Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން މަސް

ރަމަޟާން މަހާއި ގުޅިފައިވާ ހަނދާންތައް

އެންމެ ކުޑައިރުއްސުރެވެސް ރަމަޟާން މަހާއި ގުޅިފައިވާ ހަނދާންތަކެއް ހުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 06:33
ނަމާދުކުރަނީ

ނަމާދުކުރަނީ

އަނެއްކާވެސް ރަމަޟާން މަހެއް ބައްދަލުކުރީއެވެ. މުސްލިމުންނާ ކޮންމެ އަހަރަކު ބައްދަލުކުރާ ބަރަކާތްތެރި ރަމަޟާން މަހަކީ ނަފުސު ހޭލައްވާ ތިމާ ހެއްދެވި ފަރާތާ ކައިރިކުރުވާ މައްސަރެކެވެ. ގިނަ ބަޔަކު ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ޘަވާބު ހޯދުމުގައި ރަމަޟާން މަހު އެހެން މަސްތަކާއި ޚިލާފަށް މަސްއޫލުވެއުޅެއެވެ. މުޅި ދުވަހު އެއްޗެއް ނުކައި ތިބެން ޖެހުމާއި ރޯދަ ވީއްލުމާއި ހާރު ކެއުމާއި މިކަންކަމަކީ އަހަރުގެ އަނެއް 11 މަހުގައި ކުރާ ކަންކަމެއް ނޫނެވެ. އެހެންކަމުން އެހެން މަސްތަކަކީ އާދައިގެ މަސްތަކުގެ ގޮތުގައި ބެލެވޭއިރު ރަމަޟާން މަސް ބެލެވެނީ ޚާއްސަ މަހެއްގެ ގޮތުގައެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެވެސް އެމަހާއި ގުޅިފައިވާ ހަނދާންތަކެއް ހުރެއެވެ.

ރަމަޟާން މަހާއި އެކި މީހުންނާއި ގުޅިފައި ހުންނަނީ ތަފާތު ހަނދާންތަކެވެ. ދުވާލު ނުކައި ތިބެން ޖެހުމުގެ ސަބަބުން ރޯދަ ކުރުކުރުމުގެ ގޮތުން އެކި މީހުން އެކި ކަންތައް ކޮށްއުޅެއެވެ. ރަހުމަތްތެރިންނާއި އާއިލާ މެންބަރުން އެކުވެ އެކިކަހަލަ ކުޅިވަރުތައް ކުޅެއެވެ. ގޭތެރޭގައި ނުވަތަ ހިޔަލުގައި ތިބެގެން ކުޅެވޭ ކަހަލަ ކުޅިވަރުތައް ގިނައިން ކުޅެއެވެ. އެގޮތުން ތާސްކުޅުމާއި، ކެރަމް ކުޅުމާއި، ފަސްއޮއް ކުޅުމާއި، މިފަދަ ކަންކަމަކީ ކުޑައިރުގައި ރޯދަ ކުރުކުރުމުގެ ގޮތުން އާންމުކޮށް ކޮށްއުޅޭ ކަންކަމެވެ. ވާހަކަ ކިޔުމާއި ވާހަކަ އަޑުއެހުމެވެ. ހަވީރު ފިންޏަށް ހިނގާލުން ދިޔުން ނުވަތަ ބައިސްކަލް ދުއްވާލަން ދިޔުމަކީވެސް ކުރާ ކަމެކެވެ. ގުޑިއަރުވަންދެއެވެ.

މީގެއިތުރުން ހަވީރު ގަޑީގައި ޓީވީ އާއި ރޭޑިއޯ އިން ގެނެސްދޭ ޕްރޮގްރާމްތައް އަޑުއަހާ އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީވެސް ކޮށްއުޅޭ ކަމެކެވެ. ބައެއް ކަހަލަ ރާގުތައް ނުވަތަ ލަވަތައް އަޑުއިވުމުންވެސް ރަމަޟާން މަހުގެ ހަނދާންތައް ގެނުވައެވެ. ކޮންމެ ރަމަޟާން މަހެއްގައި ދެއްކިޔަސް ފޫހިނުވެ މުހައްމަދުއްރަސޫލުﷲ ޕްރޮގްރާމް ބަލާލެވެއެވެ. އެ ޕްރޮގްރާމް އާދޭތޯ ބެލެއެވެ. މީގެއިތުރުން އާއިލާތަކުން އެކުގައި ޕްރޮގްރާމްތަކުގައި ބައިވެރިވެ ފޯރިނަގާ އެކި ކަހަލަ އިނާމުތައް ހޯދޭތޯ މަސައްކަތްކުރެއެވެ. ރަމަޟާން މަހު ގެނެސްދޭ ޕްރޮގްރާމްތަކަކީ ވެސް ޚާއްސަ ރަމަޟާން މަހާ ގުޅޭ ޕްރޮގްރާމްތަކަށް ވެއެވެ.

ރޯދަ ވީއްލަން ހަދާ ކާތަކެތި އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހު ކައިރި ގޭގެއަށާއި ތިމާގެ މީހުން ގޭގެއަށް ދޭ މިންވަރު އިތުރުވެއެވެ. އަވަށްޓެރި ގެތަކުން ރޯދަ ވީއްލަން ހެދިކާއެއް ނުލިބޭ ދުވަހެއް މަދެވެ. އެހެން މަސްތަކުގައި އާންމުކޮށް ނުކާ ބައެއް ކާތަކެތި އާންމުކޮށް ރަމަޟާން މަހު ކާން ލިބެއެވެ. ތަފާތު ވައްތަރުގެ ކާތަކެތި ހަދާ ރަހަބަލާލުމުގެ ފުރުސަތު ލިބެއެވެ. ތަފާތު ކާތަކެތި ހެދުމަށް ރޭޑިއޯ ނޫނީ ޓީވީން އަންނަ ކައްކާ ޕްރޮގްރާމްތައް ބަލާ އަޑުއަހާ ރެސިޕީތައް ލިޔެ އުޅެއެވެ.

ރޭގަނޑުގެ ވަގުތުތައްވެސް އެހެން މަސްތަކާއި ރަމަޟާން މަހު ތަފާތެވެ. ރޭގަނޑު ހޭލާ ތިބޭއިރު ތަފާތު އެކި ކުޅިވަރުތައް ކުޅެއެވެ. ލަވަބާޒީ ކުޅުމާއި ޑްރާމާ ކުޅުމާއި އެހެން ކުޅިވަރުތައް ކުޅެއެވެ. ފުޓްބޯޅަ އާއި ނެޓް ބޯޅަ ފަދަ ކުޅިވަރުތައް ކުޅެން ރޭގަނޑު ދެއެވެ. ރޭގަނޑު ގަޑީގައިވެސް ޓީވީ އާއި ރޭޑިއޯއިން އަންނަ ޕްރޮގްރާމްތައް އަޑުއަހާ އެ ޕްރޮގްރާމްތަކުގައި ބައިވެރިވެއެވެ. ހާރުކާން ހޭލާން އުޅޭ ހާލެވެ. ނިދި މޫނާއެކު އެނދު ފެންނަ ހާލުގައި ހާރުކާން މޭޒު ކައިރީގައި އިންނަ ހަނދާނެވެ.

ރަމަޟާން މަހު ތަރާވީހު ނަމާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ގިނަ ބަޔަކު ދެއެވެ. އެންމެ އަވަހަށް ތަރާވީސް ނަމާދު ކުރާ މިސްކިތެއް ބަލައިގެން އެމިސްކިތަކަށްވެސް ދެއެވެ. މީގެއިތުރުން ފަހު ދިހަ އަކަށް އެޅުމުން ދަމު ނަމާދަށް ވަކިން ޚާއްސަ ސަމާލުކަމެއް ދެއެވެ.

މިނޫންވެސް ކިތަންމެ ހަނދާންތަކެއް ރަމަޟާން މަހާއި ގުޅިފައި ހުރެއެވެ. ކޮންމެ ރަމަޟާން މަހަކާއެކު މިހަނދާންތައް އަލުން އާވެގެންދެއެވެ. ހަމައެހެންމެ ޒަމާނަށް އަންނަ ބަދަލާ ދިރިއުޅުމަށް އަންނަ ބަދަލާއެކު ކުރާ ކަންކަމަށްވެސް ބަދަލުތައް އާދެއެވެ.

ރަަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

19 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

01 މާރިޗު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު