Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު

ރަންތާޖު ޤުރުއާން މުބާރާތް މިރޭ ފަށަނީ

ރަންތާޖު މުބާރާތް ދައްކާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 24 މާރިޗު 2023 | ހުކުރު 12:18
ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިން --

ރަންތާޖު ގުރުއާން މުބާރާތުގެ ބައިވެރިން --

މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ ރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ދައްކަން ނިންމައިފިއެވެ.

ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު 9:15ގައި ރާއްޖެޓީވީއިން ގެނެސްދޭނެއެވެ. އަދި ފެށުމުގެ ރަސްމިއްޔާތު ނިމުމާއެކު މުބާރާތް ފެށި، ބައިވެރިންގެ ކިޔެވުން ކުރިއަށް ދާނެއެވެ.

Advertisement - newsAdvertisement

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ. މި ބައިވެރިން ހޮވާފައި ވަނިކޮށް އޭގެ ތެރެއިން ދ. ކުޑަހުވަދޫ އީލަފް އަހުމަދު ސަލާހު މުބާރާތުން އަމިއްލައަށް ވަކިވުމާ ގުޅިގެން އެ ޖާގައަށް އޮޑިޝަންގައި 21 ވަނައަށް އެންމެ މަތިން މާކްސް ލިބުނު ބައިވެރިޔާ ވަނީ ހޮވާފައެވެ. އެއީ ހއ. ހޯރަފުށީ އައިޝަތު ޝަރުފާއެވެ. އީލަފް މުބާރާތުން ވަކިވުމަށް އެދިފައިވަނީ މުބާރާތާ އޯލެވެލްގެ ދުވަސްވަރާ ދިމާވާތީ، އެ ދުވަސްވަރު މާލޭގައި ހުންނަން ދަތިވުމާ ގުޅިގެންނެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ރާއްޖެ ޓީވީއިން މި މުބާރާތް ގެނެސްދޭނީ ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައެވެ.

ރަންތާޖު ޤުރުއާން މުބާރާތް

އިތުރަށް ކިޔާލަން

07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ
26 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް

26 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
25 މާރިޗު 2023

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

25 މާރިޗު 2023
ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު