Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ޕްލޭނާއެކު ކުރިއަށް ގޮސްފިނަމަ ސައުދީ ލީގު ދުނިޔޭގެ ހަތަރެއް ނުވަތަ ފަސް ވަނަ އަށް ޖެހިލާނެ: ރޮނާލްޑޯ

23 މާރިޗު 2023 | ބުރާސްފަތި 08:43

އެއްވެސް ވަރަކަށް ދޮގު ހަދަން ބޭނުންނުވާކަން ފާހަގަކުރަމުން އޭނާ ބުނީ، ސައުދީ ލީގާއި ޕްރިމިއާ ލީގާ އެއްވަރު ނުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2023 | ބުރާސްފަތި 08:43
އަލް ނަސްރުން ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު ރޮނަލްޑޯ އުފާފާޅުކުރަނީ: ފޮޓޯ-އަލް ނަސްރު

އަލް ނަސްރުން ކުޅުނު މެޗެއްގައި ލަނޑުޖެހުމަށްފަހު ރޮނަލްޑޯ އުފާފާޅުކުރަނީ: ފޮޓޯ-އަލް ނަސްރު

މިހާރު އޮތް ޕްލޭނާއެކު ކުރިއަށް ގޮސްފިނަމަ، ދުނިޔޭގެ ހަތަރު ވަނަ ނުވަތަ ފަސް ވަނަ އަށް ސައުދީ ޕްރޯ ލީގު ޖެހިލާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ މިހެން ބުނީ އެ ލީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުގެ އިސް ވެރިންނާއި، ކޯޗާ ޖެހުނު މައްސަލައެއްގައި ރޮނާލްޑޯ އެ ޓީމު ދޫކޮށް އަލް ނަސްރަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިހާތަނަށް ރޮނާލްޑޯ އަންނަނީ އަލް ނަސްރާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެކުލަބަށް މިހާތަނަށް ކުޅެދިން 10 މެޗުން ރޮނާލްޑޯ ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. ސައުދީ ލީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އެ ލީގަކީ ވަރަށް ވާދަވެރި ލީގެއް ކަމަށެވެ. މީގެ އިތުރުން އެއްވެސް ވަރަކަށް ދޮގު ހަދަން ބޭނުންނުވާކަން ފާހަގަކުރަމުން އޭނާ ބުނީ، ސައުދީ ލީގާއި ޕްރިމިއާ ލީގާ އެއްވަރު ނުވާނެ ކަމަށެވެ. ނަމަވެސް ސައުދީ ލީގަކީ ބަދަލުވުމާއެކު އޭނާ އަށް ހައިރާންކަމެއް ލިބުނު ލީގެއް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، ސައުދީ ލީގުން މިހާރު ހަދާފައިވާ ޕްލޭންތަކާއެކު އެމީހުން ކުރިއަށް ގޮސްފި ނަމަ، ކުރިއަށް އޮތް ފަހެއް، ހައެއް ނުވަތަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި އެ ލީގު ދުނިޔޭގެ ހަތަރެއް ނުވަތަ ފަސް ވަނަ އަށް ޖެހިލާނެ ކަމަށެވެ. އަދި އޭނާ ކެރިއަރުގެ ނުބައި މަރުހަލާއެއް ކަޑަތުކޮށްފައިވާ ކަމަށާއި، އެކަމާ އެއްވެސް މައްސަލައެއް ޖައްސަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ދިރިއުޅުމައިގެން ކުރިއަށް ދާން ޖެހޭނެކަން ފާހަގަކުރަމުން ރޮނާލްޑޯ ބުނީ، އެންމެ އުނދަގޫ ވަގުތުގައި ވެސް އެކުގައި ތިބޭ ގާތް ރަހުމަތްތެރިންނަކީ ކޮބައިކަން އޭނާ އަށް އެނގޭ ކަމަށެވެ.

ރޮނާލްޑޯ އެ ކުލަބަށް ގުޅުނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަށް އަހަރަކު މުސާރައިގެ ގޮތުގައި 214 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

ސައުދީ ޕްރޯ ލީގުކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް