Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރޭންގައި ހަނގުރާމަ ކުރުމުން 5،000 ކުށްވެރިންނަށް ރަޝިޔާއިން މައާފު ދީފި

ޕްރިގޯޒިން ވަނީ ރަޝިއާގެ ޖަލުތަކުގައި ތިބި އެތައް ހާސް ކުށްވެރިންނަކަށް ޔޫކްރެއިންގެ ހަނގުރާމާގައި ބައިވެރިވުމުން މިނިވަންކަން ލިބޭނެ ކަމުގެ ހުށަހެޅުން ހުށަހަޅާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 މާރިޗު 2023 | އާދީއްތަ 13:15
ވެގްނާ ގްރޫޕްގެ ބާނީ ޔެވްގޭނީ ޕްރިގޯޒިން

ވެގްނާ ގްރޫޕްގެ ބާނީ ޔެވްގޭނީ ޕްރިގޯޒިން

ވެގްނަރ ގްރޫޕާ ގުޅި، ޔޫކްރެއިންގައި ހަނގުރާމަ ކުރުމުގެ ކޮންޓްރެކްޓް ފުރިހަމަކުރި 5،000 އަށް ވުރެ ގިނަ ކުށްވެރިންނަށް ރަޝިއާއިން މައާފު ދީފައިވާކަމަށް ވެގްނަރ ގްރޫޕްގެ ބާނީ ޔެވްގޭނީ ޕްރިގޯޒިން ބުނެފިއެވެ.

ޕްރިގޯޒިން މިހެން ބުނެފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ވެގްނަރ ގްރޫޕަކީ ރަޝިއާ އަސްކަރިއްޔާގައި ކުރިން މަސައްކަތްކޮށް، ރިޓަޔަރވެފައިވާ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވާ ގްރޫޕެކެވެ. ޔޫކްރެއިން ހަނގުރާމާގައި މި ގްރޫޕުން ބޮޑު ރޯލެއް އަދާކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައި ރަޝިއާގެ އަސްކަރައްޔާއަށް ހަނގުރާމާގައި ނާކާމިޔާބީ ތަކަކާ ކުރިމަތިލާން ޖެހުނު ހިސާބުންނެވެ.

އެގޮތުން، ވެގްނަރ ގްރޫޕްގެ ބާނީ، ޕްރިގޯޒިން ވަނީ ރަޝިއާގެ ޖަލުތަކުގައި ތިބި އެތައް ހާސް ކުށްވެރިންނަކަށް ޔޫކްރެއިންގެ ހަނގުރާމާގައި ބައިވެރިވުމުން މިނިވަންކަން ލިބޭނެ ކަމުގެ ހުށަހެޅުން ހުށަހަޅާފައެވެ.

މިހާތަނަށް އައިރު، ހަނގުރާމަ ކުރުމުގެ ކޮންޓްރެކްޓް ފުރިހަމަކުރި 5،000 އަށް ވުރެ ގިނަ ކުށްވެރިންނަށް ރަޝިއާއިން މައާފު ދީފައިވާކަމަށް ޕްރިގޯޒިން ބުނެފައިވަނީ ޓެލެގްރާމް މެދުވެރިކޮށް ފޮނުވި އޯޑިއޯ މެސެޖެއްގައެވެ.

ޕްރިގޯޒިން ވަނީ ވެގްނަރގެ ހިދުމަތަށް ފަހު މިނިވަންވާ މީހުންގެ ތެރެއިން އަލުން ކުށްތަކަށް އަރައިގަންނަ ކަމަށް މިހާތަނަށް ފެނިފައި ވަނީ އެންމެ 0.31 އިންސައްތަ މީހުން ކަމަށެވެ. އެއީ ސްޓޭންޑަޑް އިންޑިކޭޓަރުތަކަށް ވުރެ 10-20 ގުނަ ދަށް އަދަދެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ވެގްނަރ އަކީ ލީބިޔާ، ސީރިއާ އަދި ސެންޓްރަކް އެފްރިކާ އާއި މާލީގައި ހަނގުރާމަކޮށްފައިވާ ގްރޫޕެކެވެ. އެގްރޫޕުން ގަބޫލުކުރާގޮތުގައި އެގްރޫޕަކީ ދުނިޔޭގައި ހަނގުރާމައަށް އެންމެ ކުޅަދާނަ ކުލީ ޖަމާއަތެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާޔުކްރެއިންވެގްނަރ ގްރޫއްޕު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު