Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އަންޗެލޮޓީ ބުނީ އެމްބާޕޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް

ރެއާލަށް ބަދަލުވީ ފަހުން އެމްބާޕޭ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 21 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ނުވަ ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޑިސެމްބަރު 2024 | އަންގާރަ 04:19
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ކީލިއަން އެމްބާޕޭ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ކީލިއަން އެމްބާޕޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށާއި، އޭނާގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު ރެއާލަށް ބަދަލުވީ ފަހުން އެމްބާޕޭ އަށް އެ ކުލަބުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ، ދޭތެރެ އަކުން އޭނާ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. ނަމަވެސް، އެއިން ކޮންމެ ފަހަރަކު ވެސް އެމްބާޕޭގެ ދިފާއުގައި އަންޗެލޮޓީ ވާހަކަ ދައްކަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އިން އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެމްބާޕޭ ހުރީ ވަރަށް ރަނގަޅަށް ކަމަށާއި އޭނާ އަންނަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށެވެ. އެމްބާޕޭ އަށް ވަގުތު ބޭނުންވާ ކަމަށާއި، އެމްބާޕޭ އަށް އިތުބާރު ހޯދުމަށް ބޭނުންވާ ފުރުސަތު ދެމުން އަންނަ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ޚާއްސަކޮށް އެންމެ ފަހުން ރެއާލް އިން ކުޅުނު ދެ މެޗަށް ބަލާއިރު، އެމްބާޕޭގެ ކުޅުން ވަރަށް ރަނގަޅު ކަމަށް އަންޗެލޮޓީ ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމްބާޕޭ ބުނެފައި ވަނީ ރެއާލްގައި އޭނާގެ ފެށުން އެންމެ ރަނގަޅު ނޫން ނަމަވެސް، ރެއާލް އިން ކުރިއަށް ދާން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ރެއާލް އާއެކު ތަށިތަކެއް ކާމިޔާބު ކުރުމުގެ އުންމީދުގައި ހުރިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެންމެ މުހިންމު ވަގުތަކީ ސީޒަންގެ ދެ ވަނަ ބައި ކަމަށެވެ.

ރެއާލަށް ބަދަލުވީ ފަހުން އެމްބާޕޭ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 21 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ނުވަ ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

ރެއާލް މެޑްރިޑްކީލިއަން އެމްބާޕޭކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު