Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޔުއެފާއިން ބާސެލޯނާގެ މައްސަލަ ބަލަން ފަށައިފި

މައްސަލަ ބަލަންފަށާފައި ވަނީ، ޔުއެފާގެ 31 ވަނަ އާޓިކަލްގެ ހަތަރުވަނަ މާއްދާގައި ބުނާ ޑިސިޕްލިނަރީ ރެގިއުލޭޝަންގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2023 | ބުރާސްފަތި 16:41
ޔުއެފާގެ އިދާރާ

ޔުއެފާގެ އިދާރާ

ސްޕެއިންގެ ގަދަ އެއް ބާރު ކަމުގައިވާ ބާސެލޯނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، ޔުއެފާއިން ތަހުގީގެއް ކުރަން ފަށައިފި އެވެ.

ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސްޕެނިޝް ލީގުގެ ރެފްރީސް ކޮމިޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވި އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލައެވެ. އެ މައްސަލާގައި ބާސެލޯނާއަށް ތުހުމަތުތަކެއް ކުރެވުނީ، ސްޕެއިންގެ މީޑިއާގައި އެކަން ރިޕޯޓުކުރުމުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން، ބާސެލޯނާއިން ވަނީ އެ ކުންފުންޏަށް 9 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ޑޮލަރު ދީފައެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދުގެ މުއްދަތެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލާގައި ބާސެލޯނާގެ ކޯޓެއްގައި މިހާރު ވަނީ އެ ކުލަބާ ދެކޮޅަށް ދައުވާވެސް އުފުލާފައެވެ.

ޔުއެފާއިން ބުނީ، އެ އިދާރާގެ 31 ވަނަ އާޓިކަލްގެ ހަތަރުވަނަ މާއްދާގައި ބުނާ ޑިސިޕްލިނަރީ ރެގިއުލޭޝަންގެ ދަށުން، ބާސެލޯނާއިން ނެގްރެއިރާއަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ފަށާފައިވާކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ޔުއެފާއިން ވަނީ ޚާއްޞަ އިންސްޕެކްޓަރުންތަކަކާ ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން ބާސެލޯނާއިން މިހާތަނަށް ރަސްމީ ވަކި އެއްޗެއް ބުނެފައެއްނުވެއެވެ. ނަމަވެސް މި މައްސަލާގައި މީގެ ކުރިން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާއިން މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށާއި، ކުލަބުން އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުންނުވާކަމަށެވެ.

ޔުއެފާބާސެލޯނާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު