Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާހެފުން

ހަނގުރާމައާއި އިޤްތިޞާދީ ހީނަރުކަމަށް ނުސިހުނު ސޫރިޔާގެ "މާހެފުން"

ކުރީ އަހަރުތަކުގެ މާހެފުންތަކުން ފެނުނު ގްރިލް ކުރި އެއްގަމުގެ މަހުގެ ބާވަތްތަކުގެ ބަދަލުގައި، މި ފަހަރު ހުރީ އާދައިގެ ބާވަތްތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 20 މާރިޗު 2023 | ހޯމަ 05:34
ހަނގުރާމައާއި އިޤްތިޞާދީ ހީނަރުކަމަށް ނުސިހުނު ސޫރިޔާގެ "މާހެފުން"

ހަނގުރާމައާއި އިޤްތިޞާދީ ހީނަރުކަމަށް ނުސިހުނު ސޫރިޔާގެ "މާހެފުން"

ބައެއް ކަހަލަ އާދަކާދައަކީ ދިރިއުޅުމުގައި ކިތަންމެ ބޮޑު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައި ވީ ނަމަވެސް ބަދަލެއް ނާންނަ އާދަކާދަތަކެކެވެ. މި މޭރުމުން ފާހަގަކޮށްލެވޭ އެއް ކަމަކީ، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް، ޝަޢުބާން މަހުގެ ފަހު ހަފުތާގައި ސޫރިޔާގައި ކުރިއަށް ގެންދާ "މާހެފުމެވެ." އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވީ ނަމަވެސް، 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިއުމުގެ ގޮތުން، ސޫރިޔާގެ ވެރިރަށް ދިމިޝްކުގެ ރަށްވެހިން ވަނީ މާހެފުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް، މި ފަހަރުގެ މާހެފުމުގެ ސުފުރާ މަތި، އެހެން އަހަރުތަކާ ތަފާތެވެ. އިޤްތިޞާދީ ހީނަރުކަމުގެ އަސަރު، ސުފުރާ މަތިންވެސް ހުރީ ފެންނާށެވެ. ކުރީ އަހަރުތަކުގެ މާހެފުންތަކުން ފެނުނު ގްރިލް ކުރި އެއްގަމުގެ މަހުގެ ބާވަތްތަކުގެ ބަދަލުގައި، މި ފަހަރު ހުރީ މީސްމީހުންގެ ގެތަކުގައި ތައްޔާރުކޮށްފައި ހުރި އާދައިގެ ބާވަތްތަކެކެވެ. މާހެފުމުގެ ބައިވެރިއެއް ކަމަށްވާ ހަނާ ފަވާޒް ބުނި ގޮތުގައި، މިއީ ކެއުމަކަށްވުރެ ބޮޑަށް، އެންމެން އެއްތަންވެލުމާ ގުޅިފައިވާ ހަރަކާތެކެވެ.

ދިމިޝްކުގައި އަމިއްލަ ޕާކެއް ހިންގާ ޣައްސާން މުޣްރަބީޢީ ބުނި ގޮތުގައި މި ފަހަރުގެ މާހެފުމަށް އަންނަ މީހުން ގެންނަނީ އާދައިގެ ކާބޯތަކެއްޗެވެ. ގްރިލް ކުރި އެއްގަމު މަސް ކެއުމުގެ ނަސީބު މި ފަހަރު ލިބިފައި އޮތީ އެންމެ 5 ޕަސެންޓެއްހާ މީހުންނަށް ކަންވެސް އޭނާ ފާހަގަ ކުރިއެވެ.

މުޣްރަބީޢީގެ ޕާކުގައި މާހަފަން ބޭނުން ފަރާތްތަކުން، ކޮންމެ ސީޓަކަށް 2550 ލީރާ ނުވަތަ 0.34 ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ. އަދި އެމީހަކު ބޭނުން ކާއެއްޗެއް، އެމީހަކު އަމިއްލަ ގެނައުމުގެ އިޚްތިޔާރުވެސް އޮވެއެވެ.

ސޫރިޔާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިޤްތިޞާދީ ހީނަރު ކަމަކީ ތަފާތު އެކި ސަބަބުތަކާ ހެދި އެ ޤައުމަށް ކުރިމަތިލާން ޖެހިފައި ވާ ހީނަރުކަމެކެވެ. އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައާ، ހުޅަނގުގެ ޤައުމުތަކުން ސޫރިޔާއާ ދެކޮޅަށް އަޅާފައި ވާ ދަތިކުރުމުގެ ފިޔަވަޅުތަކާ، ސޫރިޔާގެ ފައިސާގެ އަގު ދަށަށް ދިއުމާ، ސޫރިޔާގައި ތެލުގެ އުފެއްދުންތެރި ކަމުގެ މަސައްކަތް ފުޅާވެފައި އޮތް އުތުރުގެ ސަރަޙައްދުތަކުގެ ކޮންޓްރޯލް އެޤައުމުގެ ސަރުކާރަށް ގެއްލުން ފަދަ އެތައް ކަމެއްގެ ސަބަބުން، ކޮންމެ އަހަރަކުވެސް އެތައް މިލިއަން ބަޔަކު ދަނީ އިންތިހާ ފަޤީރު ކަމުގެ ތެރެއަށް ވެއްޓެމުންނެވެ.

ސޫރިޔާގެ ދަޢުލަތަށް ލިބޭ އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވަނީ ސަބްސިޑީޒް ކަނޑާލުމަށް މަޖުބޫރުވެފައެވެ. އެކަމުގެ އަސަރުވެސް ސީދާ ގޮތުން ފޯރަނީ އާންމު ރައްޔިތުންނަށެވެ. ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، ސޫރިޔާގެ ސަރުކާރަށްވެސް ވަނީ އެ ޤައުމަށް އެތެރެ ކުރާ ހަކަތައަށް ފައިސާ ދެއްކުމުގައި ތަކުލީފުތައް އުފުލަން ޖެހިފައެވެ.

ރަމަޟާން މަހާ ދިމާކޮށް ދިމިޝްކުގައި ކުރިއަށް ގެންދާ "ތަކްރިޒާ" ނުވަތަ މާހެފުމުގެ ޘަޤާފަތް ދެމެހެއްޓުމަށްޓަކާ، "ޑަމަސީން ހައުސް" ބޭންޑުން ވަނީ މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޘަޤާފީ ނެށުންތަކާ، ވާހަކައާއި ޅެން ކިއުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާ އިރު، މި ފަހަރުގެ މާހެފުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް

ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް

17 ޖެނުއަރީ 2023
32 ޓީމު ބައިވެރިވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ސޫރިޔާގެ ރެފިއުޖީ ކޭމްޕުގައި!

32 ޓީމު ބައިވެރިވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ސޫރިޔާގެ ރެފިއުޖީ ކޭމްޕުގައި!

22 ނޮވެމްބަރު 2022
ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

07 ނޮވެމްބަރު 2022
ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!

ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!

09 އޮކްޓޯބަރު 2022
ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

04 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު