Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ ފުޓްބޯޅަ ޓީމް

ނުބައި އާދައެއް؟ ގައުމީ ޓީމު ވެސް ޕްރެކްޓިސް ނުކޮށް މެޗު ކުޅެނީ!

މާދަމާ ނޫން އަނެއް ދުވަހު ކުޅޭ މެޗަށް ގައުމީ ޓީމު އެންމެ ޕްރެކްޓިހެއް ކުރާނެކަން ވެސް ޔަގީނެއްނޫން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 19 މާރިޗު 2023 | އާދީއްތަ 05:47
ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: މާދަމާނޫން އަނެއް ދުވަހު އޮތް މެޗަށް ޕްރެކްޓިސް ނުކުރޭ

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: މާދަމާނޫން އަނެއް ދުވަހު އޮތް މެޗަށް ޕްރެކްޓިސް ނުކުރޭ

ރާއްޖޭގެ ފުޓްބޯޅައިގައި އަށަގެންފައިވާ އާދައަކީ ޕްރެކްޓިސް ނުކޮށް މެޗު ކުޅުމެވެ. ދިވެހި ޕްރެމިއާ ލީގުގައި ކުޅޭ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި މިއީ އާއްމު ކަމެކެވެ. އެކަމަކު ކުލަބުތަކުގެ ހާލަތު މިގޮތަށް ހުއްޓަސް، ގައުމީ ޓީމާ ޖެހުމުން މިއާދަ މިހާތަނަށް އައީ ބަދަލުވަމުންނެވެ. އެކަމަކު "މިނުބައި އާދަ" އެންމެ ފަހުން ދިވެހި ގައުމީ ޓީމާ ހަމައަށް ވެސް މިހާރު މިއޮތީ ފޯރައިފި އެވެ.

ރާއްޖޭގައި ރަސްމީ ފެންވަރުގެ ފުޓްބޯޅަ ނުކުޅޭތާ ހަތް މަސްވަނީ އެވެ. އައު ސީޒަނުގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގެ ގައުމީ ޓީމު ލ. ގަމުގައި މާދަމާ ނޫން އަނެއް ދުވަހު އެކުވެރިކަމުގެ ރަސްމީ މެޗެއް ކުޅުމަށެވެ. ފީފާ ރޭންކިންއަށް މި މެޗު ގުނާނެ އެވެ. މި މެޗަށް ޕާކިސްތާނުން މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރަން ފެށި އެވެ. އެ ޓީމު ދެ ބަޔަކަށް ބަހާލައިގެން މިއަދާއި މާދަމާ ރާއްޖެ އަންނާނެ އެވެ.

އެކަމަކު ރާއްޖޭގެ ގައުމީ ޓީމު މި މެޗަށް އަދި އެންމެ ޕްރެކްޓިހެއް ވެސް ނުކުރެ އެވެ. ގައުމީ ޓީމު އިއުލާނުކުރީ ވެސް އިއްޔެ އެވެ. މިހެންވެ ބާކީ މިއޮތް ދެ ދުވަހުގެ ތެރޭގައި މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމަށް އެންމެ ގިނަވެގެން ވެސް ކުރެވޭނީ އެންމެ ޕްރެކްޓިހެކެވެ. މާލެ އިން ލާމަށް ދަތުރުކޮށް، އެކަން ވެސް ކުރެވޭނީ ފާޑަކަށެވެ. ހަގީގަތުގައި ވެސް މި ފެންވަރަށް މީގެ ކުރިން ގައުމީ ޓީމުގެ ހާލަތު ނުދެ އެވެ. ދިއުމަކީ ވަރަށް ބޮޑު ގޯހެކެވެ. މިކަމުން ދައްކުވައިދެނީ އެންމެ އާދައިގެ ކުލަބާއި ދިވެހިންގެ ގައުމީ ޓީމާވެސް މިހާރު އެއްވެސް ތަފާތެއްނެތް މަންޒަރެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހު ފެށި ދިވެހި ފުޓްބޯޅައިގެ އޮފް ހަތްމަސްވީއިރު އަދިވެސް ނުނިމެ އެވެ.  

ރާއްޖޭގައި ކުޅުންތެރިން ކުލަބުތަކުގެ ޕްރެކްޓިހަށް ނުދާ މައިގަނޑު ސަބަބަކީ މުސާރަ ނުދިނުމުގެ މައްސަލަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން މުސާރަ ނުލިބޭތީވެ ކުޅުންތެރިން އިހްތިޔާރު ކުރަނީ ފުޓްސަލް މުބާރާތްތަކާއި ރަށްރަށުގައި ބާއްވާ ކުރު މުބާރާތްތަކުގެ އިތުރުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނެވެ. ސަބަބަކީ ކުރު މުއްދަތެއްގެ ތެރޭގައި އާމްދަނީ ކަށަވަރުކުރެވޭތީ އެވެ. އެކަމަކު ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ލިސްޓުގައި ޖަހާފައި ތިބޭތީވެ މެޗު ކުޅެދޭން ޓީމުތަކުން "އާދޭސް" ކުރާތީވެ ބައެއް ކުޅުންތެރިން މެޗަށް ހާޒިރުވެދެ އެވެ. މިހެންވެ މެޗު ކުޅެނީ ކިރިޔަކިރިޔާ ޓީމު ހަމަވެގެންނެވެ. މީގެ ނޭދެވޭ އަސަރު މެޗުތަކުގެ ފެންވަރާއި، އެ ޓީމެއްގެ ނަތީޖާއިން ފެނެ އެވެ.

ބަރާބަރަށް މުސާރަ ދީގެން ޕްރޮފެޝަނަލްކޮށް ކުލަބެއް ހިންގާ ބަޔަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން އައު އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަނީ މާޒިޔާ އާއި ކްލަބް އީގަލްސް އެވެ. ބާކީ އޮތް ހަ ޓީމުގެ ހަރާކާތްތެރިކަމެއްނެތެވެ. އައު ސީޒަން ފަށަން ބާކީ އޮތީ އެންމެ 11 ދުވަހެވެ. ގައުމީ ޓީމަށް މި ފަހަރު ޕްރެކްޓިސް ނުކޮށް މެޗު ކުޅެން ދިމާވި މުހިންމު ސަބަބަކީ ވެސް ގިނަ ކުލަބުތައް ޕްރެކްޓިހަށް ތައްޔާރުނުވެ ތިބުން ކަމަށްވުން ކައިރި އެވެ.

އެކަމަކު މިކަން ގޯސްވަނީ ފުޓްބޯޅަ ދަނޑުން ފެންނަ މަންޒަރަށް ބަލާއިރު ނޭދެވޭ ކަމެއް ފެށިއްޖެނަމަ އެކަމަށް ތަކުރާރުވާތަން ވަރަށް ގިނައިން ފެންނާތީ އެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ އަށެވެ. އެ ޓީމުން ސައޫދީ އަރަބިއާގައި ކޭމްޕް ކުރުމަށްފަހު މާލެ އައީ މިދިޔަ ހަފުތާގަ އެވެ. އެންމެ ބަރާބަރަށް ހިންގާ ކުލަބަކީ މާޒިޔާއަށްވާއިރު ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން އެ ޓީމުގައި ތިބުމަކީ ގައުމީ ޓީމު ޕްރެކްޓިސް ނުކުރަން ދެއްކޭނެ ބަހަނާއެއްނޫނެވެ.

ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވެސް މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ނެތެވެ. އެހެންވިއްޔާ ޕާކިސްތާން މެޗުގައި ބެންޗުގައި ކޯޗު ހުއްޓޭ ބުނަން މަންޒަރު ރީތިކޮށްލަން އޭނާ ގެނައުން ލާޒިމެއްވެސްނޫނެވެ. އެސިސްޓެންޓް ކޯޗު އަލީ ސުޒޭނަށް އިސްކޮށް ބަހައްޓައިގެން ޕާކިސްތާން މެޗު ކުޅެވިދާނެ އެވެ. އަމުދުން ޕްރެކްޓިހެއްނެތި، ބިދޭސީ ކޯޗަކަށްވުރެ ދިވެހި ޓީމު އަތުރާލަން އޭނާ މޮޅުވާނެ އެވެ. ކުޅުންތެރިން ހިތުދަސްވާނެ އެވެ. "ގައުމީ" މި ބަސް ބޭނުންކޮށް އެންމެން ސަޕޯޓްކުރަން އަންނާށޭ އެފްއޭއެމުން ބުނާއިރު "ގައުމީ ޓީމަކީ" ސަމާސާއެއްނޫނެވެ. ކުލަބަކަށްވުރެ ގައުމީ ޓީމަށް އަރަން ފަސޭހައޭ ކުޅުންތެރިން އެ ބުނަނީ ކޮންމެވެސް ސަބަބަކާހުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

ނުރައްކާތެރި ބައްޔަކާ އެކު، ގައުމީ ގަސް ނެތިގެން ދަނީ؟

22 ޑިސެމްބަރު 2018
ވޯޓު ގަނެ ވިއްކުން ކޮންފަދަ ނުބައި އަމަލެއް!

ވޯޓު ގަނެ ވިއްކުން ކޮންފަދަ ނުބައި އަމަލެއް!

12 ސެޕްޓެމްބަރު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު