Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓޫރިސްޓް އެރައިވަލްސް

4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

މިއަހަރު 24 އިސްސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 14 މާރިޗު 2023 | އަންގާރަ 13:44
ފަތުރުވެރިން

ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 4 ލައްކައިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. މިގޮތުން މާރޗް 13ގެ ނިޔަލަށް މިއަހަރު 428،817 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ހިނގާ މާރޗްމަހުގެ 13ގެ ނިޔަލަށް މިމަހު 78،404 ފަތުރުވެރިން އައިސްފައިވާކަމަށެވެ. މިމަހު ދުވާލަކު 6،031 ފަތުރުވެރިން އަންނަކަމަށާއި، 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 53،297 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 46،400 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 40،143 ފަތުުރުވެރިން އައިސްފައިވެއެވެ. މި މާކެޓުތަކުގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި; އިޓަލީ، ޖަރުމަނު، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޒަރލޭންޑް އަދި ޕޮލެންޑް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިވަގުތު 1،225 އެކޮމޮޑޭޝަން ފެސިލިޓީއަކުން ޚިދުމަތް ދެމުންދާކަމަށެވެ. އެއީ 168 ރިސޯޓް، 13 ހޮޓާ، 891 ގެސްޓްހައުސް އަދި 153 ސަފާރީއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި ފެސިލިޓީތަކުގައި ޖުމްލަ 60،236 އެނދު ކެޕޭސިޓީ އެބަހުރި ކަމަށެވެ. ރިސޯޓުތަކުގައި 41،049 އެނދު ހުރިއިރު، ހޮޓާތަކުގައި 1،640 އެނދު، ގެސްޓްހައުސްތަކުގައި 14،588 އެނދު، އަދި ސަފާރީތަކުގައި 2،959 އެނދު އެބަހުރިކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްފަތުރުވެނިން

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު