Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުން ބާރުވެރިކުރުވުން

އަންހެން ފަނޑިޔާރުންގެ އަދަދު ދެގުނަ އިތުރުވުމަކީ ބާރުވެރިކުރުވުމަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް: ސްޓޭޓް މިނިސްޓަރު ޒިފްލީނާ

21 މާރިޗު 2023 | އަންގާރަ 06:50

ޝަރުއީ ނިޒާމުގެ ހުރިހާ ފަންތިއެއްގައި އަންހެނުން ޝާމިލްވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2023 | އަންގާރަ 06:50
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ވާހަކަދައްކަވަނީ

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ވާހަކަދައްކަވަނީ

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަންހެން ފަނޑިޔާރުގެ އަދަދު ދެގުނަކޮށްފައިވާ ކަމަށާއި، މިއީ އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޖަލްސާގައި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ވިދާޅުވީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އެކުލަވާލުމުގެ އެންމެފަހުގެ މަރުހަލާގެ ލަނޑުދަނޑިތައް ކަނޑައެޅިއިރު ރާއްޖޭގައި އަންހެން ފަނޑިޔާރުންގެ ނިސްބަތަކީ 09 އިންސައްތަ ކަމަށާއި، ފަސް އަހަރުގެ ތެރޭގައި 15 އިންސައްތަ އަށް އިތުރު ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަންހެން ފަނޑިޔާރުގެ އަދަދު ދެގުނަވެފައިވާކަން ފާހަގަކުރައްވައި ޒިފްލީނާ ވިދާޅުވީ މިހާރު އަންހެން 24 ފަނޑިޔާރުންނާއެކު އަންހެން ފަނޑިޔާރުންގެ އިންސައްތަ ވަނީ 14 އިންސައްތަައަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ ހުރިހާ ފަންތިއެއްގައި އަންހެނުން ޝާމިލްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވިޔަފާރީގެ ދާއިރާއަށް އިޝާރާތް ކުރައްވައި ޒިފްލީނާ ވިދާޅުވީ އިގްތިސާދީ ގޮތުން އަންހެނުންނަކީ ފުދުންތެރި އަދި ބާރުވެރި ބައެއް ކަމަށްވުމަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއެރުން ހޯދައިދިނުމަށް މާލީ ވަސީލަތްތައް ހޯދުމަށް މަގުފަހިކޮށްދިނުން މުހިންމު ކަމަށް ޒިފްލީނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންހެނުން ވަޒީފާއަށް ނެރުމަށް ވަކި ދާއިރާއަކަށް ލިމިޓް ނުކޮށް ވަޒީފާ އަދާ ކުރުމަށް ބޭނުންވާ ހުނަރުތަކާއި ތަމްރީން ފޯރުކޮށްދީ ވަޒީފާގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހަދަންޖެހޭ ކަމަށެވެ.

ޒިފްލީނާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ތަންފީޒު ކުރެވޭ ސިޔާސަތުތަކުން ވަޒީފާގެ މައިދާނަށް ނުކުންނަ އަދި ދެމިތިބޭ އަންހެނުން އިތުރުވެގެންދާނެ ކަމަށެވެ. ރާއްޖޭގެ ފަދަ ޖަޒީރާވަންތަ ގައުމެއްގައި ޓެކްނޮލޮޖީ އަދި އިނޮވޭޝަން މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަހިވެގެން ދިއުމަކީ ކުރީގައި ހުރި ފަރަގުތައް ކުޑަ ކުރުމަށް ލިބޭ އިންގިލާބީ ފުރުސަތެއް ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.

އެގޮތުން އޮންލައިން ފްލެޓް ފޯމްތަކާއި ޕޯޓަލްތަކުން ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ ހާސިލް ކުރުމުގައި ހުރި ފަރަގުތައް ކުޑަ ކުރެވިފައިވާ ކަމަށާއި، ޑިޖިޓަލް ފައިނޭންސް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގެ ސަބަބުން މާލީ ވަސީލަތްތައް ހޯދުމަށާއި، ވިޔަފާރި ކުރިއެރުވުމަށް ގިނަ ދޮރުތަކެއް ހުޅުވިފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ. އަދި އޮންލައިން ވިޔަފާރިއާ މީސްމީޑިއާގެ މަގުބޫލުކަމާއެކު އަންހެނުންނަށް ގިނަގުނަ އިގްތިސާދީ ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

2

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

3

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

4

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

5

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
15 މާރިޗު 2017

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް