Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަކީ ގާސިމް މޫނުފުޅުގައި އަގު ޖައްސާ ބުރު

ކޯލިޝަން ރޫޅާ ނުލައްވައި ހުންނެވި ހަމައެކަނި ވެރިޔަކީ ރައީސް ސާލިހު

ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 16:20
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ހުރިހާ ކޯލިޝަނަކުން ވެސް ލަނޑުދީ، ވެރިކަން ފެށޭތަނުން ނަގުލުގައި ފަތްގަނޑެއްލައި، ގާސިމް އިބްރާހީމް އެއްލާނުލެއްވި ހަމަ އެކަނި ވެރިޔަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. މިނޫނީ ހަމަޖެހުމުގެ ނޭވާފުޅެއް ލެއްވުނު ވެރިކަމެއް ނެތްކަމަށް ޚުދު ގާސިމް ވިދާޅުވިއެވެ.

ކަން މިހެން އޮތުމުން، 2023ގެ ރިޔާސީ އިންތިޚާބުގައި އެންމެ ފުރަތަމަވެސް ގާސިމް ހުންނަވާނީ ރައީސް ސާލިހުގެ ފަހަތްޕުޅުގައި ކަމަށް ހީކުރާ މީހުންގެ ވިސްނުން ތަންކޮޅެއް ފަހަތަށް ސޮއްސާލައިފިނަމަ، މިވާގޮތް ސާފުވާނެއެވެ.

ފުރަތަމަ ކަމަކަށް، ރަައީސް މައުމޫނުގެ ފަހުން މިއަދާ ހަމައަށްވެސް، ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އުންމީދު އެންމެ ބޮޑަށް ހިތުއަޅުއްވައިގެން ހުންނެވި ބޭފުޅަކީ ގާސިމްކަން، ވިސްނާ ބަޔަކަށް ސާފުވާނެއެވެ.

ނަޝީދާއި، ވަހީދާއި ޔާމީނާއި އަދި އިބޫއަކީ، ވެރިކަމުގެ އުންމީދާއި އުމުރުފުޅުގެ ގޮތުން ބެލިޔަސް މި ދެ ކަންތަކަށްވެސް ގާސިމަށްވުރެ ހަގު، އެރޮނގުން މާފަހަތުގައި ތިއްބެވި ބޭބޭފުޅުންނެވެ.

ކަމަކަށް މީހަކު އެދިހުރެގެން ރާއްޖޭގެ ވެރިކަން ލިބޭނެނަމަ، މައުމޫނަށްފަހު ވެރިކަން ލިބިވަޑައިގަތީހީ ގާސިމަށެވެ. އެހެންނަމަވެސް ތަގުދީރުގެ ނިޔާ އޮތީ އެހެން ގޮތަކަށްކަން ހިނގައިދިޔަ ކަންކަމުން އޮތީ ފެންނާށެވެ. ގާސިމް ހުންނެވި ތަނުގައި ބަހައްޓައި، މުޅިން އެހެން 4 މީހަކު ރާއްޖޭގެ ވެރިކަންކުރައްވައިފިއެވެ. ކިންގަށް ވެވަޑައިގަތުމުގެ އުންމީދުގައި ހުންނެވި ގާސިމަށް ލިބިވަޑައިގަތީ ކިންގް މޭކަރގެ މަގާމެވެ.

ރިޔާސީ އިންތިޚާބް ބުރުބުރުން ބޭއްވުމަކީ ދައުލަތަށް ގެއްލުން ވިޔަސް، ބަޔަކަށް ލައްކަ ފައިދާވާ ކަމެކެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް ގާސިމް ވަކިން ވާދަ ނުކުރައްވާ ފަހަރެއް އަތުވެއްޖެ ހެއްޔެވެ؟ އެވަނީ ކިހިނެއްކަން އެބަ ރޭކާލާހެއްޔެވެ؟ 2018 ނުކިޔާށެވެ. އެއީ އައިސީޔޫ ބެޑުން، ޖަލުގޮޅީ ތުންފަތް މަތިން ޖާނައިގެން ކިިރިޔާ ޖަރުމަނަށް ލައްވާލި އަހަރެވެ.

އެފަހަރު ލީ ވޯޓަކީ ހުރިހާ ބޭފުޅުން ޖަލުން ނުކުންނަވަން ލީ ވޯޓެކެވެ. ޖަލުބިރު ފިލައި، ކޮވިޑުން އަރައިގަނެވި، އިގްތިސާދީ ދުވެލީގައި ބަނޑުރިޔަލު ފެނުއެޅި، ބާރަށް ދުވަނިކޮށް، ހުންގާނަށް އަރާވަޑައިގެންނެވޭތޯ އަމުދުން މިއަހަރު ގާސިމް ނުނުކުންނަވާނެ ކަމަށް ބަލާނީ މޮޔައިންނެވެ.

ދެނެތިބޭށެވެ! ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ކުރައްވާކަމަކީ، ލިބޭ ވޯޓުގެ ޖުމްލައިން އޭނާގެ މޫނުފުޅުގައި ރައްޔިތުން ލައްވައި އަގުޖެއްސުމެވެ. ދެން ދެވަނަ ބުރުގައި ކުރައްވާ ކަމަކީ އެޖެހި އަގަށް އަމިއްލަ ނަފްސުފުޅު ދެން އުފެދެން އޮންނަ ވެރިކަމަށް ވިއްކަވާލައްވަނީއެވެ. އޭގެ ބަދަލުގައި އެތައް ވުޒާރާއަކާއި، ކުންފުނިތައް ގާސިމަށް ލިބިވަޑައިގަނެއެވެ.

ވިލާ ކިޔަސް، ޖުމްހޫރީ ކިޔަސް ގާސިމް ކުރައްވަނީ އެންމެ ކަމެކެވެ. އެއީ ވިޔަފާރިއެވެ. ގާސިމަކީ ކުޅަދާނަ ސޭޓެކެވެ.

ރިޔާސީ ބަޔާން 2023މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

02 ޖުލައި 2024

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު