައިން ވަށާލާފައި

ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރީ 4 މީހުން ކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ 4 މީހުންނަކީ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

މިކަން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެވިގެން މޮޓޯ ކޭޑު އަނބުރާލަން ޖެހުނެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާއިން 8 ފިރިހެނުންނާއި 9 އަންހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު