Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕުޓިން ހައްޔަރުކުރުމަށް އަމުރު ނެރުން

ހަނގުރާމައިގެ ޖަރީމާތައް ހިންގެވިކަމުގެ ތުހުމަތުގައި ޕުޓިން ހައްޔަރުކުރުމަށް އައިސީސީން އަމުރުކޮށްފި

18 މާރިޗު 2023 | ހޮނިހިރު 02:19

ރަޝިޔާއިން އަންނަނީ، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ތެރޭގައި އެފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މާރިޗު 2023 | ހޮނިހިރު 02:19
ރަޝިއާގެ ރައީސް، ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް، ވްލެޑްމިއަރ ޕުޓިން | ރޮއިޓާސް

ޔޫކްރެއިންގެ ކުޑަކުދިންތަކެއް ގާނޫނާ ޚިލާފަށް އެގައުމުން ޑީޕޯޓްކޮށްލިކަމުގެ ތުހުމަތުގައި, ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހައްޔަރުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން އަމުރުކޮށްފިއެވެ.

ހުކުރު ދުވަހު އައިސީސީން ނިންމި މިނިންމުމާއެކު، ޕުޓިން ހައްޔަރުކުރަން އެކޯޓުގެ 123 މެމްބަރު ގައުމަށް ޖެހޭނެއެވެ. އަދި މިއިން ގައުމެއްގެ ސަރަހައްދަށް ޕުޓިން ވަޑައިގެންފިނަމަ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް، ޝަރީއަތުގެ މަރުހަލާ ކުރިޔަށްގެންދިއުމަށް ގެންދަންޖެހޭނެއެވެ.

ރަޝިޔާއިން އަންނަނީ، އަހަރަކަށްވުރެ ގިނަ ދުވަސްވީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ތެރޭގައި އެފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އައިސީސީގެ ނިންމުމަކީ ބާތިލް، އޭގެ މައްޗަށް އަމަލުކުރަން ނުޖެހޭ ނިންމުމެއްކަމަށް ބުނަމުންނެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީވެސް އައިސީސީގެ މެމްބަރު ގައުމެއް ނޫނެވެ. ނަމަވެސް ކިޔެވްއިން ވަނީ އެ ސަރަހައްދުގައި ހިނގާ ކުށްތަކުގައި ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްގެންދެވޭގޮތަށް ހުއްދަ ދީފައެވެ. އައިސީސީއަކީ ފުލުހުންގެ ވަކި ފޯހެއް ހަރަކާތްތެރިވާ ތަނެއް ނޫނެވެ. މީހުން ހައްޔަރުކުރުމުގައި އައިސީސީ ބަރޯސާވަނީ މެމްބަރު ގައުމުތަކަށެވެ.

ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އައިސީސީގެ މި އަމުރުގައި ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރިކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އައިސީސީގެ މެމްބަރު ގައުމުތަކަށް ދަތުރުފުޅުކުރެއްވުމަށް ޕުޓިން ބިރުފުޅުގެންވަޑައިގަންނަވާތޯ ދެންނެވުނު ސުވާލަށް ޖަވާބުދެއްވަމުން ޕެސްކޮވް ވިދާޅުވީ، އެކަމާ ގުޅޭގޮތުން ވިދާޅުވާނެ އެއްޗެއް ނެތްކަމަށެވެ.

ޕުޓިންއަކީ ވެރިކަމުގައި ހުންނަވަނިކޮށް އައިސީސީން ހައްޔަރުކުރުމުގެ އަމުރު ނެރުނު ތިންވަނަ ރައީސެވެ. މީގެކުރިން މިގޮތަށް ހައްޔަރުކުރަން އައިސީސީން އަމުރުނެފައިވަނީ ސޫދާންގެ ރައީސް އުމަރް އަލް ބަޝީރީއާއި ލީބިޔާގެ ރައީސް ގައްޒާފީއެވެ.

އައިސީސީގެ އަމުރުގައި ވަނީ، ގާނޫނާއި ގަވާއިދާ ޚިލާފަށް ޔޫކްރެއިންގެ ކުޑަކުދިން ގައުމުން ޑީޕޯޓްކޮށް، ގާނޫނާ ޚިލާފަށް ޔޫކްރެއިންގެ ސަރަހައްދުގައި އުޅޭ މީހުން ރަޝިޔާއަށް ގެންދިޔަކަމަށެވެ.

އައިސީސީގެ ޗީފް ޕްރޮސެކިޔުޓަރ ކާރިމް ޚާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔޫކްރެއިންގެ އެތައް ސަތޭކަ ކުޑަކުދިންނެއް ޔަތީމްޚާނާތަކާއި ކުޑަކުދިން ބަލަހައްޓާ ގެތަކުން ނަގައިގެން ރަޝިޔާއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު މިކުދިން އެޑޮޕްޓްކުރުމަށް ހުޅުވާލާފައިވާނެކަމަށް ވިދާޅުވިއެވެ.

އަދި މިއީ ދާއިމީ ގޮތެއްގައި ކުދިން އެކުދިން ނިސްބަތްވާ ގައުމުން ބޭރުކުރުންކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މިކުދިން ޔޫކްރެއިނުން ގެންދާއިރު، މިކުދިންނަކީ ޖެނީވާ ކޮންވެންޝަންގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ކުދިންކަމަށް ވިދާޅުވިއެވެ.

ޚާން އިތުރަށް ވިދާޅުވީ މިކަމުގައި ޝާމިލުވާ މީހުން ހޯދުމުގެ ކަންކަން ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށާއި، ހެކި ލިބޭވަރަކުން، އިތުރު މީހުން ހައްޔަރުކުރަންޖެހޭނަމަ އެކަމަށްވެސް އެދޭނެކަމަށެވެ.

ޔޫކްރެއިންގެ އިސް ޕްރޮސެކިޔުޓަރ އެންޑްރީ ކޮސްޓިން ވިދާޅުވީ އައިސީސީގެ މި ނިންމުމަކީ ތާރީޚީ ނިންމުމެއްކަމަށެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ޔޫކްރެއިންގެ 16،000ށްވުރެ ގިނަ ކުޑަކުދިން ރަޝިޔާއަށް ގާނޫނާ ޚިލާފަށް ގެންގޮސްފައިވާކަމަށް ޔޫކްރެއިނުން ބުނެއެވެ. އެމެރިކާއިން އެހީތެރިވެދީގެން ޔާލެ ޔުނިވަސިޓީން މިދިޔަ މަހު ހެދި ދިރާސާއެއްގައި ބުނެފައިވަނީ، މަދުވެގެން ޔޫކްރެއިންގެ 6000 ކުޑަކުދިން 43 ކޭމްޕެއްގައި ރަޝިޔާއިން ގެންގުޅެމުން އަންނަކަމަށެވެ.

ރަޝިޔާއިން ބުނާގޮތުގައި އެއީ ހަނގުރާމައިގެ މައިދާނުގައި ދޫކޮށްލާފައިވާ ޔަތީމުންނާއި ކުޑަކުދިންނަށް އެހީވެދޭ ހިޔުމަނިޓޭރިއަން ކޭމްޕްތަކެއްކަމަށެވެ.

އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތައް، ޔޫކްރެއިންގައި ހިނގަމުން އަންނަ ހަނގުރާމާގައި ހިންގާފައިވޭތޯ ބެލުމުގެ ތަހުގީގު ޚާން ފައްޓަވާފައިވަނީ މިދިޔަ އަހަރުއެވެ. ޚާން ވަނީ ޔޫކްރެއިނަށް ހަތަރު ފަހަރެއްގެ މަތިން ވަޑައިގަންނަވާފައެވެ.

ރަޝިޔާވުލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
28 ޖުލައި 2026

އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި

28 ޖުލައި 2026
އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
17 ޖުލައި 2026

300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް

17 ޖުލައި 2026
300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް
11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
06 ޖުލައި 2026

ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖުލައި 2026
ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދީފި
05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
04 ޖުލައި 2026

ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް

04 ޖުލައި 2026
ޔޫކްރެއިން އަށާއި އެގައުމަށް އެހީވާ ފަރާތްތަކަށް ޕޫޓިންގެ ވަރުގަދަ އިންޒާރެއް
01 ޖުލައި 2026

ގަނޑުކުރި ކަނޑުމަހުގެ ތެރޭން ބައި ޓަނަށްވުރެ ގިނަ ކޮކެއިން ރަޝިޔާއިން އަތުލައިގަނެފި

01 ޖުލައި 2026
ގަނޑުކުރި ކަނޑުމަހުގެ ތެރޭން ބައި ޓަނަށްވުރެ ގިނަ ކޮކެއިން ރަޝިޔާއިން އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް