Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްތަކަށް އަރައިގަތުން

ކުށްތަކަށް އަރައިގަތުމަށްފަހު ގާނޫނުގެ އަތުގައި ނުޖެހުމަށް ރާވާ ރޭވުންތައް މިހާރު ވަނީ ބަދަލުވެފައި: ރައީސް

މުޖުތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައްތައް ބަދަލުވަމުން، ތަފާތުވަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 18 މާރިޗު 2023 | ހޮނިހިރު 06:02
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ކުށްތަކަށް އަރައިގަތުމަށްފަހު ގާނޫނުގެ އަތުގައި ނުޖެހުމަށް ރާވާ ރޭވުންތައް މިހާރު ބަދަލުވެފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ވަދެ ތިބެވެނީ ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ އުފެއްދުންތަކުގެ ދުނިޔޭގައި ކަމަށެވެ.

Advertisement - newsAdvertisement

ޓެކްނޮލޮޖީގެ ކޮންމެ ލުއިފަސޭހާއެކު، އިޖުތިމާއީ ނުވަތަ ޖިނާއީ ގޮންޖެހުން ކުރިމަތިނުވާކަމަށް ވިދާޅުނުވެވޭނެ ކަމަށާއި، މުޖުތަމައާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައްތައް ބަދަލުވަމުން، ތަފާތުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރަމުންދާ އުކުޅުތަކާއި ވައްޓަފާޅިވެސް ތަފާތުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި، އެކުށްތަކަށް އަރައިގަތުމަށްފަހު ގާނޫނުގައި އަތްދަށު ނުވުމަށް ރާވާ ރޭވުންތައްވެސް ބަދަލުވެ، ތަފާތުވަމުންދާ ކަމަށެވެ. އަދި މިއީ ވެސް ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރުކުރުވާ ސަބަބެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ ބަދަލުތަކާ އެކަށޭނެގޮތަކަށް ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. ފުލުހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ވަސީލަތްތައް ހޯދުމުގައި މިދިޔަ ފަސް އަހަރު ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ބޮޑީވޯރން ކެމެރާ ބޭނުންކުރަން ފެށުމަކީ ހެޔޮ ބަދަލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޓޭޒަރ ގަންއަކީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޓޭޒަރ ގަން ބޭނުން ކުރަން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފެށިނަމަވެސް، ޓޭޒަރ ގަން ބޭނުން ކުރެވެނީ ވަރަށް ހަރުކަށި އުސޫލުތަކާ އެކުގައެވެ.

ޓޭޒަރ ގަން ބޭނުން ކުރުމުގެ ހުއްދަ ފުލުހުންނަށް ދޭން ނިންމާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާގޮތެއްގެ މަތިން، އެ ޑިވައިސް ހަވާލުކުރެވޭ މީހަކު މަސައްކަތްކުރާ ކޮމާންޑެއްގެ ހެޑް އޮފް ކޮމާންޑް ނުވަތަ އެެ ކޮމާންޑެއް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތްކަމަށް އުސޫލުގައި ވެއެވެ. އަދި ތަމްރީނުވެފައިވާ ފަރާތްތަކަށް އެކަނި ޓޭޒަރ ގަން ބޭނުންކުރަން ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އިތުރަށް އުސޫލުގައި ބުނެފައިވަނީ، ޓޭޒަރ ގަން ބޭނުންކުރަން ފުލުހުންނަށް ހުއްދަ ދެވޭނީ ލިޔުމުން ކަމަށެވެ. މި އުސޫލުގައި ވާގޮތުން މި ޑިވައިސް ހަވާލުކުރެވޭ ފުލުހަކު ޑިވައިސްއާއެކު ޑިއުޓީ އަދާކުރެވޭނީ ބޮޑީ ކެމެރާއާ އެކުގައެވެ. އަދި ޓޭޒަރ ގަން ބޭނުން ކުރާއިރު ކެމެރާއިން އެ މަންޒަރު ރިކޯޑުކުރަން ޖެހެއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު