Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަންތާޖު ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތް ވެގެންދާނީ ބައިވެރިންގެ އިތުރުން ބެލުންތެރިންނަށް ވެސް ފިލާވަޅަކަށް: އިސްލާމިކް މިނިސްޓަރ

ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 17:34
"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވާހަކަދައްކަވަނީ

"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވާހަކަދައްކަވަނީ

ރާއްޖެޓީވީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޔޫތް މިނިސްޓްރީން ގުޅިގެން ބާއްވާ "ރަންތާޖު" ޤުރުއާން މުބާރާތަކީ، އެ މުބާރާތުގެ ބައިވެރިންގެ އިތުރުން ބެލުންތެރިންނަށް ވެސް ފިލާވަޅަކަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

"ރަންތާޖު" ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރަންތާޖު ޤުރުއާން މުބާރާތަކީ ޚާއްސަ ސިފަތަކެއް ލިބިފައިވާ މުބާރާތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުބާރާތުގެ ކިޔެވުން ކުރިއަށްދާ އިރު ވަޤުފު ކުރަން ޖެހޭ ތަންތަނާއި، ވަޤުފު ކުރަން ނުޖެހޭ ތަންތަނާއި، ހުއްޓާފައި ދެވަނަ ފަހަރު އަލުން ފަށަން ޖެހޭތަންތަނާއި، މާނަ ފުށު ނާރާގޮތަށް ހުއްޓާނީ ކިހިނެތްކަން އަދި ދެން ފަށާނީ ކިހިނެތްކަން ފަނޑިޔާރުން ކިޔާދެއްވާނެ ކަމަށެވެ. އެ ކަންކަން ކިޔާދެއްވާނީ ކިޔަވަމުންދާއިރު ކަމަށް ވުމާއި އެކު ބައިވެރިންނެކޭ އެއްފަދައިން ބެލުންތެރިންނަށް އެއީ ފިލާވަޅަކަށް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުބާރާތާއި މެދު ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މުބާރާތުގެ އޮޑިޝަން މަރުހަލާ ކުރިއަށް ދިޔަ ގޮތަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި މުބާރާތުގެ ބައިވެރިން ހޮވުމަށް ފަނޑިޔާރުންގެ ޓީމުތައް އަތޮޅުތެރެ އަށް ވެސް ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަށްރަށުގައި އާއި މާލޭގައި ބޭއްވި އޮޑިޝަންތަކުން އެންމެ މަތިން މާކްސް ލިބުނު ދަރިވަރުންގެ އޮޑިޝަންތަކަށް ފަހު، އެންމެ މަތިން މާކްސް ލިބުނު ބައިވެރިން ހޮވާ، ހުރިހާ ޖަޖުން އެކުލެވޭ ޕެނަލް އަކުން އެ އޮޑިޝަންތައް ބެލުމަށް ފަހު މުބާރާތުގެ ފައިނަލް 20 ބައިވެރިން ހޮވުމަކީ މުބާރާތަށް ލިބުނު ޚާއްސަ ސިފައެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ދެވަނަކަމަކަށް މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަތަރު ފަނޑިޔާރުން ބައިވެރިވުމަކީ ޚާއްސަ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާއްމުކޮށް މިފަދަ މުބާރާތްތަކުގައި ތިބެނީ 3 ފަނޑިޔާރުންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މި މުބާރާތަކީ ރާއްޖެޓީވީ އާއި އިސްލާމިކް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ ގުޅިގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ޤުރުއާން މުބާރާތްކަމަށް ވުމާއި އެކު މި މުބާރަތަކީ އެންމެ ފުރިހަމަ މުބާރާތަށް ވެގެންދާނެ ކަަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ 20 ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުބާރާތުގެ ކޮންމެ ބުރަކަށް ދާ ބައިވެރިންނަށް ވެސް ކުރިއަށް ދިއުމަށް ލިބެނީ ރަނގަޅު ފުރުސަތެއް ކަމަށެވެ. ކޮންމެ ބުރެއްގެ މާރކްސް ދެނީ ވަކިން ކަމަށް ވުމާއި އެކު މުބާރާތުގައި ފާއިތުވާ ތަނުން ފިލާވަޅު ލިބިގެން މުބާރާތުގައި ކާމިޔާބު ހޯދުމުގެ ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ މާތް މައްސަރެއް ކަމަށް ވުމާއި އެކު މި މައްސަރުގައި މިފަދަ މުބާރާތެއް ފެށުމަކީ މުނާސަބުކަމެއް ކަަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް 20 ބައިވެރިން ހޮވާފައި ވަނީ މި މުބަރާތުގެ އޮޑިޝަންގައި ބައިވެރިވި 111 ބައިވެރިންގެ ތެރެއިންނެވެ. ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްޔޫތު މިނިސްޓްރީރާއްޖެޓީވީރަންތާޖު ޤުރުއާން މުބާރާތްއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު