Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާންގެ ބޮޑުވަޒީރު އިންޑިޔާއަށް ވަޑައިގެންނެވުން

ޖަޕާނުގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފި

20 މާރިޗު 2023 | ހޯމަ 12:05

ޖަޕާނުން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިޔާގެ ތަރައްގީއަށް 5 ޓްރިލިއަން ޔެން އިންވެސްޓް ކުރާނެ ކަމަށް ކިޝީޑާ ކުރިން ވިދާޅުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 މާރިޗު 2023 | ހޯމަ 12:05
އިންޑިޔާގެ ބޮޑުވަޒީރު (ކ) އާއި ޖަޕާނުގެ ބޮޑުވަޒީރު

އިންޑިޔާގެ ބޮޑުވަޒީރު (ކ) އާއި ޖަޕާނުގެ ބޮޑުވަޒީރު

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ހޯމަ ދުވަހު ވެރިރަށް ނިއުޑެލްހީއަށް ވަޑައިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ހައިދަރުއާބާދު ހައުސްގައި, ގިނަ މައްސަލަތަކަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން އިންޑިޔާ-ޖަޕާން ގްލޯބަލް ސްޓްރެޓީޖިކް ޕާޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމަކީ ހަމަޖެހޭ އަދި ތަނަވަސްކަން އިތުރުވެފައިވާ އިންޑޯ ޕެސިފިކް ސަރަހައްދަކަށް މުހިންމު ކަމެއް ކަމުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.

ބައިލެޓަރލް ވާހަކަފުޅުތަކަށްފަހު ދެބޭފުޅުން މީޑިޔާއާ ބައްދަލުކުރައްވައި ނަރެންދުރަ މޯދީ ވިދާޅުވީ، "ޖީ-20"ގެ ރިޔާސަތު އިންޑިޔާއިން ބަލަހައްޓަމުންދާ މިދަނޑިވަޅުގައި "ޖީ-7 ގްރޫޕް" ގެ ރިޔާސަތު ޖަޕާނުން ބަލަހައްޓަން ދިމާވެފައިވުމުން، މިއީ ދެފަރާތް ގުޅިގެން ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ލިބުނު ފުރުސަތެއް ކަމުގައެވެ. އަދި މޭމަހު ހީރޯޝީމާގައި އޮންނަ ޖީ-ހަތެއް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ކިޝީޑާ ދައުވަތު ދެއްވާފައިވާކަމަށާއި، "ޖީ-20"ން އިސްކަން ދޭން ބޭނުން ކަންކަން ކިޝީޑާ އަރިހުގައި ވިދާޅުވިކަމަށް މޯދީ ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރުމަހު އޮންނަ ޖީ ޓުވެންޓީ ލީޑަރުންގެ ސަމިޓަށް ކިޝީޑާ އިންޑިޔާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިޔާ-ޖަޕާން ގުޅުންތައް ބިނާވެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމާއެކު ޑިމޮކްރެޓިކް އުސޫލްތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ކިޝީޑާގެ ވާހަކަފުޅުގައި ވިދާޅުވީ، އިންޑިޔާގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން ބައިވެރިވާނެ ކަމަށާއި، އެކަމުން ދެގައުމަށްވެސް ފައިދާ ކުރާނެ ކަމުގައެވެ.

މިދިޔަ އަހަރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ކިޝީޑާ ވަނީ، ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖަޕާނުން 5 ޓްރިލިއަން ޔެން، ނުވަތަ 3،20،000 ކްރޯޑް އިންޑިޔާ ރުޕީސް އިންޑިޔާގެ ތަރައްގީއަށް އިންވެސްޓްކުރާނެ ކަމަށް ވިދާޅުވެފައެވެ.      

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
14 މާރިޗު 2017

ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް

14 މާރިޗު 2017
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް