Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ރައީސްގެ ދަތުރުފުޅު

ޝީގެ ރަޝިޔާ ދަތުރުފުޅު: ޗައިނާ އާއި ރަޝިޔާގެ ގުޅުން މުޅިން އައު ހަރުފަތަކަށް

ޝީ ވިދާޅުވީ ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމަކީ ދެގައުމުގެ ގުޅުމުގެ މުޅިން އައު ޒަމާނެއްގެ ފެށުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2023 | ބުރާސްފަތި 03:51
ޗައިނާގެ ރައީސް ޝީ ޖިންގޕިން އާއި ރަޝިޔާގެ ރައީސު ވްލަޑްމިއަރ ޕުޓިން އެއްބަސްވުން ބަދަލުކުރައްވަނީ

ޗައިނާގެ ރައީސް ޝީ ޖިންގޕިން އާއި ރަޝިޔާގެ ރައީސު ވްލަޑްމިއަރ ޕުޓިން އެއްބަސްވުން ބަދަލުކުރައްވަނީ

ޗައިނާގެ ރައީސް ޝީ ޖިންގޕިން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން މުޅިން އައު ހަރުފަތަކަށް ގޮސްފައިވާކަމަށް ޝީ ވިދާޅުވެއްޖެއެވެ.

ރައީސް ޝީ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ދެ ގައުމުގެ ރައީސުންގެ މެދުގައި ވާހަކަތައް ކުރިޔަށްގެންގޮސްފައިވާއިރު އެއީ މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި މުހިންމު ވާހަކަތަކެއްކަމަށް ޝީ ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމަކީ ދެގައުމުގެ ގުޅުމުގެ މުޅިން އައު ޒަމާނެއްގެ ފެށުންކަމަށެވެ. އަދި ޗައިނާ އާއި ރަޝިޔާއިން މިހާރަށްވުރެ ގާތުން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ ހުރިހާ އެއްބަސްވުމަކާ ހަމައަށްވެސް ދެ ގައުމަށް އާދެވިފައިވާކަމަށާއި އިގްތިޞާދީ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ގާއިމުކޮށް އެއްބާރުލުން ދިނުމަކީ ރަޝިޔާއިން އެންމެ އިސްކަންދޭ ކަންތައްކަމަށެވެ.

ޗައިނާގެ ރައީސް ރަޝިޔާއަށް ވަޑައިގެންނެވީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ)ން ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށެވެ.

ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ހުޅަނގާއި އެމެރިކާއިން ދުނިޔޭގެ މަސްލަހަތު ނަގާލާކަމަށާއި ނޭޓޯ އިން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ގަދަކަމުން ވަދެގަތުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މީގެއިތުރުން ޕުޓިން ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިންގެ ދެމެދު ހިނގަމުންދާ ކަންކަމަށް ހައްލު ގެނައުމުގައި ޗައިނާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލް އެހީވެދޭނެކަމަށެވެ. އެ ޕްރޮޕޯސަލްގައިވާ ކަންކަމަށް ހުޅަނގާއި ޔޫކްރެއިނުން އެއްބަހެއް ނުވެއެވެ.

ޗައިނާއިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 12 ޕޮއިންޓް ހިމެނޭ ކަރުދާހެއް ހުށަހަޅާފައެވެ. ނަމަވެސް އެކަރުދާހުން ހަނގުރާމަ ނިންމާނެ ގޮތަކާއި ތާރީޚެއް ސާފެއްނުވެއެވެ.

އެމެރިކާއިން ވެސް ވަނީ އެ ކަރުދާހާ ދެކޮޅު ހަދާފައެވެ. ސަބަބަކީ ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ޗައިނާއިން ކުށްވެރިނުކުރުންކަމަށް ވަނީ ބުނެފައެވެ.

ޔޫކްރެއިން އިން ވަނީ ސުލްހަ ގާއިމުކުރުމުގައި ޗައިނާއިން މެދުވެރިއެއްގެ ދައުރުއަދާކުރުމަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް ޔޫކްރެއިންގެ ސަރަހައްދުން ރަޝިޔާގެ ސިފައިން ފައިބަންޖެހޭކަމަށް ވަނީ ބުނެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރުގައި ޔޫކްރެއިން އިން ގެންގުޅޭ ފޯމިއުލާއާ ޗައިނާއިން އެއްބަސްވެ ގުޅުމަށް އެދިފައިވާކަމަށާއި ނަމަވެސް ޗައިނާއިން އަދި އެކަމަށް ޖަވާބު ދީފައިނުވާކަމަށެވެ.

ޗައިނާރަޝިއާވްލަޑިމިއަރ ޕުޓިންޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު