Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަޔަރމަން ކޯސް

އެމްއޭސީއެލް އިން ލީޑިން ފަޔަރމަން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފަޔަރމަނުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 08:15
އެމްއޭސީއެލްގެ ލީޑިން ފަޔަރމަން ކޯހުގެ ބައިވެރިން

އެމްއޭސީއެލްގެ ލީޑިން ފަޔަރމަން ކޯހުގެ ބައިވެރިން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ހުނަރުވެރި އަދި ގާބިލް ފަޔާ ވެހިކަލް އޮޕަރޭޓަރުން އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލީޑިން ފަޔާ ފައިޓާ ކޯހުގެ 13 ވަނަ ބެޗް ނިންމާލައިފިއެވެ.

މިކަމަށްޓަކައި އެއަރޕޯޓުގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރ، ގުރައިޝާ އިސްމާއީލްއެވެ. އަދި ކާޑެއްދޫ އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ހަބީބާއި އެމް.އޭ.ސީ.އެލްގެ އެއަރޕޯޓް އެމަރޖެންސީ ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

Advertisement - newsAdvertisement

ފަސް ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) ގެ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މިކޯހުގައި ކިޔަވައިދެއްވާފައިވަނީ އެމް.ސީ.އޭ.އޭގެ ސެޓިފައިޑް ޓްރެއިނަރުންނެވެ.

ޖުމްލަ 19 ފަޔަރމަނުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްގެ އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ 17 ފަޔަރމަނުންނާއި ކާޑެއްދޫ އެއަރޕޯޓުގެ 2 ފަޔަރމަނުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މި ކޯހުގައި އެއަރޕޯޓް އިމަރޖެންސީ ސަރވިސަސް އޮޕަރޭޝަނަށް ބޭނުންވާ ފަޔަރ ވެހިކަލްތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓްކުރާނެ ގޮތުގެ ތިއޮރިޓިކަލް އަދި ޕްރެކްޓިކަލް ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއިލް ވިދާޅުވީ މިކޯހުގެ ސަބަބުން އެއަރޕޯޓް އިމަރޖެންސީ ސަރވިސަސް އޮޕަރޭޝަނަށް ބޭނުންވެފައިވާ ތަމްރީނު ލިބިފައިވާ އަދި ހުނަރުވެރި ފަޔަރ ވެހިކަލް އޮޕަރޭޓަރުން ލިބިގެންދާނެ ކަމަށެވެ. އަދި ގުރައިޝާ ވިދާޅުވީ ހުރިހާ ފަޔަރމަނުންވެސް އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އެކަކު އަނެކަކަށް އިޙްތިރާމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ޢަމަލުކުރަންޖެހޭނެ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ ލީޑިން ފަޔާމޭން ކޯހަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯސްޓުލައިންގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ކޯސްޓުލައިންގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

20 އޯގަސްޓު 2017
ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ

ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ

29 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

31 މެއި 2017
މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މާލޭ ދެކުނު ފަރާތުގައި ނެރުމައްޗަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

26 މެއި 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު