Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮޒިލް ރިޓަޔާކުރުން

ހުނަރުވެރި ކުޅުމެއް ދެއްކި އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ފާއިތުވި ދުވަސްތަކުގައި އޭނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން، މިއީ ފުޓުބޯޅައިގެ އެންމެ މަތީ މަރުހަލާއިން ދުރަށް ޖެހިލަންވީ ވަގުތުކަމަށް އޮޒިލް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 06:07
ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅުނު އޮޒިލް

ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅުނު އޮޒިލް

ޖަރުމަނު ޤައުމީ ޓީމަށް ކުޅެދިން ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު މެސުޓް އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 34 އަހަރުގައި އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޮޒިލް އޭނާގެ ސީނިއާ ކެރިއަރު ފެށީ 2005 ވަނަ އަހަރު ޝާލްކާ އިންނެވެ. އެއަށްފަހު އޭނާ ވާޑާ ބާމަން އަށް ބަދަލުވީ 2008 ވަނަ އަހަރު އެވެ. އެ ކުލަބުގައި ދެ އަހަރު ހޭދަކުރުމަށްފަހު 2010 ވަނަ އަހަރު އޮޒިލް ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެފަ އެވެ. ރެއާލްގައި ހޭދަ ކުރި ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 159 މެޗުން 26 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޮޒިލް ވަނީ ރެއާލާއެކު ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް އަދި ކޮޕާ ޑެލް ރޭ މުބާރާތެކެވެ. އެއަށްފަހު 2013 ވަނަ އަހަރު އޮޒިލް ބަދަލުވީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އަށެވެ. އާސެނަލަށް އޮޒިލް ވަނީ 254 މެޗު ކުޅެދީ 44 ލަނޑު ޖަހައިދީފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިނގިރޭސި އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ކާމިޔާބުކޮށްފަ އެވެ. އާސެނަލް ގައި ކާމިޔާބު އަށް އަހަރު ހޭދަ ކުރުމަށްފަހު 2021 ވަނަ އަހަރު އޮޒިލް ވަނީ އެ ކުލަބް ދޫކޮށް، ތުރުކީގެ ފުޓުބޯޅަ ކުލަބަކަށް ބަދަލުވެފަ އެވެ.

އޮޒިލް އަށް ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 92 މެޗުން 23 ލަނޑު ޖަހައިފަ އެވެ. ޖަރުމަނާއެކު އޮޒިލް ވަނީ 2014 ވަނަ އަަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ވެސް ޖަރުމަނު ޓީމުގައި ހިމެނިފަ އެވެ. ނަމަވެސް އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮޒިލް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކުރަމުން އޮޒިލް ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ޕްރޮފެޝަނަލް ފުޓުބޯޅައިގައި ހޭދަ ކުރެވުނު 17 އަހަރުގެ ތެރޭގައި އެނާ އަށް ލިބުނު ކޮންމެ ފުރުސަތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އޭނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން، މިއީ ފުޓުބޯޅައިގެ އެންމެ މަތީ މަރުހަލާއިން ދުރަށް ޖެހިލަންވީ ވަގުތުކަމަށް އޮޒިލް ވަނީ ބުނެފަ އެވެ. އޮޒިލް ވަނީ ފުޓުބޯޅައިގައި އޭނާ އަށް އެހީތެރިވެދިން އެންމެހައޮ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އޮޒިލް އޭނާގެ ފުޓުބޯޅަ ކެރިއަރު ނިންމާލީ ވެސް ތުރުކީގެ ފުޓުބޯޅަ ކުލަބަކުންނެވެ. އޮޒިލް އަކީ މުސްލިމް ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ނަމޫނާ ކުޅުންތެރިޔެކެވެ. އަބަދު ވެސް އޭނާ ފާހަގަވެފައި ވަނީ މުސްލިމުންނާއި، އިންސާނިއްޔަތަށް އަޅާލާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

އޮޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު