Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރަމަޟާން 1444

މި ރަމަޟާން މަހުގެ ފުރަތަމަ އިފްތާރު، އަލްއަޤްޞާ މިސްކިތުން

25 މާރިޗު 2023 | ހޮނިހިރު 09:40

ފަލަސްޠީނުގެ އެކި ހިސާބުތަކުން، ގިނަ ޢަދަދެއްގެ މުސްލިމުން ވަނީ އަލްއަޤްޞާ މިސްކިތުގައި ކުރިއަށް ދިޔަ ރޯދަ ވީއްލުމުގެ ހަރަކާތުގައި ބައިވެރިވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 މާރިޗު 2023 | ހޮނިހިރު 09:40
ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މުސްލިމުން، ފުރަތަމަ ދުވަހުގެ ރޯދަ ވީއްލީ، އަލްއަޤްޞާ މިސްކިތުގެ ހިތްގައިމު ޙަރިއްމަ ތެރޭގައި

ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މުސްލިމުން، ފުރަތަމަ ދުވަހުގެ ރޯދަ ވީއްލީ، އަލްއަޤްޞާ މިސްކިތުގެ ހިތްގައިމު ޙަރިއްމަ ތެރޭގައި

މަރޗް 23، 2023 ވީ ބުރާސްފަތި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް މިލިއަން މުސްލިމުންނެއް، 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ ހިފި ދުވަހެވެ. ރަމަޟާން މަހު ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ބުނެދޭން ނޭނގޭ ފަދަ ތަސައްލީއެއް ހިތަށް ލިބިގެންދާ މައްސަރެކެވެ. މިފަދަ ބައެއް ކަންކަން ގުޅިފައި އޮންނަނީ ޒަމާންވީ އާދަކާދަތަކާއެވެ. ޔަހޫދީ އިޒްރޭލުގެ ވަކިތަކުން އަދިވެސް މިންޖުވެވިފައި ނުވާ ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ބުރާސްފަތި ދުވަހަކީ، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އާދަކާދައިގެ މަތިން، ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ މުސްލިމުން، ފުރަތަމަ ދުވަހުގެ ރޯދަ ވީއްލީ، އަލްއަޤްޞާ މިސްކިތުގެ ހިތްގައިމު ޙަރިއްމަ ތެރޭގައެވެ.

ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް، އަލްއަޤްޞާ މިސްކިތުގެ ގޯތި ތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި މީހުން ހަރަކާތްތެރިވާ މަންޒަރުން އެކަނިވެސް، ހިތަށް ހަމަ ޖެހުން ގެނުވާނެކަން ގައިމެވެ. މި ހަރަކާތް އިންތިޒާމް ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ރިޔާޒް ޖާބިރު ބުނި ގޮތުގައި، މިކަން މިގޮތަށް ކުރަމުންދާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެއެވެ.

ފަލަސްޠީނުގެ އެކި ހިސާބުތަކުން، ގިނަ ޢަދަދެއްގެ މުސްލިމުން ވަނީ އަލްއަޤްޞާ މިސްކިތުގައި ކުރިއަށް ދިޔަ ރޯދަ ވީއްލުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ. ހުޅަނގު އައްސޭރީގެ ރަށްވެއްސެއް ކަމަށް ވާ ޢުމަރު ސަލީމަކީ ތަފާތު ކޮށްލުމުގެ ގޮތުން، އަލްއަޤްޞާ މިސްކިތުގެ ރޯދަ ވީއްލުމުގައި ބައިވެރިވި މީހެކެވެ.

ކައިރި މާޒީގައި ފާއިތުވެ މިދިޔަ އަހަރުތަކަށް ބަލާއިރު، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް، އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި ފަލަސްޠީނާ ދެމެދު ބަދަލުކުރާ ޙަމަލާތައް އިތުރުވެއެވެ. ވަކިން ހާއްސަކޮށް، މުސްލިމުންގެ 3 ވަނައަށް އެންމެ މުޤައްދަސް ބިނާގެ ގޮތުގައި ބަލާ އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދުގައި ހިންގާ ކުރިމަތިލުންތައް ވަކިން ބޮޑަށް އިތުރުވެއެވެ. އަލްއަޤްޞާ މިސްކިތުގެ ސަރަޙައްދަކީ، ޔަހޫދީންވެސް އެމީހުންގެ ދީނުގައި އިންތިހާ މުހިންމު ކަމެއް ދީފައި އޮންނަ ސަރަޙައްދެކެވެ. 1444 ވަނަ އަހަރުގެ ރަމަޟާން މަސް ބައްދަލުކޮށްފައި ވާ މި ދަނޑިވަޅަކީ ޔަހޫދީ ދީނުގެ ޝިއާރުގައި ފާހަގަ ކުރާ ޕާސްއޯވަރ އަދި ނަޞާރާ ދީނުގެ މީހުން ފާހަގަ ކުރާ އީސްޓަރވެސް ފާހަގަ ކުރަމުންދާ ދަނޑިވަޅެވެ.

ޤުދުސްގެ އިރުމަތީ ސަރަޙައްދުގައި ހުރި އިސްލާމީ އަދި ނަޞާރާ ދީނާ ގުޅިފައިވާ މުހިންމު ސަރަޙައްދުތަކުގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި އޮތީ ޝާހީ ޙާޝިމީ ޢާއިލާއެވެ. އެ ސަރަޙައްދަކީ 1949އިން 1967 އަށް، ޢުރުދުންގެ ބާރުތަކުން ކޮންޓްރޯލް ކުރި ސަރަޙައްދެކެވެ.

ރަމަޟާން 1444އަލްއަޤްސާ މިސްކިތް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 އެޕްރީލު 2023

ކޮންމެ ދުވަހެއްގެ ތާވަލްގައި އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ: އައްޝައިޚް ޙުސައިން

07 އެޕްރީލު 2023
ކޮންމެ ދުވަހެއްގެ ތާވަލްގައި އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ: އައްޝައިޚް ޙުސައިން
05 އެޕްރީލު 2023

ސިއްހަތަށް ފައިދާ ހުރި ހާރުކެއުން - ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް

05 އެޕްރީލު 2023
ސިއްހަތަށް ފައިދާ ހުރި ހާރުކެއުން - ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް
05 އެޕްރީލު 2023

އާންމުންނަށް ދޫކުރި ކަދުރު ހުސްވެއްޖެ، މާދަމާ ދޫކުރާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް

05 އެޕްރީލު 2023
އާންމުންނަށް ދޫކުރި ކަދުރު ހުސްވެއްޖެ، މާދަމާ ދޫކުރާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް
05 އެޕްރީލު 2023

އިސްލާމްދީނުގައި ނަސްލެއްގެ ސަބަބުން މީހަކަށް މާތްކަމެއް، މަތިވެރިކަމެއް ލިބިގެން ނުވޭ: ޝެއިޚް ސިފާން

05 އެޕްރީލު 2023
އިސްލާމްދީނުގައި ނަސްލެއްގެ ސަބަބުން މީހަކަށް މާތްކަމެއް، މަތިވެރިކަމެއް ލިބިގެން ނުވޭ: ޝެއިޚް ސިފާން
26 މާރިޗު 2023

ކަދުރު ބަހަން ފަށައިފި

26 މާރިޗު 2023
ކަދުރު ބަހަން ފަށައިފި
26 މާރިޗު 2023

އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދެނީ

26 މާރިޗު 2023
އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދެނީ
25 މާރިޗު 2023

ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު

25 މާރިޗު 2023
ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު
25 މާރިޗު 2023

"އިސްލާމީ އެހެން ޤައުމުތަކުގަ ރޯދަ މަހާ ދިމާކޮށް، އަގުތައް ދަނީ ދަށަށް"

25 މާރިޗު 2023
"އިސްލާމީ އެހެން ޤައުމުތަކުގަ ރޯދަ މަހާ ދިމާކޮށް، އަގުތައް ދަނީ ދަށަށް"
24 މާރިޗު 2023

މިއަހަރު ނައިފަރުގައި އިމާމުވެ ތަރާވީސް ކުރާނީ ކުޑަ ދެކުދިން

24 މާރިޗު 2023
މިއަހަރު ނައިފަރުގައި އިމާމުވެ ތަރާވީސް ކުރާނީ ކުޑަ ދެކުދިން
23 މާރިޗު 2023

އެސްޓީއޯއިން ގެންނަ ކާށި އަންނަ ހަފްތާގައި ލިބެން ހުންނާނެ

23 މާރިޗު 2023
އެސްޓީއޯއިން ގެންނަ ކާށި އަންނަ ހަފްތާގައި ލިބެން ހުންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް