Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޯދަމަހަށް ތައްޔާރުވުން

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގެ ރައްޔިތުންނަށް ތަފާތު ރޯދަމަހެއް

19 މާރިޗު 2023 | އާދީއްތަ 14:32

މި ފަހަރުގެ ތައްޔާރީތަކަށް ހިސާބެއްގެ ފަނޑުކަމެއް އައިސްފައި ވާ ކަން ފާހަގަ ކުރެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 މާރިޗު 2023 | އާދީއްތަ 14:32
މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގެ ރައްޔިތުންނަށް ތަފާތު ރޯދަމަހެއް

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގެ ރައްޔިތުންނަށް ތަފާތު ރޯދަމަހެއް

ކޮންމެ އަހަރަކުވެސް މުޅި އިސްލާމީ ޢުއްމަތާ ބައްދަލު ކުރާ އެންމެ މާތް މައްސަރު ކަމުގައި ވާ، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ކޮންމެ މީހަކުވެސް، އެމީހަކަށް ވެވުނު ގޮތަކުން އެންމެ ފުރިހަމައަށް ތައްޔާރުވެއެވެ. ދީނީ އަޅުކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ހާއްސަ އިސްކަމެއް ދެއެވެ. އަދި ރަމަޟާން މަހު، ދިރިއުޅުމުގެ އާދަކާދައަށް އަންނަ ބޮޑު ބަދަލަށް ތައްޔާރުވުމުގެ ގޮތުންވެސް ގިނަ ކަންތައްތަކެއް ކުރެއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ކަންކަން، މުޅި ދުނިޔޭގެ ނިސްބަތުންވެސް މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމުގައި ވާ އިންޑޮނޭޝިއާގައިވެސް ދަނީ ކުރިއަށެވެ. ނަމަވެސް، މި ފަހަރުގެ ތައްޔާރީތަކަށް ހިސާބެއްގެ ފަނޑުކަމެއް އައިސްފައި ވާ ކަން ފާހަގަ ކުރެވެއެވެ.

ރަމަޟާން މަހާ ދިމާކޮށް އާ ހެދުމާއި ކާބޯތަކެތި ގަތުމަކީ އިންޑޮނޭޝިއާ މީހުން އާންމު ގޮތެއްގައި ކޮށް އުޅޭ ކަމެކެވެ. ނަމަވެސް، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުމާ ގުޅިގެމް، ރަމަޟާން މަހާއި ފިޠުރު ޢީދުގެ ތައްޔާރީތަކަށް ހިސާބަކަށް ނޭދެވޭ އަސަރުތައް ވަނީ ފޯރާފައެވެ.

އިންޑޮނޭޝިއާގެ މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މަރޗް މަހު، އިންޑޮނޭޝިއާގެ ކޮންޒިއުމަރ ޕްރައިޒް އިންޑެކްސް (ސީޕީއައި) ވަނީ 5.47 ޕަސެންޓަށް އަރާފައެވެ. މިދިޔަ އަހަރުގެ މަރޗް މަހު ސީޕީއައި ހުރީ 2.64 ޕަސެންޓްގައެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ފެނިގެންދާ އެއް ސަރަޙައްދަކީ ޖަކާޓާގެ ބާޒާރުތަކެވެ. ރަމަޟާން މަހާ ދިމާކޮށް ވީ އެންމެ ހެޔޮ އަގެއްގައި ކަނޑުމަހާއި އެއްގަމު މަހުގެ އިތުރުން ތަރުކާރީގެ ބާވަތްތައް ގަތުމަށް ގިނަ ބަޔަކު ފާރަވެރިވެ ތިބިއިރު، އުފުލެމުންދާ އަގުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރަނީވެސް އެމީހުންނަށެވެ.

ގެވެހި އަތްނބެއް ކަމަށް ވާ ޓިޓިން ބުނި ގޮތުގައި މީގެ ކުރިން 2 ދުވަހަށް ވާ ވަރަށް އެއް ފަހަރާ، ކާބޯތަކެތި ތައްޔާރު ކުރި ކަމުގައި ވީ ނަމަވެސް، މި އަހަރުގެ ރަމަޟާން މަހު އޮތީ އެދުވަހަކާ އެދުވަހެކެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް، އިންޑޮނޭޝިއާގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމަކީ އާންމު ކަމެކެވެ. ނަމަވެސް މިދިޔަ އަހަރު ކުރިމަތިވި ސާފު ނުކުރާ ޕާމް އޮއިލް ސަޕްލައިގެ ހީނަރުކަމާއެކު، ކައްކަން ބޭނުން ކުރާ ތެލުގެ އަގުތައް އުފުލި، ބާޒާރުގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި އަހަރު ކާބޯތަކެތީގެ އަގުތަކަށް އައި ބަދަލުތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި އަގުތައް އުފުލިފައި ވަނީ ހަނޑުލާ، ކައްކަން ބޭނުން ކުރާ ތެލުގެ ބާވަތްތަކުންނެވެ. ގިނަ ޕްރޮވިންސްތަކުގައި، މިދިޔަ މަހުން ފެށިގެން އަގުތައް އުފުލެން ފަށާފައި ވާ އިރު، ޑިމާންޑް އިތުރުވަމުން ދާ ވަރަކަށް، ކުރިއަށް އޮތް ހަފުތާތަކުގައި އަދިވެސް އިތުރަށް އަގުތައް އުފުލިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް، އިންޑޮނޭޝިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް ނަމަވެސް، މިދިޔަ ދެތިން އަހަރަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ފުރަބަންދުތަކާއި ކަރަންޓީނުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުނު އަހަރުތަކަށް ވެފައި، މި އަހަރުގެ ރަމަޟާން މަހަކީ، ބަލިމަޑުކަމުން ހިސާބަކަށް މިންޖުވެވި، އިހުގެ ދިރިއުޅުމަށް މުޅިންހެން ވާސިލުވެވިފައި ވާ ދުވަސްވަރެއް ކަމުން، ބާޒާރު ކުރުމަށް ބައެއް މީހުންގެ ހިތުގައި އުފެދިފައި އޮތް ރޫޙަށް ބަދަލެއް ނާދެއެވެ.

ދާދި ފަހުން އިންޑޮނޭޝިއާއިން ފެންމަތިވި ޓެކުހަށް މަކަރު ހެދުމުގެ ޖަރީމާގެ ރިޕޯޓްތަކަށް ބަލާއިރު، އެ ޤައުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ އޮފިޝަލުންގެ ޢާއިލާތަކާއި އާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރުގައި ހުރި ފަރަޤު ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. ހުކުރު ނަމާދުން ފައިބައިގެން ދިޔަ އަންވަރު ސާއިންގެ ދުޢާއަކަށްވީ، އިންޑޮނޭޝިއާގެ ލީޑަރުންނަށް ހެޔޮ ވިސްނުން ލިބުމެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ހަނަފަސްކަމާއެކު ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް ހީނަރުކަން ކުރިމަތިވުމާއި، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ މިދަނޑިވަޅުގައި މުސްލިމުންނާ ބައްދަލުކުރާ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިޖުތިމާޢީ އެހީގެ ގޮތުގައި ހަނޑު، ބިސް އަދި ކުކުޅު، އިންޑޮނޭޝިއާގެ ސަރުކާރުގެ ފަރާތުން ބަހަމުން ދާނެ ކަމަށް، އެ ޤައުމުގެ ޗީފް އިކޮނިމިކް މިނިސްޓަރ އެއަރްލަންގާ ހަރްޓާރްޓޯ ވަނީ ހާމަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް