Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއާއި އިންޑިއާގެ ގުޅުން

"އިންޑިއާއާއެކު އޮތް ގުޅުމާމެދު ދައްކާ ވާހަކަތަކުން ރައީސަށް ދެވަނަ ދައުރެއް ލިބުމަށް ހުރަހެއް ނެތް"

ތުހުމަތުތައް ކުރަނީ، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމާމެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކަަމަށް މިއުވާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 14:34
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބުމަށް ހުރަހެއް ނެތްކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން އިންޑިއާއާއެކު ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަނުކުރާތީ، އެކަމާމެދު އެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ އިތުރުން، ބައެއް އާއްމުންވެސް ދަނީ އެފަދަ ކަންބޮޑުވުންތަކެއް ފާހަަގަކުރަމުންނެވެ. އެކަމާ ގުޅިގެން ނޫސްވެރިއަކު ވަނީ، އެފަދަ ވާހަކަތަކުގެ ސަބަބުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކަށް ހުރަހަކަށް ނުވާނެތޯ ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

ޖަވާބުގައި މިއުވާން ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އެބަ އޮތް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވަމުން ދާކަަމަށް މިއުވާން ވިދާޅުވިއެވެ. ރާއްޖެއާއި އިންޑިއާގެ ގުޅުމާމެދު ދެކެވޭ ވާހަކަތައް ރައީސަށް ދެވަނަ ދައުރެއް ހޯދުމަށް އޮތް ހުރަހަކަށް ވާނީ، އެ ތުހުމަތުތަކަކީ ތެދަކަށް ވެގެން ކަމަށާއި، ނަމަވެސް އެ ވާހަކަތަަކަކީ ސިޔާސީ ބޭނުމުގައި ދައްކާ ދޮގު ވާހަކަތައް ކަމަށް މިއުވާން ވިދާޅުވިއެވެ. މިއުވާން ވަނީ، އެ ތުހުމަތުތަކަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމާމެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ގޮތުން ދައްކާ ދޮގު ވާހަކަތައް ކަމަށްވެސް ވިދާޅުވެފައެވެ.

މި ސަރަހައްދަށް ބަލާއިރު، ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ލިބެނީ އިންޑިއާއިން ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ. އަދި ދޭދޭ ގައުމުތަކުގެ މެދުގައިވާ އެއްބަސްވުންތަކަކީ ސިއްރު އެއްބަސްވުންތަކެއް ކަަމަށާއި، ކުރީގެ ސަރުކާރުތަކުންވެސް އެކިއެކި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސިއްރު ހިފަހައްޓާފައި ވާކަމަށް މިއުވާން ވިދާޅުވިއެވެ. އެެހެންނަމަވެސް ގައުމަށް ގެއްލުންވާފަދަ އެއްވެސް އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ނުކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުއިންޑިއާ އިން މޯލްޑިވްސްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

07 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު