Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ޤައުމީ ޓީމު

އަންޗެލޮޓީ އަކީ ބްރެޒިލަށް އެންމެ ރަނގަޅު "ޗޮއިސް": އެޑްނާލްޑޯ ރޮޑްރިގޭސް

27 މާރިޗު 2023 | ހޯމަ 02:36

އަންޗެލޮޓީ މަސައްކަތް ކުރަމުން އަންނަ ގޮތާއި، ދާއިމީ ގޮތެއްގައި އެއް ފެންވަރެއްގައި ކުރާ މަސައްކަތަށް އޭނާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މާރިޗު 2023 | ހޯމަ 02:36
ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

ހުސްވެފައިވާ ބްރެޒިލް ޤައުމީ ޓީމުގެ ކޯޗު ކަމަށް އެންމެ ރަނގަޅު ޗޮއިސް އަކީ ކާލޯ އަންޗެލޮޓީ ކަމަށް ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭސް ވިދާޅުވެއްޖެ އެވެ.

ރޮޑްރިގޭސް މިހެން ވިދާޅުވީ ބްރެޒިލްގެ ކޯޗުކަމަށް އަންޗެލޮޓީ ހަމަޖެއްސުމަށް އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، އަންޗެލޮޓީ ރެއާލް މެޑްރިޑުގެ ކޯޗުކަށް ދޫކޮށްލައިފިނަމަ، އޭނާ އަކީ ޔަޤީނުން ވެސް ބްރެޒިލްގެ ކޯޗަކަށް ވާނެ ކަމަށެވެ. އުމުރުން 63 އަހަރުގެ އިޓަލީ އަށް ނިސްބަތްވާ އަންޗެލޮޓީ މިހާރު ހުރީ ރެއާލް މެޑްރިޑުގެ ކޯޗުކަމުގަ އެވެ. ރެއާލް އަށް މި ސީޒަންގައި އެދެވޭ ކާމިޔާބެއް ނުހޯދިއްޖެނަމަ، އެ މަގާމުން އަންޗެލޮޓީ ދުރުކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ބްރެޒިލުން މޮރޮކޯ އަތުން ބަލިވުމާއެކު، ރޮޑްރިގޭސް ދެއްވި އިންޓަވިޔުއެއްގައި އޭނާ ވިދާޅުވީ، އަންޗެލޮޓީ އަކީ އޭނާ ވެސް އަދި އެންމެން ވެސް ވަރަށް ގަޔާވާ ކޯޗެއް ކަމަށެވެ.

ރޮޑްރިގޭސް ވަނީ އަންޗެލޮޓީ މަސައްކަތް ކުރަމުން އަންނަ ގޮތާއި، ދާއިމީ ގޮތެއްގައި އެއް ފެންވަރެއްގައި ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ ބްރެޒިލްގެ ކުޅުންތެރިންނާއި ޓީމުގެ ގިނަ ސަޕޯޓަރުން ވެސް ބޭނުންވަނީ އެ މަގާމަށް އަންޗެލޮޓީ ގެންނަން ކަމަށެވެ. އަންޗެލޮޓީއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ނަމަވެސް، ރޮޑްރިގޭސް ވިދާޅުވީ އަންޗެލޮޓީ މިހާރު ހުރީ 2024 ވަނަ އަހަރާ ހަމައަށް ރެއާލްގެ އެއްބަސްވުމުގައި ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އެގޮތުން މިހާތަނަށް އަންޗެލޮޓީ އަށް އެދި އެހެން އެއްވެސް ކޯޗަކަށް ރަސްމީ ގޮތުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ލިސްޓުކޮށްފައިވާ ކެންޑިޑޭޓުންނާއި މަޝްވަރާކުރުންތައް އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ މެއި މަހުގެ ފަހު ކޮޅު ކޯޗު އިއުލާންކުރައްވަން ކަމަށެވެ.

ބްރެޒިލްގެ ކޯޗުކަން ހުސްވީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށްފަހު ކޯޗުކަމުން ޓީޓޭ އިސްތުއިފާ ދިނުމުންނެވެ.

ބްރެޒިލްއެޑްނާލްޑޯ ރޮޑްރިގޭސްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
10 ޖުލައި 2025

ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

10 ޖުލައި 2025
ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް
29 ޖެނުއަރީ 2025

ރެއާލް އޮތީ ޓީމުގެ އެންމެ މޮޅު ފެންވަރާ ވަރަށް ގާތުގައި: އަންޗެލޮޓީ

29 ޖެނުއަރީ 2025
ރެއާލް އޮތީ ޓީމުގެ އެންމެ މޮޅު ފެންވަރާ ވަރަށް ގާތުގައި: އަންޗެލޮޓީ
21 ޑިސެމްބަރު 2024

ރެއާލްގައި އަންޗެލޮޓީ އަށް ޚާއްސަ ޝަރަފެއް

21 ޑިސެމްބަރު 2024
ރެއާލްގައި އަންޗެލޮޓީ އަށް ޚާއްސަ ޝަރަފެއް
18 ޑިސެމްބަރު 2024

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

18 ޑިސެމްބަރު 2024
މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ
10 ޑިސެމްބަރު 2024

އަންޗެލޮޓީ ބުނީ އެމްބާޕޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް

10 ޑިސެމްބަރު 2024
އަންޗެލޮޓީ ބުނީ އެމްބާޕޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް