Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުގެ ދިރާސާ

ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓު އާންމުކުރަނީ

މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އެނގިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 މާރިޗު 2023 | އާދީއްތަ 07:13
ނޫރާއްޖެ އޯޝަން ސަރވޭގެ މަސައްކަތުގެ ތެރެއިން

ނޫރާއްޖެ އޯޝަން ސަރވޭގެ މަސައްކަތުގެ ތެރެއިން

ނޫރާއްޖެއިން ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ރިޕޯޓު އާންމުކޮށްފިއެވެ.

މުޅި ރާއްޖެ އެކުލެވޭ ގޮތަށް ހަދާފައިވާ ސާރވޭއާއެކު 25,000 ދިވެހިން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާ ގޮތް އިނގިގެންދާނެއެވެ. ނޫރާއްޖޭގެ ޓީމުން ވަނީ ސާރވޭގެ ހޯދުންތައް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ބޭއްވުނު ސެޝަންއެއްގައި ހިއްސާކޮށްފައެވެ. މީގެ އިތުރުން ނޫރާއްޖެއިން ވަނީ ރަސްދޫގައި ކޮމިއުނިޓީ އިވެންޓެއް ބާއްވާ ސާރވޭގެ ރިޕޯޓު ނިމުން ފާހަގަކޮށްފައެވެ. މިއަދު މި ނެރެވޭ ރިޕޯޓުން ފާހަގަވެފައިވާ ގޮތުގައި މި ސާވޭއަށް މުޖުތަމައުގެ ބައިވެރިވުން ވަރަށް ރަނގަޅަށް ލިބުނެވެ. އަދި ކަނޑުފަޅުތަކުގެ ކުރިމަގު ބައްޓަން ކުރުމުގައި ދިވެހިން ބައިވެރިވުމަށް ޝައުޤު ހުރި ކަމަށް ވަނީ ފާހަގަވެފައެވެ. 

Advertisement - newsAdvertisement

މި ސާރވޭއަށް ނޫރާއްޖޭގެ ޓީމުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށައް ގޮސް 4900 މީހުންނާ ސުވާލުކޮށްފައެވެ. މި އަދަދުތަކާއެކު މި ސާރވޭއަކީ ދުނިޔޭގައި މިހާތަނަށް ހެދިފައިވާ މިފަދަ އެންމެ ބޮޑު ސާރވޭއެވެ. އަދި ނޫރާއްޖެއިން ވަނީ އާބާދީއަށް ބަލައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ސާރވޭ ކުރަން ޓާގެޓް ކުރި މަސްވެރިންގެ އަދަދު ދެ ގުނައަށް ވުރެއް އިތުރަށް ހާސިލްކޮށްފައެވެ. 

ނޫރާއްޖެއިން ވަނީ މޯލްޑިވެސް ނެޝަނަލް ޔުނިވާރސިޓީގެ 50 ދަރިވަރުންނާއި،ފެކަލްޓީ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި ތިމާވެށި ރައްކާކުރުމާގުޅޭ ޖަމިއްޔާތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ނެޝަނަލް ޔުނިވާރސިޓީގައި އިންޓަރެކްޓިވް ސެޝަންއެއް ބާއްވާފައެވެ. މި ސެޝަންގައި ސާރވޭގެ މުހިންމު ހޯދުންތަކާއި އުސްއަލިތައް ހިއްސާކޮށް،ބައިވެރިންނަށް ނޫރާއްޖެ ޓީމާ ސުވާލުކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. 

މީގެ އިތުރުން ނޫރާއްޖެއިން ވަނީ ސާރވޭ ނިންމުން ފާހަގަކުރުމުގެ ގޮތުން ރަސްދޫގައި ހާއްސަ ކޮމިއުނިޓީ އިވެންޓެއް ބާއްވާފައެވެ. ރަސްދޫއަކީ މަސްވެރިކަމާ ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށެއްގެ އިތުރުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ޤައިމުކުރެވިފައިވާ ރަށެކެވެ. މި ރަށަކީ ކަނޑުފަޅުތައް ރަށުގެ އިޤްތިޞާދާއި، ވެއްޓާއި، މުޖުތަމައަށް ފައިދާ ކުރާ ގޮތަށް ބޭނުންކުރުމުގެ ލާމަސީލު މިސާލެކެވެ. މި ކަނޑުވެރިންގެ ފެސްޓިވަލްގައި މަސްބޭނުމުގެ މުބާރާތެއްގެ އިތުރުން ފެތުމުގެ މުބާރާތަކާއި އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ވަނީ ހިންގާފައެވެ. 

އޯޝަން ޔޫސް ސާރވޭއަކީ ކަނޑުތައް ބޭނުންކުރާ ހުރިހާ ފަރާތްތައް، އަދި ވަކިން ހާއްސަކޮށް މަސްވެރިންގެ އަޑު، ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމުގެ ތެރޭގައި ހިމެނުމުގެ މުހިންމު ފުރުތަމަ ފިޔަވަޅެކެވެ. މި ޕްލޭން އެކުލަވާލެވިގެންދާނީ ސައިންސްގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ ބައިވެރިވުމާ އެކުގައެވެ. މި ސާރވޭ ޑިޒައިންކޮށް ހިންގުމުގައި ނޫރާއްޖެއިން ވަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ރައީސް އޮފީހާއެކު ގާތުން މަސައްކަތްކޮށްފައެވެ. 

ދިވެހިންނަށް އަދިވެސް ވަނީ ކަނޑުފަޅުތަކުގެ ކުރިމަގު ބައްޓަން ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައެވެ. އެ ގޮތުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ އޮފްޝޯ މެރިން ސްޕޭޝަލް ޕްލޭންއަށް ހިޔާލު ހުށެއެޅުމުގެ  ފުރުޞަތު ލިބިގެންދާނެއެވެ. 

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހުސައިން ވިދާޅުވީ ކަނޑުތަކާ ގުޅިގެން ނިންމާ ނިންމުތަކުގެ އަޞަރު ހުރިހާ ދިވެހިންނަށް ކޮންމެވެސް ސިފައެއްގައި ކުރާނެ ކަމަށެވެ. އެހެންކަމުން، ދިވެހިން ކަނޑުފަޅުތައް ބޭނުންކޮށް އަގުކުރާގޮތް ރަނގަޅަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ސާވޭއަށް ކަނޑުފަޅުތައް ބޭނުންކުރާ މަސްވެރިންނާއި، ޓޫރިޒަމް އިންޑަސްޓްރީއާއި، ޝިޕިން އިންޑަސްޓްރީއާއި، ސަޤާފީ އަދި މުނިފޫހިފިލުވުމަށް ކަނޑުތައް ބޭނުންކުރާ ފަރާތްތަކުން ދެއްވި  އެއްބާރުލުން ފެނި އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ފަދަ އެއްބާރުލުން ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫރާއްޖޭ ސައިޓް މެނޭޖަރ ފާތިމަތު ނިސްތަރާން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭ އަޅުގަނޑުމެންނަށް ހެދިފައި މި ވަނީ ރާއްޖޭގެ މުއައްސަސާތަކާއި، ތިމާވެށި ރައްކާ ކުރުމުގެ ޖަމިއްޔާތަކާއި އާންމު މުޖުތަމައުގެ ބައިވެރިވުމާއި އެއްބާރުލުން ފަރަށް ފުރިހަމައަށް ލިބިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު