Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީ

ހުޅުމާލޭގެ ޕާކިންގ ސިސްޓަމްތައް ބަލަހައްޓާނެ ބަޔަކު ހޯދަނީ

6 ޕާކިންގ ސިސްޓަމެއް އޮޕަރޭޓް ކުރަން ވަނީ ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 02:09
ހުޅުމާލޭގައި ހުރި ޕާކިންގ ސިސްޓަމެއް

ހުޅުމާލޭގައި ހުރި ޕާކިންގ ސިސްޓަމެއް

ހުޅުމާލޭގައި ހުރި ބައެއް މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މަރާމާތުކުރުމަށް ފަހު، އެ ތަންތަން އޮޕަރޭޓް ކުރާނެ ބަޔަކު ހޯދުމަށް ހައުސިންގ ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ހަ މެކޭނިކަލް ޕާކިންގ ސިސްޓަމެއް އޮޕްރޭޓް ކުރުމަށް ވަނީ ހަމަޖެހިފައެެވެ. އެހެންކަމުން އެ ތަންތަން އޮޕަރޭޓްކޮށް، ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނެފައިވާ ގޮތުގައި އޮޕަރޭޓް ކުރަން ފަށަން ނިންމާފައިވަނީ ނިރޮޅު މަގުގައި ހުރި ދެ ޕާކިންގ ސިސްޓަމާއި ކަނީރުމަގުގައި ހުރި ޕާކިންގ ސިސްޓަމާއި ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިންގ ސިސްޓަމެވެ.

މި ހަ ޕާކިންގ ސިސްޓަމަކީ ޖުމްލަ 166 ކާރަށް ޕާކް ކުރެވޭ ޖާގައިގެ ޕާކިންގ ސިސްޓަމްތަކެކެވެ. މި ޕާކިންގ ސިސްޓަމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު ޒޫމް މީޓިންއެއް ބާއްވާނެއެވެ. އަދި މި މަހު 23ގެ ނިޔަލަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕާކިންގ ސިސްޓަމްތައް ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މި މަހު 27 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެއެވެ.

ހުޅުމާލޭގައި ހަދާފައިވާ ޕާކިންގ ސިސްޓަމްތައް ބޭނުން ކުރަން ފަށަން އެޗްޑީސީން ނިންމާފައިވާއިރު ހުޅުމާލޭގެ އާބާދީ ބޮޑުވެ، އެތަނުގައި ޕާކިންގގެ ދަތިކަން ހުންނަކަން މީގެ ކުރިން ވެސް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް ކާރު ޕާކު ކުރާނެ ޖާގަތައް މަދުކަން ފާހާގަކޮށްފައިވާއިރު މި ޕާކިންގ ސިސްޓަމްތައް އޮޕަރޭޓު ކުރަން ފެށުމުން އެކަމަށް ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު