Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އޮޅުވާލައިގެން އުޅުނު މީހަކު ހައްޔަރު ކުރުން

ބޮޑުވަޒީރު އޮފީހުގެ އޮފިޝަލަކަށް ހެދިގެން އުޅުނު މީހަކު ޖަންމޫ ކަޝްމީރުގެ ފުލުހުން ހައްޔަރުކޮށްފި

އޭނާ ވަނީ މީގެ ކުރިންވެސް 3 ފަހަރެއްގެ މަތިން މިފަދަ ޖަރީމާތައް ހިންގާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 19 މާރިޗު 2023 | އާދީއްތަ 17:50
ކިރަން ޕަޓޭލް - އޮޅުވާލައިގެން ވީއައިޕީ ޚިދުމަތް ހޯދި

ކިރަން ޕަޓޭލް - އޮޅުވާލައިގެން ވީއައިޕީ ޚިދުމަތް ހޯދި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް، ސަރުކާރުގެ ޚާއްޞަ އޮފިޝަލަކަށް ހެދިގެން އުޅުނު އިންޑިޔާގެ ރައްޔިތަކު، ޖަންމޫ ކަޝްމީރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ގުޖްރާތަށް ނިސްބަތްވާ ކިރަން ޕަޓޭލް ނަމަކަށް ކިޔާ މި މީހާ ވަނީ، ޖަންމޫ އެންޑް ކަޝްމީރަށް ކުރި ތިން ދަތުރެއްގައިވެސް އޮޅުވާލައިގެން މައުލޫމާތު ދީ، ވީއައިޕީ ޚިދުމަތާއި އަދި އެންމެ މަތީ ސެކިއުރިޓީ ހޯދާފައެވެ. މިގޮތުން ވަޒަން ނާރާ އެސްޔޫވީއެއް އޭނާގެ ދަތުރުތަކަށް ޚާއްޞަކުރެވުނު ކަމަށް ވެއެވެ.

މި ދަތުރުތަކުގައި އޭނާ ވަނީ ބޮޑުވަޒީރު މޯދީ އޮފީހުގެ އިސް އޮފިޝަލަކަށް ވެގެން ޔޫނިއަން ޓެރިޓަރީގެ އިސް އޮފިޝަލުންނާއެކު އެކި ބައްދަލުވުންތައް ވެސް ބާއްވާފައެވެ.

ޕަޓޭލް ބުނެފައިވާގޮތުގައި ބޮޑުވަޒީރު މޯދީ އޭނާ ޖަންމޫ އެންޑް ކަޝްމީރަށް ފޮނުއްވީ ދެކުނު ކަޝްމީރުގައިވާ އާފަލު ދަނޑުތައް ގަންނާނެ ބަޔަކު ހޯދުމަށެވެ. ޢޭގެ ކުރިން ޓުއަރިސްޓުންގެ މަގުބޫލު ހިސާބެއްކަމަށްވާ ގުލްމާގަށްވެސް ގޮސް އެތަނުގެ ހޮޓާތަކުގެ ހާލަތު ބަލަން އެންގެވިކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ. އައިއޭއެސް އޮފިސަރުންނަށް ދޮގުހަދައި، ޑެލްހީ ސަރުކާރުގެ އެންމެ މަތީ ވެރިންގެ ނަންފުޅުތައް ބޭނުންކުރަމުން ދިޔަނަމަވެސް، ޖަންމޫ ކަޝްމީރު ފުލުހުންނަށް ޝައްކުވި ހިސާބުން ވަނީ އޭނާގެ އަސްލު އޮޅުންފިލުވުމަށްފަހު އޭނާ ހައްޔަރުކޮށްފައެވެ. އަދި އޮޅުވާލުމާއި ފޯޖަރީގެ ކުށުގައި ދައުވާކުރަން ވަނީ ފޮނުވާފައެވެ. އޭނާ ހައްޔަރުކޮށް، އުޅޭ ތަން ބަލައި ފާސްކުރިއިރު ދިހަވަރަކަށް ފޭކް ވިޒިޓިންގ ކާޑާއި 2 މޯބައިލް ފޯނު ފެނިފައިވާކަމަށް ވެއެވެ.

ފަހުން އޭނާގެ އަންހެނުން މާލިނީ ޕަޓޭލް ބުނެފައިވާގޮތުގައި އޭނާގެ ފިރިމީހާއަކީ އިންޖިނޭރެކެވެ. އޭނާ އެތަނަށް ދިޔައީ އިންޖިނޭރެއްގެ ހައިސިއްޔަތުން ތަރައްގީގެ މަޝްރޫއުތަކެއް ސުޕަރވައިޒް ކުރާށެވެ. އަދި އޭނާ އެފަދަ އެއްވެސް ގޯސް ކަމެއް ނުކުރާނެ ކަމަށާއި، އެމީހުންގެ ގާނޫނީ ވަކީލު މައްސަލަ ބަލަމުންދާކަމަށް އޭނާގެ އަންހެނުން ބުނެފައި ވެއެވެ.

ކިރަން ޕަޓޭލަކީ މީގެ ކުރިންވެސް ހަމަ މިފަދަ އޮޅުވާލުމާއި ފޯޖަރީގެ ތިން މައްސަލައެއްގައި، ތަފާތު ތިން ސްޓޭޓަކުން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ މީހެއް ކަމަށް ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަ ޕެރިސް ދޮގުކޮށްފި

އަމިއްލަ އަށް މަރުވާން އުޅުނު ކަމަށް ދެކެވޭ ވާހަކަ ޕެރިސް ދޮގުކޮށްފި

17 މާރިޗު 2019
200 ކްރޯޑާއި އެކު އުރީ ބޮކްސް އޮފީހުގެ ތާރީހުގެ ތެރެއަށް

200 ކްރޯޑާއި އެކު އުރީ ބޮކްސް އޮފީހުގެ ތާރީހުގެ ތެރެއަށް

08 ފެބުރުއަރީ 2019
ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!

ނޭހާ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެއިންކަން ހާމަނުކޮށް އުޅުނު ސަބަބަކީ މިއީ!

21 ސެޕްޓެމްބަރު 2018
ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް، ސީޒަން 15: ކްލޯއީއާއި ކައިލީ ބަލިވެ އުޅުނު އިރާއި ކޯޓްނީ އާއިލާއިން ވަކިވާން ބޭނުންވާ ވާހަކަ!

ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް، ސީޒަން 15: ކްލޯއީއާއި ކައިލީ ބަލިވެ އުޅުނު އިރާއި ކޯޓްނީ އާއިލާއިން ވަކިވާން ބޭނުންވާ ވާހަކަ!

04 ޖުލައި 2018
19 ވަނަ ގަރުނުގައި އުޅުނު އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

19 ވަނަ ގަރުނުގައި އުޅުނު އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

23 އެޕްރީލު 2018

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު