Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުމުރުން 92 އަހަރުގައި ފަސްވަނަ ކައިވެނި

އުމުރުން 92 އަހަރުގައި ރުޕަރޓް މަރޑޮކް ފަސްވަނަ ކައިވެންޏެއް ކުރަނީ

ރުޕަރޓް މަރޑޮކަކީ އެމެރިކާގައި 31 ވަނައަށް އެންމެ މުއްސަނދި މީހާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 20 މާރިޗު 2023 | ހޯމަ 19:46
ރުޕަރޓް މަރޑޮކް

ރުޕަރޓް މަރޑޮކް

މީޑިއާ ޓައިކޫން، އުމުރުން 92 އަހަރުގެ ބިލިއަނަރު ރުޕަރޓް މަރޑޮކް، ފަސްވަނަ ކައިވެންޏެއް ކުރުމަށް އެންގޭޖްވެ، އެކަން އިއުލާންކޮށްފިއެވެ.

ރުޕަރޓް މަރޑޮކައި އޭނާގެ ލޯބިވެރިޔާ، ކުރިން ޕޮލިސް ޗެޕްލެއިނަކަށްއުޅުނު، އުމުރުން 66 އަހަރުގެ އޭން ލެސްލީ ސްމިތު ބައްދަލުވެފައިވަނީ މަރޑޮކްގެ ކެލިފޯނިޔާ ވައިންޔާޑްގައި އޮތް އިވެންޓެއްގައެވެ.

ދެމީހުން އެންގޭޖްވީކަން އިއުލާންކުރަމުން މަރޑޮކްގެ އަމިއްލަ ޕަބްލިކޭޝަނެއް ކަމަށްވާ ނިއުޔޯކް ޕޯސްޓަށް ބުނީ، އޭނާ ހުރީ އިތުރު ފަހަރަކު ލޯބިވުމަށް އިންތިޒާރުކޮށްގެން ނޫންކަމަށާއި ނަމަވެސް އެކަން ވެއްޖެކަމަށެވެ. އަދި މިއީ އެންމެ ފަހު ފަހަރުކަމަށާއި އޭނާ ހުރީ އުފަލުން ކަމަށްވެސް ބުނެފައިވެއެވެ.

މަރޑޮކާއި އޭނާގެ ހަތަރުވަނަ އަނބިމީހާ ޖެރީ ހޯލް ވަކިވެފައިވަނީ މިދިޔަ އަހަރުއެވެ.

މަރޑޮކްގެ މިހާރުގެ ލޯބިވެރިޔާ އޭން ލެސްލީ ސްމިތުގެ ކުރީގެ ފިރިމީހާ، ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ރޭޑިއޯއާއި ޓީވީ އެގްޒެކެޓިވް، ޗެސްޓަރ ސްމިތު ވަނީ މީގެ 14 އަހަރު ކުރިން މަރުވެފައެވެ. ލެސްލީ ބުނިގޮތުގައި މަރޑޮކާއި އޭނާގެ ގުޅުމަކީ ކަލާނގެ މެދުވެރިކުރެއްވި ނިއުމަތެކެވެ. މަރޑޮކެކޭ އެއްގޮތަށް އޭނާގެ މަރުވި ފިރިމީހާއަކީވެސް ބިޒްނަސްގެ ދުނިޔޭގައި އުޅުނު މީހެއް ކަމުން، އެ ދުނިޔެއަށް ލެސްލީއަށްވެސް ވަދެވި، މަރޑޮކާ ޚިޔާލު އެއްގޮތްކަމަށް އޭނާ ބުނެފައި ވެއެވެ.

ލެސްލީގެ ވާހަކައަށް އިތުރުކޮށްލަމުން މަރޑޮކް ބުނެފައިވަނީ، ހަޔާތުގެ ދެވަނަބައި އެކުގައި ހޭދަކުރުމަށް ދެމީހުންވެސް މިހާރު އިންތިޒާރު ކުރަމުން ދާކަމުގައެވެ.

ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ހޫނު މޫސުމުގެ ފަހުކޮޅުގައެވެ. އަދި އެއަށްފަހު އެދެމަފިރިން އުޅޭނީ ކެލިފޯނިޔާ، ނިއުޔޯރކް، އިނގިރޭސި ވިލާތް އަދި މޮންޓާނާގައެވެ.

21.7 ބިލިއަން ޑޮލަރުގެ އަގުހުރި މިލްކިއްޔާތުގެ ވެރި ރުޕަރޓް މަރޑޮކަކީ އެމެރިކާގައި 31 ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާއަށް ކުރީގެ ތިން ކައިވެންޏަކަށް 6 ދަރިން ލިބިފައިވެއެވެ.

މަރޑޮކްގެ ކައިވެނިކުރި މީހުންގެ ތެރޭގައި، އޮސްޓްރޭލިޔާގެ ފްލައިޓް އެޓެންޑަންޓް ޕެޓްރީޝިއާ ބުކަރ، ސްކޮޓްލަންޑް އުފަން ޖަރނަލިސްޓް އެނާ މޭން، އަދި ޗައިނާ އުފަން ވިޔަފާރިވެރިޔާ ވެންޑީ ޑެންގ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑޮން ވިލިއަމް އުމުރުން 78 އަހަރުގައި މަރުވެއްޖެ

 ޑޮން ވިލިއަމް އުމުރުން 78 އަހަރުގައި މަރުވެއްޖެ

10 ސެޕްޓެމްބަރު 2017
އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

އުމުރުން 91 އަހަރުގެ އަންހެނަކު ބެޗްލަރސް ޑިގްރީ ހާސިލް ކޮށްފި

13 އޯގަސްޓު 2017
ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ

ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ

23 ޖުލައި 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު