Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބެލަރޫސްގައި ބަހައްޓަނީ

މިއީ މީގެ 13 މަސް ކުރިން ޔޫކްރެއިނަށް އަރައިގަތް ފަހުން ރަޝިޔާއިން އެންމެ ފާހަގަކޮށްލެވޭ އެއް ނިއުކްލިއާ ސިގްނަލް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 މާރިޗު 2023 | އާދީއްތަ 08:06
ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިޔާއިން ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން މިފަދައިން ވިދާޅުވެފައިވާއިރު، މިއީ ނޭޓޯއިން ޔޫކްރެއިނަށް ދޭ އަސްކަރީ އެހީތެރިކަމާއި ހުޅަނގާއެކު އޮންނަ ގުޅުން ބޮޑުކުރުމުގެ ސަބަބުން ދިން އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ ހީވެސް ނުކުރާ ކަމެއް ނަމަވެސް މި ފިޔަވަޅަކީ ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ ވައުދުތަކާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި ޕޫޓިން މިފަދައިން ވިދާޅުވި ނަމަވެސް، މިއީ މީގެ 13 މަސް ކުރިން ޔޫކްރެއިނަށް އަރައިގަތް ފަހުން ރަޝިޔާއިން އެންމެ ފާހަގަކޮށްލެވޭ އެއް ނިއުކްލިއާ ސިގްނަލް ކަމަށެވެ.

ދުނިޔޭގެ އަނެއް ނިއުކްލިއާ ސުޕަޕަވަރ ކަމުގައިވާ އެމެރިކާ އިން ޕުޓިންގެ ބަޔާނަށް ފަރުވާތެރިކަމާއެކު ރައްދު ދީފައިވާއިރު، އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ރާވާފައިވާ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.

ޕޫޓިން ވަނީ އޭނާގެ ރޭވުންތައް އެމެރިކާއިން ޔޫރަޕްގައި ހަތިޔާރު ބަހައްޓާ ގޮތާ އަޅާކިޔައި، ރަޝިޔާއިން ކޮންޓްރޯލް ބެލަރޫސްއަށް ބަދަލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު މިއީ 1990 ގެ އަހަރުތަކުގެ މެދުތެރެއަށް ފަހު ރަޝިޔާއިން އެފަދަ ހަތިޔާރު އެގައުމުން ބޭރުގައި ބަހައްޓަން ފެށި ފުރަތަމަ ފަހަރަކަށް ވެދާނެއެވެ.

ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ނުވަނަވަސްކަން ބޮޑުވެފައިވަނީ ޔޫކްރެއިންއަށް ހުޅަނގުން ހަތިޔާރު ފޯރުކޮށްދިނުމުން އެގައުމުގެ އަސްކަރީ އޮޕަރޭޝަނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އަވަށްޓެރި ގައުމު "ޑިމިލިޓަރައިޒޭޝަން" އިން ދުރަށް ގޮސް އެތަނުގައި "ޖަމާޢަތުގެ ހުޅަނގާ" ހަނގުރާމަ ކުރުމަށް ބަދަލުވުމުންނެވެ.

ރަޝިޔާގެ ބައެއް ހޮކިޝް ސިޔާސީ ބޭފުޅުންނާއި ކޮމެންޓޭޓަރުން ނިއުކްލިއާ ހަމަލާތަކާ މެދު ގިނަ ދުވަސްތަކެއް ވަންދެން ޝައްކު ކުރަމުން އަންނައިރު، ރަޝިޔާއަށް ނިއުކްލިއާ ހަތިޔާރުން ދިފާއު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެއެވެ.

"ޓެކްޓިކަލް" ނިއުކްލިއާ ހަތިޔާރަށް ނިސްބަތްވަނީ ސިޓީތައް ފޮހެލުމުގެ ގާބިލްކަން ހުރި ހަތިޔާރުތަކަށް ވުރެ ހަނގުރާމައިގެ މައިދާނެއްގައި ވަކި ފައިދާތަކެއް ހޯދުމަށް ބޭނުންކުރާ ހަތިޔާރުތަކަށެވެ. ރަޝިޔާއަކީ އަދިވެސް ފިނި ހަނގުރާމައިގެ ސިއްރުތަކުން ފޮރުވިފައިވާ ސަރަހައްދެއް ކަމަށް ބަލާއިރު، މިއީ އެފަދަ ކިތައް ހަތިޔާރުކަން ސާފެއް ނުވެއެވެ.

ތަޖުރިބާކާރުން ރޮއިޓާސްއަށް ބުނީ މި ތަރައްގީއަކީ މުހިންމު ކަމެއް ކަމަށާއި، އެމެރިކާއާ ހިލާފަށް ބޯޑަރުތަކުގެ ބޭރުގައި ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭތީ ރަޝިޔާއިން މިހާތަނަށް ފަޚުރުވެރިވާ ކަމަށެވެ.

އެމެރިކާގެ ވެރިކަމުގެ އިސް އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި ރަޝިޔާ އާއި ބެލަރޫސް އިން ނިއުކްލިއާ ހަތިޔާރު ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އެމެރިކާގެ އޮފިޝަކް ވިދާޅުވީ އަމިއްލަ ސްޓްރެޓެޖިކް ނިއުކްލިއާ ޕޯސްޗާ އެޖެސްޓް ކުރަންވީ ސަބަބެއް އަދި ނިއުކްލިއާ ހަތިޔާރެއް ބޭނުން ކުރަން ރަޝިޔާ ތައްޔާރުވަމުންދާކަމުގެ އެއްވެސް އިޝާރާތެއް ނުފެންނަ ކަމަށެވެ. އަދި ނޭޓޯ އިއްތިހާދުގެ ޖަމާޢަތުގެ ދިފާއުގައި ވަކާލާތު ކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްކަދުރުސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު