Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅުން: މައްސަލައެއް ހުށަހަޅައިފިއްޔާ އީސީން ބަލާނެ

މިހާތަނަށް މައްސަލައެއް ހުށަހަޅާފައެއް ނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 މާރިޗު 2023 | އަންގާރަ 15:53
ރައީސް ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސް ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއެޅުން

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް އިދިކޮޅުން ހުރަސްއެޅި މައްސަލައިގައި މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިނުވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ހޯމަ ދުވަހުގެރޭ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ހުރަސްއަޅާފައެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ މައްސަލައެއް ބެލުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވޭތޯ ބެލުމަށް ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެމުން އީސީން ބުނީ މިކަމާ ގުޅޭ މައްސަލައެއް މިހާތަނަށް އެ ކޮމިޝަނަށް ހުށަހަޅާފައިނުވާކަމަށެވެ. އަދި އެ ކޮމިޝަންގެ އިހުތިސާސް ހިނގާ ކަމަކާ ގުޅިގެން މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ހޯމަ ދުވަހުގެރޭ ހިނގައިދިޔަ ހާދިސާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ގައުމީ ދިފާއީ ބާރުން ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

މި ހާދިސާއިން ރައީސް ޞާލިހުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ބްރީޗްވެފައިވާކަން ހާމަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިކަންކަން ފަހިވިގޮތް ބެލުމުގެ މަސައްކަތް 241 ކޮމިޓީން ދަނީ ތަހްގީގް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު