Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއިން ގޯޕެކްގައި ބައިވެރިވުން

ރާއްޖެއިން ގޯޕެކްގައި ބައިވެރިވުމުގެ މައްސަލަ މަޖިލީހަށް

ގޯޕެކްގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާއި ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ބުދަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 05:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގައި ބައިވެރިވުން މުހިންމު ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ގޯޕެކްގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާއި ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ބުދަ ދުވަހުއެވެ.

އެ ބިލަށް ބަހުސްކުރެއްވި މެންބަރުން ވަނީ ގޯޕެކްގައި ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ނިންމުން ވެގެން ދާނީ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ލިބޭ ފުރުސަތަކަށް ކަމަށެވެ. އަންހެނުންގެ ކޮރަޕްޝަންގެ މައްސަލަތައް މަދުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ބަސް އިއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގައުމެއް ހަލާކުވެ ނިމިދަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށާއި ރާއްޖޭގެ ކޮރަޕްޝަންގެ ނިސްބަތް އޮތީ ބިރުވެރި ފައްތަރެއްގައި ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުުރުމަށް އެފަދަ މުއާހަދާއެއްގައި ބައިވެރިވުމުގެ މުހިންމުކަން ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށާއި އެކަންކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން އެ ބިލަށް ބަހުސް ކުރައްވަމުން މި ސަރުކާރުގެ ކޮރަޕްޝަން ބޮޑު ކަމަށް ވިދާޅުވެ ފާޑުވިދާޅުވާތީ އެކަމަށް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. ޝަރީފްގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ވަނީ ރާއްޖޭގައި ކުރާ ކަންކަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރަމުންދާ ކަމަށެވެ. އަދި ޕްރޮޖެކްޓްތައް އިޢުލާން ނުކޮށް ހިންގާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

ގޯޕެކް އަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ މަގްސަދުގައި މަސައްކަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ. މީގެ އިތުރުން ހެޔޮވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ވެސް އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ގޯޕެކްގެ މިޝަންގެ ތެރޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާނެ ހަރުދަނާ ނިޒާމްތަކެއް ޤާއިމްކުރުން ހިމެނެއެވެ. މީގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މެދުގައި އެއްބާރުލުން ދީގެން މުޅި ދުނިޔޭގައި އަޚުލާގީ އަދި ޒިންމާދާރު ވެރިކަމެއް ހާސިލްކުރުމަށް އެ ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު