Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަހުމަތްތެރިކަމުގެ މެޗު

ލ.އަތޮޅުގައި ކުޅުނު ތާރީޚީ މެޗުގައި ރާއްޖެއިން ޕާކިސްތާން ބަލިކޮށްފި

ރާއްޖެއިން މެޗު ކާމިޔާބުކުރީ 1-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 މާރިޗު 2023 | އަންގާރަ 13:40
ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލ.އަތޮޅުގައި ކުޅުނު ތާރީޚީ މެޗުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން ޕާކިސްތާން ބަލިކޮށްފިއެވެ.

ދިހަ އަހަރުގެ ތެރޭގައި ޕާކިސްތާންގެ ޤައުމީ ޓީމާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ޖެހީ މިޑްފީލްޑަރ އިބްރާހީމް އައިސަމްއެވެ. އައިސަމް ލަނޑު ޖެހީ 20 ވަނަ މިނިޓްގައެވެ. މެޗުގެ އިތުރު ވަގުތުގައި އައިސަމްއަށް ދެއްކި ރަތްކާޑާއެކު މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެންމެ ޕްރެކްޓިސްއަކާއެކު މެޗަށް ނިކުތް ރާއްޖޭގެ ޤައުމީ ޓީމްގެ ފުރަތަމަ އެގާރައިގައި މުޅިންވެސް ކޯޗު ހިމަނާފައިވަނީ މާޒިޔާގެ ކުޅުންތެރިންނެވެ. މާޒިޔާއިން އާސީޒަނަށް ޕްރެކްޓިސް ފަށާ ސައުދީއަރަބިޔާގައި ރަނގަޅު ކޭމްޕެއް ފުރިހަމަކުރުމަށްފަހު އެނބުރި އައިތާ އަދި ހަފްތާއެއް ނުވެއެވެ. މެޗުގެ ފުރަތަމަ އެގާރައިގަ މާޒިޔާގެ ކުޅުންތެރިން ހިމެނުނު ނަމަވެސް ބަދަލުގެ ގޮތުގައި އެހެން ކުޅުންތެރިން ނިކުތެވެ. އޭގެތެރޭގައި މާޒިޔާއިން އީގަލްސްއަށް ބަދަލުވެފައިވާ އިބްރާހީމް މަހުދީއާއި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ހިމެނެއެވެ.

ލ.ގަން ޒޯން ސްޓޭޑިއަމްގައި ކުޅުނު މިމެޗަކީ މާލެއާއި އައްޑޫ ސިޓީގެ އިތުރުން ރަށެއްގައި ކުޅުނު ފުރަތަމަ ބައިނަލްއަޤްވާމީ މެޗެވެ. ލ.ގަން ޒޯން ސްޓޭޑިއަމްއަކީ މިސަރުކާރުން 2020 ވަނަ އަހަރު ނިންމި ސްޓޭޑިއަމްއެކެވެ. އެސްޓޭޑިއަމްގައި މެޗު ކުޅެން އެފްއޭއެމްއިން ނިންމީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އެދިވަޑައިގަތުމުގެ މަތިންނެވެ. މީގެކުރިން މިނިސްޓަރ ވަނީ އެސްޓޭޑިއަމްގައި އިންޓަރނޭޝަނަލް މެޗުތައް ކުޅޭނެކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު