Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ޕުޓިން ހައްޔަރުކުރުމަށް އައިސީސީން އަމުރުކުރުމާއި ގުޅިގެން ބައިޑެން މަރުޙަބާ ވިދާޅުވެއްޖެ

19 މާރިޗު 2023 | އާދީއްތަ 02:10

އައިސީސީގެ ނިންމުމަކީ ބާތިލް، އޭގެ މައްޗަށް އަމަލުކުރަން ނުޖެހޭ ނިންމުމެއްކަމަށް ރަޝިއާއިން ބުނޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މާރިޗު 2023 | އާދީއްތަ 02:10
އެމެރިކާގެ ރައީސް ޖޯ ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށް ބުނެ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހައްޔަރު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މަރުޙަބާ ވިދާޅުވެއްޖެއެވެ.

އައިސީސީގެ އަމުރަކީ 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް ޙަމަލާދޭން ފެށި ފަހުން މިހާތަނަށް، ޔޫކްރެއިނުން ގިނަ އަދަދެއްގެ ކުޑަކުދިން ޤާނޫނާ ޚިލާފަށް ރަޝިއާއަށް ގެންގޮސްފައިވާކަމަށް ބުނެ ނެރުނު އަމުރެކެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ ޙަގީގަތާ ޚިލާފު ތުހުމަތުތަކެއްކަމަށް ބުނެފައެވެ.

ރަޝިޔާއިން އަންނަނީ، އަހަރަކަށްވުރެ ގިނަ ދުވަސްވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ތެރޭގައި އެފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އައިސީސީގެ ނިންމުމަކީ ބާތިލު، އޭގެ މައްޗަށް އަމަލުކުރަން ނުޖެހޭ ނިންމުމެއްކަމަށް ބުނަމުންނެވެ.

އައިސީސީގެ މި އަމުރަކީ މާ ބޮޑު ނަތީޖާއެއް ނުކުމެދާނެ އަމުރެއް ނޫންކަމަށް ތަޖުރިބާކާރުން ދެކެއެވެ. ސަބަބަކީ އެ ޤައުމެއްގެ ސަރުކާރުގެ އެހީތެރިކަމާ ނުލައި، ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރެއް އައިސީސީއަށް ނޯންނާތީއެވެ.

ވަކިން ޚާއްސަކޮށް ރަޝިއާއަކީ އައިސީސީގެ މެންބަރު ޤައުމަކަށްވެސް ނުވާއިރު، ދަ ހޭގްގައި ޤާއިމުވެފައިވާ މި ކޯޓަށް އެ ޤައުމުގެ މައްޗަށް ޤާނޫނީ ބާރެއް ނޯންނާނެކަމަށް ތަޖުރިބާކާރުންނާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، އެ އަމުރުގެ ސަބަބުން ޕުޓިންއަށް ތަފާތު އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ދަތުރުތައް ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ހިމެނެއެވެ. އެގޮތުން އައިސީސީގެ މެންބަރު 123 ޤައުމެއް އޮންނައިރު، އެއިން ޤައުމަކަށް ޕުޓިން ވަޑައިގެންފިނަމަ، ޕުޓިން ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.

އަދި މިއިން ގައުމެއްގެ ސަރަހައްދަށް ޕުޓިން ވަޑައިގެންފިނަމަ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް، ޝަރީއަތުގެ މަރުހަލާ ކުރިޔަށްގެންދިއުމަށް ގެންދަންޖެހޭނެއެވެ.

ޕުޓިންއަކީ އައިސީސީން ހައްޔަރު ކުރުމުގެ އަމުރު ނެރުނު 3 ވަނަ ރައީސެވެ.

އެކަމާ ގުޅޭގޮތުން ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ބައިޑެން ވަނީ، ޕުޓިންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަނގުރާމައިގެ މުޖުރިމެއްކަމަށް ވިދާޅުވެފައެވެ.

އައިސީސީގެ ޗީފް ޕްރޮސެކިޔުޓަރ ކާރިމް ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔޫކްރެއިންގެ އެތައް ސަތޭކަ ކުޑަކުދިންނެއް ޔަތީމްޚާނާތަކާއި ކުޑަކުދިން ބަލަހައްޓާ ގެތަކުން ނަގައިގެން ރަޝިޔާއަށް ގެންގޮސްފައިވާކަމަށެވެ.

އަދި މިއީ ދާއިމީ ގޮތެއްގައި އެކުދިން ނިސްބަތްވާ ގައުމުން ބޭރުކުރުންކަމަށް ވަނީ ވިދާޅުވެފައެވެ. 

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް