Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަޒްނީން އެއްވަނަ އެތްލީޓާ ހަމައަށް

ކުޑަކުޅިވަރަކުން އެއްވަނަ އެތްލީޓްގެ މަޤާމް ހޯދާ އަޒްނީން ބަދަލުކޮށްލީ އެހެން އެތްލީޓުންގެ ވިސްނުން

މިދިޔަ އަހަރު ރާއްޖެއަށް ދެ ރަން މެޑަލް ހޯދައިދިން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 03:49
އަޒްނީން ރަޝާދު ބެސްޓް އެތްލީޓްގެ އެވޯޑާ ހަވާލުވަނީ

އަޒްނީން ރަޝާދު ބެސްޓް އެތްލީޓްގެ އެވޯޑާ ހަވާލުވަނީ

"މިހަތް އަހަރު އަޅުގަނޑު މިއުޅެނީ ހަންޑްރެޑް ޕަސަންޓް ޑައެޓްގައި. އޭގެ މާނައަކީ ހަމަ އެކައްޗެއް ކައިގެން. ޗިކަން ރައިސް, ޗިކަން ރައިސް, ޗިކަން ރައިސް. ޗިކަން ރައިސް."

ދިވެހިރާއްޖޭގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަޤާމް ހޯދި ގއ.ވިލިގިލި އަޒްނީން ރަޝާދުވީ ޤުރުބާނީ މިވަރުން ފުދެއެވެ. މިއާވިދިގެން ދެން އޮތީ އެވޯޑް ހޯދަން އޭނާ ކަނޑައެޅި ވަރުގަދަ އަޒުމެވެ. 2021 ވަނަ އަހަރު އޮތް ފުރަތަމަ ސްޕޯރޓްސް އެވޯޑްސްގައި ބޮޑީބިލްޑިންގ ކެޓަގަރީން އޭނާއަށް ލިބުނީ ދެވަނައެވެ. އެއްވަނަ ހޯދީ މުޙައްމަދު މޫސާއެވެ. މިފަހަރު އަޒްނީން އެއްވަނަ ހޯދީ މުހައްމަދު މޫސާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ ގާތް ރަހުމަތްތެރިޔާ މުހައްމަދު މޫސާއެވެ. މުހައްމަދު މޫސާ މިދިޔަ އަހަރު ބޮޑީބިލްޑިންގ ކެޓަގަރީން އެއްވަނަ އެތްލީޓް ހޯދި ދުވަހު އަޒްނީން ކަނޑައެޅި އަޒުމަކީ އެންމެ ކުޑަމިނުން ރާއްޖޭގެ އެންމެ މޮޅު ތިން އެތްލީޓުންގެ ތެރޭގައި ހިމެނުނެވެ. އޭނާ ކުރި މަސައްކަތުން ލިބުނީ ކުރި އުއްމީދަށްވުރެ މާބޮޑު އެކަމަކު ވީޤުރުބާނީއާއި ކުރި މަސައްކަތާ ބަލާއިރު ހައްޤު ކާމިޔާބީއެކެވެ. އެއީ ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަޤާމެވެ. އަދި ބޮޑީބިލްޑިންގ ކެޓަގަރީން އެއްވަނަ އެތްލީޓްގެ އެވޯޑެވެ.

އެކަނޑައެޅި އަޒުމާއެކު މިދިޔަ 2022 ވަނަ އަހަރު އަޒްނީން ރަޝާދު ވަނީ ރާއްޖެއަށް ދެ ރަން މެޑަލް ހޯދައިދީފައެވެ. އެއީ 13 ވަނަ ވަރލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕާއި, 54 ވަނަ އޭޝިޔަން ޗެމްޕިއަންޝިޕުންނެވެ. އަޒްނީންއަށް ހަޤީޤަތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދިން ދެ ރަން މެޑައްޔެއް ނޫނެވެ. އަދި ބޮޑީބިލްޑިންގެ އެއްވަނަ އެތްލީޓްގެ މަޤާމެއްވެސް ނޫނެވެ, ހަމައެހެންމެ ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަޤާމެއްވެސް ނޫނެވެ. ހަޤީޤަތުގައި އޭނާއަށް ހޯދައިދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރު އެތްލީޓުންގެ ވިސްނުމަށް, ކުޅިވަރު ކުޅެން ނިކުންނަން ތިބި ޒުވާނުންގެ ވިސްނުމަށް ބޮޑު ބަދަލެއް ގެނެސްދިނުމެވެ. ރާއްޖޭގައި އެންމެ ކުޑަ ކުޅިވަރެއްގެ ގޮތުގައި މީހުން ޤަބޫލުކުރަމުން އައއި ބޮޑީބިލްޑިންގއިން ރާއްޖޭގެ އެއްވަނަ އެތްލީޓްގެ އެވޯޑް ހޯދުމާއެކު ބަދަލުވެގެން ދިޔަ ވިސްނުމާއި, ޤަބޫލުކުރުން މާބޮޑެވެ. އެކަމުގައި އެންމެ މޮޅު ކޯޗުގެ އެވޯޑް ބޮޑީބިލްޑިންގ ކޯޗު ހަސީބު ހޯދުންވެސް ފާހަގަކުރަން ޖެހެއެވެ.

އަޒްނީން ޤަބޫލުކުރާގޮތުގައި އެވިސްނުން ބަދަލުކުރެވުނީ ހަމައެކަނި އޭނާ ކުރި މަސައްކަތަކުން ނޫނެވެ. ބޮޑީބިލްޑިންގެ މުޅި ޓީމް އެކަމަށް މަސައްކަތްކުރިއެވެ. ބޮޑީބިލްޑިންގ ޓީމްގައި ކާމިޔާބު ހޯދަން އޮތް ވާދަވެރިކަމާއި, ރޫހަކީ އެނަތީޖާ ނިކުއިން މައިގަނޑު ސަބަބެވެ. ޚާއްޞަކޮށް ކާމިޔާބީގައި އަޒްނީން ތަކުރާރުކޮށް ފާހަގަކުރި ނަމަކީ ސްޓޭޖްމަތީގައި އޭނާގެ ވާދަވެރިޔާގެ ނަމެވެ. އެންމެ މޮޅު ފިރިހެން އެތްލީޓަށް އޭނާއާ އެންމެ ގާތުން ވާދަކުރި 2021 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ބޮޑީބިލްޑަރު މުހައްމަދު މޫސާގެ ނަމެވެ.

އެއީ ގާތް ރަހުމަތްތެރިންނެވެ. އަޒްނީން ޤަބޫލުކުރާ ގޮތުގައި މުހައްމަދު މޫސާއަކީ އޭނާގެ "ބިގްބްރޯ" އެވެ. މުހައްމަދު މޫސާއަށް އެވޯޑް ލިބުނަސް އޭނާގެ އެއްވެސް މައްސަލައެއް ޝަކުވާއެއް ނެތެވެ. ހަމައެހެންމެ މުހައްމަދު މޫސާގެވެސް އޮންނާނީ އެވިސްނުންކަމަށް އޭނާ ޤަބޫލުކުރެއެވެ.

މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް އަޒްނީން ދެކެނީ ކުޅިވަރަކީ ކުޅިވަރެއް ނޫންކަން ހާމަކޮށްދޭ, އަދި ކާމިޔާބު ހޯދަން ގަދައަށް މަސައްކަތްކުރަން މަޖުބޫރުކުރިވި މުހިއްމު ފެށުމެއްކަމަށެވެ. އެވޯޑުން ބަދަލުވީ އެންމެ މުހިއްމު ކަމަކީ ކުޅެލާފަ އައުމުގެ ވިސްނުންކަމަށް އަޒްނީން ދެކެއެވެ. އެއާއެކު މެޑަލް ހޯދުމުގެ ވިސްނުން ބޮޑުވެއްޖެކަމަށާއި, އެންމެ މޮޅު އެތްލީޓަށް ވެވޭނީ މެޑަލް ހޯދައިގެންކަން އެންމެންނަށްވެސް އިނގޭކަން އަޒްނީން ފާހަގަކުރިއެވެ. އެތްލީޓެއްގެ ގޮތުގައި އަޒްނީން ޤަބޫލުކުރަނީ މިއަދު އެއްވެސް އެތްލީޓަކު ސްޓޭޖަށް އަރާލާފަ ފައިބަން ބޭނުންނުވާކަމެވެ. އޭގެބަދަލުގައި ބޭނުންވަނީ މެޑަލް ހިފައިގެން ފައިބަން ކަމަށާއި, އެހެންވީމާ ތައްޔާރުވާން, މަސައްކަތްކުރަން ކޮންމެ އެތްލީޓަކަށްވެސް މަޖުބޫރުވާކަން އަޒްނީން ފާހަގަކުރިއެވެ.

ލިބުނު ބޮޑު ކާމިޔާބީއާއެކު އަޒްނީންގެ އަޒުމްވީ ވަރުގަދައެވެ. އެއީ ކާމިޔާބީ ތަކުރާރުކުރުމުގެ އަޒުމެވެ. 2022 ވަނަ އަހަރު ހޯދި ހުރިހާ ކާމިޔާބީއެއް މިފެށުނު 2023 ވަނަ އަހަރުވެސް ހޯދުމެވެ. އޭނާއަށް އޮތް ޔަޤީންކަމަކީ މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަމެވެ. އޭނާއަށް އޮތް ހިތްހަމަޖެހުމަކީ އޭނާ މަސައްކަތްކުރާނެކަމުގެ އިތުބާރު ކޯޗަށް އޮތުމެވެ.

އަޒްނީން މިއަދު ފާހަގަކުރާ ކަމަކީ ސަރުކާރުން, ޔޫތް މިނިސްޓްރީން ޚާއްޞަކޮށް ޔޫތް މިނިސްޓަރ އިސްވެ ރާއްޖޭގެ ކުޅިވަރު އެތްލީޓުންނާއި, އެސޯސިއޭޝަންގެ ކާމިޔާބީތައް ފާހަގަކުރުމަށް ފެށި ފެށުމެވެ. އެތްލީޓުންނަށް ފަހިކޮށްދޭ ފުރުޞަތުތަކެވެ. ކުޑަކުޅިވަރަކުން ބޮޑު ކުޅިވަރަކަށް ބޮޑީބިލްޑިންގ ބަދަލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. އެކަމުގައި ބޮޑީބިލްޑިންގ ފެޑެރޭޝަންގެ ރައީސް އިއްބެ މެދުނުކެނޑި ކުރި މަސައްކަތްތައްވެސް އަޒްނީން ފާހަގަކުރިއެވެ. ނިންމާލަމުން އޭނާ ބުނީ ބޮޑީބިލްޑިންގެ މުޅި ޓީމް އެވޯޑްތައް ހޯދަން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ފެޑެރޭޝަނަށް އޮންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ.  އަފްރާޝީމްގެ މަރަށް 8  އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

ޑރ. އަފްރާޝީމްގެ މަރަށް 8 އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

02 އޮކްޓޯބަރު 2020
ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!

ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!

06 އޮކްޓޯބަރު 2019
ދަގަނޑޭ އަކީ އަދިވެސް ހަމަ އެއްވަނަ

ދަގަނޑޭ އަކީ އަދިވެސް ހަމަ އެއްވަނަ

17 އޯގަސްޓު 2019
ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

22 އޮކްޓޯބަރު 2018
މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

މަލިކު މީހުންވެސް ބުނަނީ ނުލިބިދިޔަ ހެޔޮވެރިކަން ރައްޔިތުންނަށް ހޯދާ ދީފަނޫނީ ގެއަށް ނުވަންނާނެ ކަމަށް!

05 ޖުލައި 2018

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު