Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު ފާރިސް މައުމޫން

ފާރިސްގެ މައްޗަށް އުފުލި ދައުވާގެ ލިޔެކިއުންތައް ބަދަލުކޮށްފި

ފާރިސްގެ ޝަރީއަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 4 ޖުލައި 2017 | އަންގާރަ 07:14
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް:-އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ވަނީ ފަށާފަ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް:-އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ވަނީ ފަށާފަ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާ އުފުލާއިފައިވާ ދައުވާގެ ލިޔުންކިޔުންތައް އޭނާއަށް ކޯޓުން ހަވާލުކޮށްފި އެވެ.

ފާރިސް މައްޗަށް އުފުލާފައިވަނީ ސަހްސު އޮޅުވާލުމުގެ ދައުވާ އެވެ. މި ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ހެނދުނު ފާރިސްގެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވީ މައްސަލައާ ގުޅުންހުރި ލިޔުންތައް ކޯޓުން ހަވާލު ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ދަށުން ކަމަށެވެ. އަދި ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދެން އޮންނާނީ މައްސަލައާ ގުޅިގެން ބާއްވާ އިބްތިދާއީ ބައްދަލުވުން ކަމަށެވެ. އަދި އޭގެ ފަހުން ޝަރީއަތް ކުރިއަށް ގެންދަން ފެންނަ ކަމަށް ކޯޓަށް ގަބޫލު ކުރެވޭނެ ނަމަ އޮންނާނީ ތާވަލްކޮށްގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިގޮތައް އަމަލު ކުރަމުންދަނީ މި ހަފްތާގައި އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެގޮތަށް ލާޒިމް ކޮށްފައިވާތީ އެވެ. މީގެ ކުރިން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމުން އެ މައްސަލަ ބަލައިގަތުމުން އޮންނާނި މައްސަލާގެ ފުރަތަަމަ އަޑުއެހުމެވެ. އަދި ދައުވާ އިއްވުމަށްފަހު މައްސަލާގެ ލިޔެކިއުންތައް މައްސަލަ ރައްދުވާ ފަރާތައް ހަވާލު ކުރެވޭނެ އެވެ. އަދި މައްސލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެވޭނެއެވެ.

ފާރިސްގެ މައްޗަށް ޖިނާއީ އުފުުލާފައި މި ވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލއެެެއްގަ އެެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު